ތިލަދުންމަތީ ދެކުނުބުރީ ނޭކުރެންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ނޭކުރެންދޫ ރައްޔިތުންގެ ދީނީ ފަންޑުހިންގާ ބޭނުންކުރުމުގެ އުސޫލް

* ތަޢާރަފާއި ނަން:

         (ހ) މި އުސޫލުގެ ބޭނުމަކީ ނޭކުރެންދޫ ރައްޔިތުންނަށް ދީނީ ކަންކަމަށް ހޭދަކުރުމުގެ ފުރުސަތު ހޯދައިދިނުމާއި ރައްޔިތުންނާއި ގުޅިގެން ދީނީ ކަންކަން ކުރިއެރުވުމަށް މަސައްކަތް ކުރުމެވެ.

         (ށ) މި އުސޫލަށް ކިޔަނީ " ނޭކުރެންދޫ ރައްޔިތުންގެ ދީނީ ފަންޑުހިންގާ ބޭނުންކުރުމުގެ އުސޫލް"އެވެ.

* މަޤްސަދު:

          “ނޭކުރެންދޫގެ ރައްޔިތުންނަށް ދީނީ ކަންކަމަށް ހޭދަ ކުރުމުގެ ފުރުސަތު ހޯދައިދިނުމާއި ދީނީ އެކިއެކި ޕްރޮގްރާމްތަށް ހިންގުމަށް ދިމާވާ ފައިސާގެ ދަތިކަން ރައްޔިތުންނަށް ފައިދާ ކުރުވަނިވި ގޮތެއްގައި ހައްލުކުރުމެވެ. އަދި އަމިއްލަ އެކިއެކި ފަރާތްތަކުން މިހާރުވެސް ދީނީ ކަންކަމަށް ހޭދަ ކުރުމަށްޓަކައި ކައުންސިލާއި ހަވާލުކުރާ ފައިސާ ޒިންމާދާރު ކަމާއިއެކު ވަކި އައިޓަމެއްގޮތުގައި ބަލަހައްޓަމުން ގެންދިއުމާއި ނޭކުރެންދޫ މިސްކިތްތަކުގައި އޭސީ ހަރުކުރުމުގެ ޝައުގުވެރުކަން ގިނަ ފަރާތްތަކުން ފާލުކުރަމުންގެންދާތީ ދެމެހެއްޓެނިވި ގޮތެއްގައި އޭސީގެ ކަރަންޓްބިލް ދެއްކޭނެ ފުރުސަތު ހޯދުމެވެ. "

  • ·        މި އުސޫލަށް އަމަލުކުރަން ފަށާ ތާރީޚް:

         މި އުސޫލަށް އަމަލުކުރަންފަށާނީ ކައުންސިލުން މި އުސޫލް ފާސްކޮށް ގެޒެޓްކޮށް، ނޭކުރެންދޫގެ މިސްކިތްތަކުގައި ފަންޑުފޮށި ބެހެއްޓުމުންނެވެ.

  • ·        ފަންޑް ބޭނުންކުރުން:

         މި ފަންޑް ބޭނުން ކުރެވޭނީ މި އުސޫލުގައި ބޭނުން ކުރުމަށް ކަނޑައަޅާފައިވާ އަންނަނިވި ކަންކަމަށާއި ދީނީ ގޮތުން ވަކި ކަމަކަށް ހޭދަކުރުމަށް ހަދިޔާކުރާ ފައިސާ އެކަމަކަށް ހޭދަކުރާ ގޮތަށެވެ.

  1. ނޭކުރެންދޫ މިސްކިތްތަކުގައި އަމިއްލަ ފަރާތްތަކުން ހަރުކުރުމަށް ޝައުގު ވެރިކަން ފާޅުކޮށްފައިވާ އޭސީ ހަރުކުރުމަށްފަހު އޭސީގެ ކަރަންޓްބިލް ދެއްކުމަށްޓަކައެވެ.
  2. ދީނީ ދަރުސް ދިނުމާއި ދީނީ އެކިއެކި ޕްރޮގްރާމްތަށް ހިންގުމަށްޓަކައެވެ.
  3. މިސްކިތްތަކުގެ އާބާތުރަ ފިލިވުމާއި މިސްކިތްތަށް ފޮޅާ ސާފުކުރުމާއި މިސްކިތަށް މީރުވަސްދުވާޒާތުގެ ތަކެތި ހޯދުމަށްޓަކައެވެ.
  4. އަދި މީގެ އިތުރުން ވަކި ކަމަކަށް ޙާއްސަކޮށް ދޭ ފައިސާ އެކަމަކަށް ހޭދަކުރުމަށެވެ.  

* ފަންޑަން ފައިސާ ދެވޭނެގޮތަތަށް:

         (ހ) މި ފަންޑަށް ފައިސާ ދެވޭނީ އަންނަނިވި ގޮތްގޮތަށެވެ.  

   1. ކައުންސިލްގެ އިދާރާއަށް ފައިސާ ހަވާލުކޮށްގެން.

