މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ
ދިވެހިރާއްޖެ
ފުވައްމުލަކު ނޭޗަރ ޕާރކުގެ ރެކްރިއޭޝަނަލް ފެސިލިޓީގައި ކެފެޓީރިއާއެއް ހިންގާނެ ފަރާތެއް ހޯދުން

 

1. ދިވެހި ސަރުކާރުގެ ފަރާތުން މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީން ޔޫރަޕިއަން ޔޫނިއަންގެ ހިލޭ އެހީގައި ހިންގަމުންދާ ކްލައިމޭޓް ޗޭންޖް އެޑެޕްޓޭޝަން ޕްރޮޖެކްޓްގެ (ސީ.ސީ.އޭ.ޕީ) ގެ ދަށުން ފުވައްމުލަކު ނޭޗަރ ޕާރކުގެ ރެކްރިއޭޝަނަލް ފެސިލިޓީގައި (ފުވައްމުލަކު ސިޓީ، ދަޑިމަގި ކިޅި) ކެފެޓީރިއާއެއް ހިންގާނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު (IUL) 438/438/2018/146 އިއުލާނަށް އެކަށީގެންވާ ތަރުހީބެއް ލިބިފައިނުވާތީ، އެބީލަން ބާތިލްކޮށް މިމަސައްކަތަށް ބީލަން ހުށަހެޅުމުގެ ދައުވަތު މިކަމަށް ޝަރުތުހަމަވާ، އެކަށީގެންވާ ތަޖުރިބާ ހުރި، އަދި މިފަދަ މަސައްކަތެއް ކުރުމުގެ ޤާބިލުކަން ލިބިފައިވާ ފަރާތްތަކަށް އަލުން ހުޅުވާލަމެވެ.

2. ބީލަމުގައި ބައިވެރިވުމަށް ތިރީގައިވާ އެޑްރެހަށް 2018 މޭ 27 ވަނަ ދުވަހުގެ 14:00ގެ ކުރިން ލިޔުމަކުން ބީލަން ހުށަހެޅުމުގެ ޝައުގުވެރިކަން ފާޅު ކުރެއްވުމުން ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓަރ ކޮށްދެވޭނެއެވެ. ބީލަން ފޮތް ސޮފްޓްކޮޕީ ފޯރމެޓްގައި މިމިނިސްޓްރީގެ ވެބްސައިޓް www.environment.gov.mvއިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.

3. މި ޕްރޮޖެކްޓްގެ ޕްރީބިޑް ބައްދަލުވުން އޮންނާނީ 2018 މޭ 23ވާ ބުދަ ދުވަހުގެ 12:00ގައި މިމިނިސްޓްރީގެ ޖަލްސާކުރާ މާލަމުގައެވެ. މި ޕްރޮޖެކްޓާއި ގުޅޭގޮތުން އެއްވެސް ސުވާލެއްވާނަމަ، 2018 މޭ 27ވާ އާދިއްތަ ދުވަހުގެ 14:00ގެ ކުރިން ތިރީގައިވާ އެޑްރެހަށް އީ-މެއިލް ކުރަންވާނެއެވެ.

4. ބީލަން ހުޅުވުން އޮންނާނީ 2018 މޭ 31ވާ ބުރާސްފަތި ދުވަހުގެ 12:00ގައި މިމިނިސްޓްރީގެ ޖަލްސާކުރާ މާލަމުގައެވެ. ގަޑިޖެހުމަށްފަހު ހުށަހަޅާ ބީލަންތައް ބަލައިނުގަނެ އަނބުރާ ރައްދު ކުރެވޭނެއެވެ. ބީލަންތައް ހުންނަންވާނީ ބަންދުކުރެވިފައިވާ ސިޓީ އުރައެއްގައެވެ. ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި ވަޤުތު އަދި ކޮންޓްރެކްޓަރުގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ.މިކަމަށް ކުރިމަތިލާ ފަރާތް ތަކުގައި ހުންނަން ޖެހޭ ޝަރުތުތައް ބީލަން ފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.

އިތުރު މައުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.                                            

ޕްރޮޖެކްޓް މެނޭޖްމަންޓް ޔުނިޓް

ކްލައިމޭޓް ޗޭންޖް އެޑެޕްޓޭޝަން ޕްރޮޖެކްޓް (ސީ.ސީ.އޭ.ޕީ)

މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ،

ގްރީން ބިލްޑިންގ،

ހަނދުވަރީ ހިނގުން، މާފަންނު،

މާލެ، ދިވެހިރާއްޖެ

ޓެލެފޯން+960 3018 419 :

ފެކްސް: +960 3018 301

އީމެއިލް: [email protected]

15 މޭ 2018
ހޯދާ