މަޤާމް:
|
ޤުރުއާން ކިޔަވައިދޭ ދިވެހި މުދައްރިސު
|
ބޭނުންވާ އަދަދު:
|
1 (އެކެއް)
|
މަޤާމުގެ ގިންތި:
|
ވަގުތީ
|
މަޤާމު އޮތް އޮފީސް:
|
ތިލަދުންމަތީ އުތުރުބުރީ ބާރަށު ކައުންސިލް އިދާރާ
|
ވަޒީފާ އަދާކުރަންޖެހޭ ތަން:
|
ކީރިތި ޤުރުޢާނާއިބެހޭ މަރުކަޒުގެ ބާރަށު ގޮފި (ހއ.ބާރަށު ޕްރީސުކޫލް އިމާރާތް)
|
މުސާރަ:
|
-/3100 ރުފިޔާ (ޕެންސަން ސްކީމަށް %7 ކެނދޭނެއެވެ.)
|
ސާރވިސް އެލަވަންސް
|
-/1000 ރުފިޔާ
|
ސަޕޯޓިން އެވަންސް
|
-/117 ރުފިޔާ
|
އިތުރު އިނާޔަތްތައް:
|
ހަމަޖެހޭ އުސޫލުން އިތުރުގަޑީގެ ފައިސާ، ރަމަޟާންމަހުގެ ޢިނާޔަތު ފައިސާ
|
މަޤާމުގެ މަސްޢޫލިއްޔަތު ތަކާއި ވާޖިބުތައް:
|
- އިދާރާގެ ފަރާތުން ހިންގާ ކުލާސްތަކުގައި ކިޔަވައިދިނުން.
- ވަސީލަތްތައް ބޭނުންކޮށްގެން ދަރިވަރުންގެ ނަތީޖާގެ ފެންވަރު މަތިކުރުމަށް މަސައްކަތް ކުރުން.
- އިދާރާއިން ކަނޑައަޅާ އުސޫލުތަކާއި އެއްގޮތައް ކުލާސްތަކުގެ ލެސަން ޕްލޭން ކަނޑައެޅިފައިވާ ގަޑިއަށް ތަތްޔާރުކޮށް ކިޔަވައި ދިނުމަށް ވާންޖެހޭ ތަތްޔާރީތައްވުން.
- މާއްދާތަކާއި ގުޅޭ ކޯޑިނޭޝަން، ޑިސްކަޝަން މީޓިންގް ތަކުގައި ބައިވެރިވުން.
- ބެލެނިވެރިންގެ ބައްދަލުވުންތަކާއި އިދާރާގެ ފަރާތުން ބާއްވާ ބައްދަލުވުންތަކުގައި މުދައްރިސެއްގެ ހައިސިއްޔަތުން ބައިވެރިވުމަށް އިދާރާއިން އަންގާ ބައްދަލުވުންތަކުގައި ބައިވެރިވުން.
- ދަރިވަރުންގެ ފޮތްތަކާއި ، ކިޔަވައިދިނުމާއި ގުޅޭ އެހެނިހެން މަސައްކަތްތައް ފަރުވާތެރިކަމާއިއެކު ބަލައި މާރކްކުރުން.
- އިމްތިޙާންތައް ތަތްޔާރުކުރުމާއި، އިމްތިޙާން ކަރުދާސްތައް މާރކްކުރުމާއި، އިމްތިޙާންތަކާއި ގުޅޭ ކަންކަން އިދާރީ މުވައްޒިފުންނާއި ގުޅިގެން ބެލެހެއްޓުން.
- ކިޔަަވައިދޭ ކުލާސްތަކުގެ ދަރިވަރުންގެ އުނގެނުމާއި އަޙްލާޤައި ގުޅޭގޮތުން ބެލެނިވެރިންނާއި ބައްދަލުކޮށް މަޢުލޫމާތު ދިނުން.
- ކާމިޔާބީއަށް މަސައްކަތްކުރުން.
|
މަޤާމުގެ ޝަރުތުތައް:
|
- ޤުރުޢާން ގުޅޭ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 1 ގެ ސަނަދެއް/ ސެޓްފިކެޓެއް ޙާސިލްކޮށްފައިވުން
ނުވަތަ
- ޙާސިލްކޮށްފައިވާ ތައުލީމާއި ތަމްރީނަށްބަލައިގެން.
- މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.
- މަސައްކަތުގެ ހުނަރާއި ޤާބިލުކަމާއި، ފެންވަރާއި، ބޭނުންވާ ސިފަތައް ދެނެގަތުމަށް އިންޓަރވިއު ކޮށްގެން.
|
ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:
|
ހުށަހަޅަންޖެހޭ ލިޔުންތައް:
|
- ފުރިހަމަ ކުރައްވާފައިވާ ވަޒީފާއަށް އެދޭ ފޯމު.
- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ފޯނު ނަމްބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތައް)
- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރަތްޔިތެއްކަން އަންގައިދޭ ކާޑުގެ ސާފު ކޮޕީއެއް (މުއްދަތު ހަމަނުވާ ކާޑު)
- ސަރުކާރުގެ ވަޒީފާއެއް އަދާކުރާ ނުވަތަ ސަރުކާރަށް ޙިދުމަތްކުުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާއިމެދު އިޢުތިރާޒެއް ނެތްކަމަށް ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
- ލިބިފައިވާ ތަޢުލީމާއި ތަމްރީންތަކުގެ ސެޓްފިކެޓް ތަކުގެ އަސްލާއި އެއްގޮތް ކޮޕީ. (ރާއްޖޭން ބޭރުގެ މަރުކަޒަކުން ތަޢުލީމް ޙާސިލްކޮށް ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތައް ޙުށަހަޅުއްވާއިރު ހުށަހަޅުއްވާނީ މޯލްޑިވެސް ކުއަލިފިކޭޝަން އޮތޯރިޓީއިން އެޓެސްޓްކޮށްފައިވާ ސެޓްފިކެޓްތަކުގެ ކޮޕީ)
|
މަޤާމަށް އެދެންވީގޮތާއި ސުންގަޑި:
|
- ވަޒީފާއަށް އެދޭ ފޯމު ތިލަދުންމަތީ އުތުރުބުރީ ބާރަށު ކައުންސިލް އިދާރާއިން ލިބެން ހުންނާނެއެވެ.
- މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 29 މެއި 2018 ވާ އަންގާރަ ދުވަހުގެ 13:00 ގެ ކުރިން ތިލަދުންމަތީ އުތުރުބުރީ ބާރަށު ކައުންސިލް އިދާރާއަށެވެ.
(އެޕްލިކޭޝަން ފޯމާއިއެކު ހުށަހަޅަންޖެހޭ ހުރިހާ ލިޔުންތައް ހުށަހަޅާފައިނުވާނަމަ އެޕްލިކޭޝަން ބާޠިލްކުރެވޭނެއެވެ.
|
އިންޓަރވިއު އޮންނާނެ ތަނާއި މުއްދަތު:
|
މަޤާމަށް މީހަކު ހޮވުމަށް ބާއްވާ އިންޓަރވިއު އޮންނާނީ ތިލަދުންމަތީ އުތުރުބުރީ ބާރަށު ކައުންސިލް އިދާރާގައެވެ. އިންޓަރވިއު އޮންނާނެ ތާރީޙާއި ވަޤުތު ހުށަހަޅާ ފަރާތްތަކަށް ފަހުން އަންގާނެވާހަކަ ދެންނެވީމެވެ.
|
ޝޯޓް ލިސްޓްކުރުން.
|
ވަޒީފާއަށް އެދި ހުށަހަޅާ، ޝަރުތުހަމަވާ ފަރާތްތަކުގެ އަދަދު (03) އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި އެންމެ މަތިން މާރކްސް ލިބޭ (03) ފަރާތެއް ޝޯޓްލިސްޓް ކުރެވޭނެއެވެ.
|
އިތުރު މަޢުލޫމާތު ހޯދުން.
|
މި އިޢުލާނާގުޅޭ އިތުރު މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6500016 ނަމްބަރު ފޯނާއެވެ. އީ މެއިލް ކުރާނީ [email protected] އަށެވެ.
|