މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ
ދިވެހިރާއްޖެ
އަލުން އިޢިލާން ކުރުން: ގްރީން ކްލައިމެޓް ފަންޑުގެ (ޖީ.ސީ.އެފް.ގެ) ހިލޭ އެހީގެ ދަށުން "ވޯޓަރ ސެކިޔުރިޓީ ޕްލޭން" އެއް ޑިވެލޮޕްކުރުމަށް ކޮންސަލްޓަންސީ ހޯދުމާއި ގުޅޭ

                         ޕްރޮޕޯސަލް ހުށަހެޅުމުގެ ދަޢުވަތު                                                                       

 

   ގްރީން ކްލައިމެޓް ފަންޑުގެ (ޖީ.ސީ.އެފް.ގެ) ހިލޭ އެހީގެ ދަށުން "ވޯޓަރ ސެކިޔުރިޓީ ޕްލޭން" އެއް ޑިވެލޮޕްކުރުމަށް ކޮންސަލްޓަންސީ ހޯދުމާއި ގުޅޭ: 

މި މިނިސްޓްރީއިން25  އޭޕްރިލް 2018ގައި ނެރުނު ނަންބަރު (IUL)438-GCF/438/2018/137  އިޢުލާނުގައިވާ މުއްދަތުގެ ތެރޭގައިއެކަށީގެންވާ ތަރުހީބެއް ލިބިފައި ނުވާތީ އިޢުލާން ބާތިލްކޮށް އަލުން އިޢުލާން ކުރަމެވެ.

 

  • ގްރީން ކްލައިމެޓް ފަންޑުގެ ހިލޭ އެހީގެ ދަށުން، މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ (އެމް.އީ.އީ) އިން "ވޯޓަރ ސެކިޔުރިޓީ ޕްލޭން" އެއް ޑިވެލޮޕްކުރުމަށް ކޮންސަލްޓަންސީ ހޯދަން ބޭނުންވެއެވެ.

 

 

  • މި މަސައްކަތުގެ "ރިކުއެސްޓް ފޯ ޕްރޮޕޯސަލް" އަދި "ޓާރމްސް އޮފް ރިފަރެންސް" މިމިނިސްޓްރީގެ ވެބްސައިޓު www.environment.gov.mv އިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ. މި ކަމާއި ގުޅޭ ގޮތުން އިތުރު މަޢުލޫމާތު އޮޅުންފިލުވުމަށް [email protected] އަށް މެއިލްކުރެއްވުން އެދެމެވެ.

 

  • މިމަސައްކަތަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ރަޖިސްޓަރީ ކުރައްވަން ވާނެއެވެ. ރަޖިސްޓަރީ ކުރައްވާނީ 'ބިޑަރޒް ރެޖިސްޓަރޭސަން ފޯމް' [email protected] އަށް އީ-މެއިލް ކުރައްވައިގެނެވެ. މިފޯމް މިގެޒެޓް އިޢުލާނާ އެއްކަރުދާސް ކުރެވި އަދި މިނިސްޓަރީގެ ވެބްސައިޓުން ވެސް އިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ. ރަޖިސްޓަރީ ނުކުރައްވާ ފަރާތްތަކަށް ބީލަމުގައި ބައިވެރިވަޑައިގަތުމުގެ ފުރުސަތު ނޯންނާނެ ވާހަކަ ދެންނެވީމެވެ. ބިޑް ހުށަހެޅުއްވުމަށް ރެޖިސްޓަރީ ކުރެއްވޭނެ އެންމެފަހު ތާރީޚަކީ 28  މޭ 2018 ވާ ދުވަހުގެ މެންދުރު 12:00 އާއި ހަމައަށެވެ.

 

  • މި ޕްރޮޖެކްޓާއި ބެހޭގޮތުން ސާފްކުރަން ބޭނުންވާ މައުލޫމާތެއް ވާނަމަ، އީ-މެއިލް ކުރައްވާނީ 28 މޭ 2018 ވާ ދުވަހުގެ 14:00 އާއި ހަމައަށް، ތިރީގައިވާ އީ-މެއިލް އެޑްރެހަށެވެ. ([email protected]).

 

 

  • ބީލަންތައް ހުންނަންވާނީ ސިޓީ އުރައެއްގައި ބަންދުކުރެވިފައެވެ. ބޭރުގައި ބީލަމަށް ދެވިފައިވާ ނަން (ގްރީން ކްލައިމެޓް ފަންޑުގެ (ޖީ.ސީ.އެފް.ގެ) ހިލޭ އެހީގެ ދަށުން "ވޯޓަރ ސެކިޔުރިޓީ ޕްލޭން" އެއް ޑިވެލޮޕްކުރުން) ، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި ވަޤުތު، "ރިކުއެސްޓް ފޯ ޕްރޮޕޯސަލް" ގައި ވާގޮތައް ބީލަން ހުށަހަޅާ އެޑްރެސް ލިޔެވި އަދި ބީލަން ހުށަހަޅާ ކުންފުނީގެ ނަން ސާފުކޮށް ލިޔެވިފައި  އޮންނަންވާނެއެވެ. ބީލަމުގެ 'ބިޑް ވެލިޑިޓީ' މުއްދަތެއްގެ ގޮތުގައި ބިޑް ހުށަހަޅާ ތާރީޚުން ފެށިގެން 90 ދުވަސް އޮންނަންވާނެއެވެ.  މިބީލަމުގައި 'އިލެކްޓްރޯނިކް ސަބްމިޝަން' ބަލައެއް ނުގަނެވޭނެއެވެ.

 

  • ބީލަން ހުށަހަޅޭނެ ސުންގަޑި ގަޑިއަކީ 31 މޭ 2018 ވާ ދުވަހުގެ 11:00 ޖަހާއިރެއެވެ. ބީލަން ހުޅުވުން އޮންނާނީ 31 މޭ 2018 ވާ ދުވަހުގެ 11:00 ގައި، މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީގެ ޖަލްސާކުރާ މާލަމުގަ ހާޒިރުވާން ބޭނުން ފަރާތްތަކުގެ ހާޒިރުގައެވެ. ގަޑި ޖެހުމަށްފަހު ހުށަހަޅާ ބީލަންތައް ބަލައިނުގަނެ އަނބުރާ ރައްދުކުރެވޭނެއެވެ.

 

ޖީ.ސީ.އެފް ޕްރޮޖެކްޓް މެނޭޖްމެންޓް ޔުނިޓް،

ވޯޓަރ އެންޑް ސެނިޓޭޝަން ޑިޕާޓްމަންޓް،

މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ

މާފަންނު، މާލެ، 20392 ދިވެހިރާއްޖެ.

ފޯން: +(960) 301 8446،  ފެކްސް: +(960) 301 8301

ވެބްސައިޓް: http://www.environment.gov.mv

21 މޭ 2018
ހޯދާ