   2. މި އުސޫލުގެ ދަށުން މިސްކިތްތަކުގައި ބެހެއްޓޭ ފަންޑް ފޮއްޓަށް ފައިސާ ލައިގެން.

3. ކައުންސިލްގެ އެކައުންޓް ނަންބަރ 7706700362001 އެކައުންޓަށް ފައިސާ ޖަމާކޮއްގެންނެވެ. އެކައުންޓަށް ފައިސާ ޖަމާ ކޮށްފިނަމަ އެކަން ކައުންސިލަށް އަންގަން ވާނެއެވެ.                                 

 

* ފަންޑް ފޮށި ގުނުން:

         (ހ) މި އުސޫލުގެ ދަށުން މިސްކިތްތަކުގައި ބެހެއްޓޭ ފަންޑް ފޮށިތަށް ކޮންމެ މަހެއްގެ 15 ވަނަ ދުވަހު އަދި މަސްނިމޭ ދުވަހު ކައުންސިލަށް ގެނެސް ގުނަން ވާނެއެވެ. ނަމަވެސް މި ދެދުވަހުން ދުވަހަކީ ސަރުކާރު ބަންދު ދުވަހެއްނަމަ، ޖެހިގެން އަންނަ ރަސްމީ ދުވަހުގައި ފަންޑްފޮށި ގުނަންވާނެއެވެ.  ފަންޑް ފޮށި ގުނާއިރު އެވަގުތެއްގައި އޮފީސް ހިންގުމާއި ހަވާލުވެ ހުންނަ އެންމެ އިސްފަރާތާއި އިދާރީގޮތުން ހުންނަ އެންމެ އިސްފަރާތުގެ އިތުރުން ފައިސާއާއި ހަވާލުވެ ހުންނަ މުވައްޒަފަކު ހުންނަންވާނެއެވެ.

         (ށ) މި އުސޫލުގެ ދަށުން ފަންޑް ފޮށި ގުނާ ކޮންމެ ފަހަރަކު، ފަންޑް ފޮށީގައި ހުރި ފައިސާގެ އަދަދު ، ނޫޓްތަށް ވަކިން އިނގޭނެ ގޮތަށް ތައްޔާރުކޮއްފައިވާ ޝީޓެއް ފުރަންވާނެއެވެ. އަދި މިޝީޓުގައި މަތީގައި ބަޔާންކޮށްފައިވާ 3 ފަރާތުގެ ސޮއި އޮންނަންވާނެއެވެ.

          

* ފަންޑުގެ ހިސާބު ބަލަހައްޓައި އާއްމު ކުރުން:

       (ހ) މި ފަންޑުގެ ހިސާބު ކޮންމެ މީލާދީ މަހެއްގެ 10ވަނަ ދުވަހުގެ ކުރިން އެމަހަކަށް ލިބުނު ފައިސާގެ އަދަދާއި ހަރަދު ކުރެވުނު އަދަދު އިނގޭނެހެން ކައުންސިލް އިދާރާގެ ނޯޓިސްބޯޑަށް ނެރެންވާނެއެވެ. އަދި ކައުންސިލްގެ ފޭސްބުކް ޕޭޖް އަދި ވެބްސައިޓްގައި ޢާއްމު ކުރަންވާނެއެވެ. އަދި އަންނަނިވި މައުލޫމާތުތަށް ހިމަނަންވާނެއެވެ.

1. ފަންޑްފޮށި ގުނާ ކޮންމެ ފަހަރެއްގައި އެ ފަހަރަކު ލިބިފައިވާ ފައިސާގެ އަދަދު ވަކިން.

2. ޖުމްލަ އެމަހެއްގައި ލިބުނު ފައިސާގެ އަދަދު

3. ކައުންސިލަށް ފައިސާ ހަވާލުކޮށްފައިވާނަމަ އެ މަހެއްގައި ލިބުނު ފައިސާގެ ޖުމްލަ.

4. ކައުންސިލަށް ފައިސާ ހަވާލުކޮށްފިނަމަ، ފައިސާ ބަލައިގެންފައި ދޭ ރަސީދު ނަންބަރ.

5. އެކައުންޓަށް ޖަމާކޮއްފިނަމަ، އެއަދަދު ވަކިން އިނގޭގޮތަށް.

5. އެމަހެއްގައި ފައިސާ ހަރަދު ކޮށްފައިވާ ގޮތުގެ ތަފްސީލް

6. އެ މަހަކަށް ލިބުނު ފައިސާ އާއި ހަރަދު އަދި ބާކީ.

7. ޖުމްލަ ފަންޑަށް ލިބުނު ފައިސާއާއި ހަރަދު އަދި ބާކީ.

         (ށ) ނޭކުރެންދޫ ކައުންސިލްގެ މާލިއްޔަތުގެ ހިސާބުގެ ތެރޭގައި ވަކިއައިޓަމް ކޯޑެއްގެ ދަށުން މި ފަންޑުގެ ހިސާބު ބަލަހައްޓަންވާނެއެވެ. 

10 މޭ 2018
ހޯދާ