ދިވެހިރާއްޖެ
ޕްރޮޕޯޒަލް ހުށަހެޅުމުގެ ދައުވަތު
ބަޖެޓު އިންފޯގްރަފީ ތައްޔާރުކުރުމާއި ބަޖެޓު އެޕް އަދި ވެބްސައިޓް އަޕްގްރޭޑްކުރުމަށް މި މިނިސްޓްރީން ކުރެވުނު ނަންބަރު (IUL)13-E/13/2018/87 އިޢުލާނާއި ގުޅިގެން އެންމެ ފަރާތަކުން ބިޑް ހުށަހަޅާފައިވާތީ، އެ ބިޑް ބާޠިލުކޮށް މި މަސައްކަތަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު މިކަމަށް ޝަރުޠުހަމަވާ ހުރިހާ ފަރާތްތަކަށް އަލުން ހުޅުވާލަމެވެ.
ބަޖެޓުގައިވާ މައުލޫމާތު މި މިނިސްޓްރީގެ ފަރާތުން ރައްޔިތުންނަށް ވީހާވެސް ބޮޑަށް ފަހުމްވާގޮތަށް އަދި ފަސޭހައިން ލިބޭނެ ގޮތް ހެދުމުގެ ބޭނުމުގައި 2019 ވަނަ އަހަރުގެ ބަޖެޓާގުޅޭ އިންފޯގްރަފީ ތައްޔާރުކުރުމަށާއި ބަޖެޓު ވެބްސައިޓާއި މޮބައިލް އެޕްލިކޭޝަންގެ ޑިޒައިން އިންފޯގްރަފީއާ ގުޅޭގޮތަށް ބަދަލުކުރުމަށް ބޭނުންވެއެވެ. މީގެ އިތުރުން ދައުލަތުގެ ޚަރަދާއި ލިބޭ އާމްދަނީގެ ތަފުސީލު ރައްޔިތުންނަށް ގަވާއިދުން ފޯރުކޮށްދިނުމަށްޓަކައި ބަޖެޓު ވެބްސައިޓް އަދި މޮބައިލް އެޕްލިކޭޝަނަށް އިތުރު ފީޗަރސް ހިމެނުމަށް ބޭނުންވެއެވެ. ވީމާ، މިކަމަށް ޝަރުތުހަމަވާ ހުރިހާ ފަރާތްތަކަށް ޝައުގުވެރިކަން ފާޅުކުރުމުގެ ފުރުސަތު ހުޅުވާލަމެވެ.
މި މަސައްކަތާ ގުޅޭ މައުލޫމާތު ހިމެނޭ ގޮތަށް ތައްޔާރުކުރެވިފައިވާ ޓާރމްސް އޮފް ރިފަރެންސް (ޓީ.އޯ.އަރ) މި މިނިސްޓްރީގެ ވެބްސައިޓް www.finance.gov.mv ގައި ޝާއިޢުކުރެވިފައިވާނެއެވެ. އަދި މި މަސައްކަތާބެހޭ އިތުރު މައުލޫމާތު ބޭނުންވާނަމަ، ތިރީގައިވާ އެޑްރެހަށް ލިޔުއްވުމުން ލިބިވަޑައިގަންނަވާނެއެވެ.
ވީމާ، މި މަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކުން 28 މޭ 2018 ވާ ހޯމަ ދުވަހުގެ 14:00 ގެ ކުރިން އީމެއިލް ނުވަތަ ފެކްސް މެދުވެރިކޮށް ތިރީގައިވާ އީމެއިލް އެޑްރެހަށް ޓީ.އޯ.އަރގައިވާ ލިޔުންތަކާއެކު ޕްރޮޕޯޒަލް ހުށަހެޅުއްވުން އެދެމެވެ.
ފިސްކަލް އެފެއަރޒް ޑިވިޜަން
މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ
އަމީނީމަގު،
މާލެ، ދިވެހިރާއްޖެ.
ޓެލެފޯން: 3349445
އީމެއިލް އެޑްރެސް: [email protected]