ދިވެހިރާއްޖެ
މިއިދާރާގެ ނަމްބަރު:(IUL)257/257/2018/1 (17 ޖެނުއަރީ 2018)، އިއުލާނާ ހަވާލާދީ ދަންނަވަމެވެ.
މިރަށު ދެކުނު އަވަށު އިޖުތިމާޢީ ސަރަޙައްދުތައް ކުނިކަހަމުން ދިޔަ ބައިވެރިންނަށް މީހުންމަދުވެގެން އެމަސައްކަތް ކުރަންވާގޮތަށް ކުރެވެމުން ނުދާކަމަށް މިކައުންސިލަށް ފެންނާތީ އެބައިވެރިންގެ ފަރާތުން ކުނިކެހުން މިހާރުވަނީ ހުއްޓާލައިފައެވެ. އެހެންކަމުން ދެކުނުއަވަށުއިޖުތިމާޢީ ސަރަޙައްދުތައް ކުނިކެހުމަށްޓަކާ އިތުރަށްމީހުންހޯދުމަށްޓަކާ، މިއދާރާއިން ކުރި ނަމްބަރު:(IUL)257/257/2018/23 (23 ފެބުރުއަރީ 2018) އިޢުލާނާގުޅިގެން ކުނިކެހުމަށް އިތުރު ބައިވެރިން ލިބިފައިނުވާތީ، އެސްޓިމޭޓު އުޞޫލުން ދެކުނު އަވަށު އިޖުތިމާޢީ ސަރަޙައްދުތައް ކުނިކަހާނެއް ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.
ވީމާ، މިކަމަށް ބޭނުންފުޅުވާ ފަރާތްތަކުން މިއަދުން ފެށިގެން ރަސްމީ ބަންދު ދުވަސްތައް ފިޔަވައި 2018/05/28 ވާ ހޯމަ ދުވަހުގެ 13.30 ހުގެ ކުރިން މިއިދާރާއަށް ދުރުވެ މަޢުލޫމާތުސާފުކުރުމަށްފަހު ދެއްނެވިފައިވާ މުއްދަތުތެރޭ މި ކައުންސިލަށް ހުށަހެޅުއްވުން އެދެމެވެ. އިޖުތިމާޢީ ސަރަހައްދުތަށް ކަނޑައަޅާނީ މިއިދާރާއިންނެވެ. އަދި 2018 ވަނަ އަހަރު އިޖުތިމާޢީ ސަރަހައްދުތަށް ކުނިކަހާ ނޮޅާ ސާފުކުރުމަށް މަހަކަށް -/14000 ( ސާދަހާސްރުފިޔާ ) އަށްވުރެ އިތުރުނުވާގޮތުގެ މަތިން ހުށަހެޅުއްވުން އެދެމެވެ. އަދި މަސައްކަތް ޙަވާލުކުރުމުގައި އެއްމެ ކުޑައަގެއް ހުށަހަޅާ ފަރާތަކަށް އިސްކަން ދެވޭނެއެވެ.
މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކާ އިއުލާންކުރީމެވެ.
29 ޝަޢުބާން 1439
15 މެއި 2018
ޢަލީ ޝަމީމް
ކައުންސިލްގެ ރައީސް