ދިވެހިރާއްޖެ
ޚަޒާނާ މޯލްޑިވްސް ލިމިޓެޑް
 ދިވެހިރާއްޖެ                                              
ނަންބަރު: HZN/IULAAN/2018/04
ޚަޒާނާ މޯލްޑިވްސް ލިމިޓެޑަށް ޤާނޫނީ ލަފާދޭނެ ފަރާތެއް ހޯދުމަށް
ބީލަން ހުށަހެޅުމުގެ ދަޢުވަތު
ޚަޒާނާ މޯލްޑިވްސް ލިމިޓެޑަށް ޤާނޫނީ ލަފާދޭނެ ފަރާތެއް ހޯދުމަށް 03 އޭޕްރިލް 2018 ގައި ކުރެވުނު ނަންބަރު HZN/IULAAN/2018/03 އިޢުލާނާއި ގުޅިގެން އެކަށީގެންވާ އަދަދަށް އަންދާސީ ހިސާބު ލިބިފައިފައިނުވާތީ، އެ އިޢުލާނު ބާޠިލުކޮށް އަލުން އިޢުލާންކުރަމެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން (ކުންފުނި ނުވަތަ ޝަރުއީ ކޯޓުތަކުގައި ވަކާލާތު ކުރުމުގެ ހުއްދަ އޮތް ޤާނޫނީ ވަކީލުން) ތިރީގައި މިދަންނަވާ ތާރީޚަށް ޚަޒާނާ މޯލްޑިވްސް ލިމިޓެޑް (ހ. ފުސްތުޅާމާގެ، 2 ވަނަ ފަންގިފިލާ) އަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީހިސާބު ހިއްޕަވައިގެން މިކުންފުންޏަށް ވަޑައިގެންނެވުން އެދެމެވެ.
| 
 މަޢުލޫމާތު ސާފުކުރުން  | 
 އަންދާސީހިސާބު ހުށަހެޅުން  | 
| 
 22 މެއި 2018 ވާ އަންގާރަ ދުވަހުގެ ހެނދުނު 10:30 އަށް  | 
 31 މޭ 2018 ވާ ބުރާސްފަތިދުވަހުގެ 11:00 އަށް  | 
މަޢުލޫމާތު ސާފުކުރުމަށް ބާއްވާ ސެޝަނަށް ޙާޒިރުވެ ވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުއްވުމުގެ ފުރުޞަތު ދެވެން ނެތް ވާހަކަ ދަންނަވަމެވެ.
އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް، ސަރުކާރު ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 10:30 ން މެންދުރު ފަހު 1:30 އާ ދެމެދު މި ކުންފުނީގެ ޓެލެފޯނު ނަންބަރު 3012000 އަށް ގުޅުއްވުން އެދެމެވެ.
