ތިލަދުންމަތީ ދެކުނުބުރީ ހަނިމާދޫ ސްކޫލް
ދިވެހިރާއްޖެ
ވޯކްވޭ ހެދުމާއި ބެހޭ

ހަނިމާދޫ ސްކޫލް                             

ހދ. ހަނިމާދޫ، ދިވެހިރާއްޖެ

 

 

ނަންބަރ: GS60(B)/2018/033

އިޢުލާނު

ސްކޫލް ގޯތިތެރޭ ވޯކްވޭ ހެދުމާ ބެހޭ        

           މި ސްކޫލުންދޭ ކުރެހުމާ އެއްގޮތަށް މިސްކޫލްގެ ގޯތިތެރޭގައި ވޯކްވޭ ހަދައި، ފެންހިންދާ ހަދައިދޭނެ ފަރާތެއް ހޯދަން ބޭނުންވެގެން ކުރި ނަންބަރ  GS60(B)/2018/031 އިޢުލާނަށް ހުށައެޅި އަގުތައް ބޮޑުކަމަށް ފެންނާތީއާއި، ކުރެހުމަށާއި މަސައްކަތަށް ބޮޑެތި ބަދަލުތަކެއް ގެންނަން ބޭނުންވާތީ، އެ އިޢުލާން ބާޠިލްކޮށް، މި މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އަލުން އިޢުލާން ކުރަމެވެ.

           ވީމާ، މިކަން ކޮށްދެއްވުމަށް ޝައުޤް ވެރިވެލައްވާ ފަރާތްތަކުން ތިރީގައި ދެންނެވިފައިވާ ގޮތަށް ސްކޫލަށް ޙާޟިރުވެ މަޢުލޫމާތު ސާފުކޮށް، އެސްޓިމޭޓް ހުށައެޅުއްވުން އެދެމެވެ. 

ތަފްޞީލް

ތާރީޚް

ގަޑި

ތަން

މަޢުލޫމާތު ދިނުމުގެ ބައްދަލުވުން

27 މެއި 2018

11:00 ހެނދުނު

ހަނިމާދޫ ސްކޫލް އޮފީސް

އަންދާސީ ހިސާބު ހުށައެޅުން

30 މެއި 2018

11:00 ހެނދުނު

           މަޢުލޫމާތު ދިނުމުގެ ސެޝަންގައި ބައިވެރިވެ ނުލައްވާ ފަރާތްތަކަށް، އަންދާސީ ހިސާބު ހުށައެޅުމުގެ ފުރުޞަތު ދެވެން ނޯންނާނެ ވާހަކަ މިފުރުޞަތުގައި ދަންނަވަމެވެ. މިކަމަށް އެދި އަންދާސީ ހިސާބު ހުށައެޅުއްވޭނީ ވިޔަފާރި ޤާނޫނު 2014/18 ގެ ދަށުން ރަޖިސްޓްރީވެފައިވާ ކުންފުނިތަކަށާއި އަމިއްލަ ފަރުދުންގެ ވިޔަފާރި ޤާނޫނު 2014/19 ގެ ދަށުން ރަޖިސްޓްރީ ވެފައިވާ ފަރާތްތަކަށެވެ.

           ވީމާ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.

                               06 ރަމަޟާން 1439

                                21 މޭ 2018                      

21 މޭ 2018
ހޯދާ