ދިވެހިރާއްޖެ
އިޢުލާން
ނަމްބަރު: GMIZL/PROC-TA/2018/010
ކ.ތިލަފުށީގެ ތިލަފުށި އިންޑަސްޓްރިއަލް ޒޯން (ޓީ.އައި.ޒެޑް) ސަރަހައްދުން ގުދަންކުރުމަށާއި ސިނާއީ މަސައްކަތްތަކަށް ބިން ކުއްޔަށްހިފުމުގެ ފުރުޞަތު ހުޅުވާލާ އާންމުކޮށް އިޢުލާން ކުރަމެވެ.
ވީމާ، މިސަރަހައްދުން ބިން ކުއްޔަށް ހިފުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކަށް ބީލަން ހުށަހެޅުމަށް ދައުވަތު އަރުވަމެވެ.
ތަފްޞީލް |
ތަން |
ދުވަސް |
ތާރީޚް |
ގަޑި |
ރަޖިސްޓްރީކުރުން |
ޖީ.އެމް.އައި.ޒެޑް.އެލް ހެޑް އޮފީސް (ފެން ބިލްޑިންގް/ 4ވަނަ ފަންގިފިލާ) |
- |
15 މެއި 2018 އިން 29 މެއި 2018 |
10:00 – 12:00 އަށް |
ބީލަން ފޮތް ދޫކުރަން ފެށުން |
ޖީ.އެމް.އައި.ޒެޑް.އެލް ހެޑް އޮފީސް (ފެން ބިލްޑިންގް/ 4ވަނަ ފަންގިފިލާ) |
ބުދަ |
30 މެއި 2018 |
13:00 ގައި |
ޕްރީ ބިޑް މީޓިންގ |
ފަހުން އިޢުލާން ކުރެވޭނެ |
ހޯމަ |
04 ޖޫން 2018 |
13:30 ގައި |
ބިޑް ސެކިއުރިޓީ ހުށަހެޅުން |
ޖީ.އެމް.އައި.ޒެޑް.އެލް ހެޑް އޮފީސް (ފެން ބިލްޑިންގް/ 4ވަނަ ފަންގިފިލާ) |
- |
05 ޖޫން 2018 އިން 11 ޖޫން 2018 |
10:00 އިން 12:00 އަށް |
ބިޑް ހުށަހެޅުން އަދި ބިޑް ހުޅުވުން |
ފަހުން އިޢުލާން ކުރެވޭނެ |
އަންގާރަ |
12 ޖޫން 2018 |
13:30 ގައި |
- ރަޖިސްޓްރީ ކުރުމުގެ އަގަކީ 200.00ރ. (ދުއިސައްތަ ރުފިޔާ) އެވެ. ބީލަން ހުށަހަޅުއްވަން ގަސްތުކުރައްވާ ކޮންމެ ޕްލޮޓަކަށް ވަކިން ރަޖިސްޓްރީކުރައްވަން ވާނެއެވެ. ރަޖިސްޓްރޭޝަން ފީއަކީ 'ނޮން ރިފަންޑަބްލް' ފީއެކެވެ.
- ކޮންމެ ފަރާތަކަށްވެސް އެންމެ ގިނަވެގެން ރަޖިސްޓްރީ ކުރެވޭނީ 3 (ތިނެއް) ޕްލޮޓަށެވެ.
- ބީލަން ހުށަހަޅުއްވާ ކޮންމެ ޕްލޮޓަކަށް 5,000.00ރ. (ފަސް ހާސް ރުފިޔާ)ގެ ބިޑް ސެކިއުރިޓީއެއް ހުށަހަޅުއްވަންވާނެއެވެ. އަދި ބިޑް ސެކިއުރިޓީ ބަލައިގަނެވޭނެ އެންމެ ފަހު ތާރީޚަކީ 11 ޖޫން 2018 ވާ ހޯމަ ދުވަހުގެ 12:00 އެވެ.
ނޯޓް: ރެޖިސްޓްރީ ކުރެއްވުމަށާއި ބިޑް ސެކިއުރިޓީ ދެއްކުމަށް ވަޑައިގަންނަވާއިރު ކުންފުންޏެއްނަމަ ވިޔަފާރީގެ ރަޖިސްޓްރޭޝަން ކޮޕީ އަދި އަމިއްލަ ފަރުދެއްނަމަ އައި.ޑީ ކާޑު ކޮޕީ ގެންނަވަންވާނެއެވެ.
ބީލަން ހުށަހަޅުއްވާ ފަރާތްތަކުން ސަމާލުކަން ދެއްވަންވީ ކަންކަން:
- ބީލަން ހުށަހަޅުއްވަންވާނީ ކުއްޔަށް ހިފަން އެދިލައްވާ ކޮންމެ ޕްލޮޓަކަށް ވަކިންނެވެ.
- ބީލަން ހުށަހަޅުއްވާފައިވާ ބިޑް ވެލިޑިޓީގެ މުއްދަތު މަދުވެގެން 120 (ސަތޭކަ ވިހި) ދުވަހަށް ވާންވާނެއެވެ.
- ބީލަން ހުށަހަޅުއްވަންވާނީ ދީފައިވާ މަޢުލޫމާތާއި އެއްގޮތަށެވެ.
ނޯޓް: މަޢުލޫމާތު ފުރިހަމަ ނޫން ބީލަންތައް ބާޠިލް ކުރުމުގެ ފުރިހަމަ އިޚްތިޔާރު ޖީ.އެމް.އައި.ޒެޑް.އެލް އަށް ލިބިގެންވެއެވެ.
ބީލަން ހުށަހެޅުއްވޭނީ 11 ޖޫން 2018 ވާ ހޯމަ ދުވަހުގެ 12:00 ކުރިން ބިޑް ސެކިއުރިޓީ ދައްކަވާފައިވާ ފަރާތްތަކަށް އެކަންޏެވެ. ބީލަން ހުށަހަޅުއްވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. ބީލަން ހުޅުވުމުގެ ބައްދަލުވުން އޮންނާނެ ތަނެއް ފަހުން އިޢުލާން ކުރެވޭނެއެވެ.
ކުއްޔަށް ދޫކުރުމަށް ހަމަޖެހިފައިވާ ބިންތަކުގެ މަޢުލޫމާތު ހޯއްދެވުމަށް މިކުންފުނީގެ ވެބްސައިޓް https://gmizl.com.mv/home/downloads/ އިން ލިބިވަޑައިގަންނަވާނެއެވެ.
14 މެއި 2018
28 ޝަޢުބާން 1439
ފެން ބިލްޑިންގް/ 4ވަނަ ފަންގިފިލި Fen Building/ 4th floor
އަމީނީމަގު، މާލެ، ދިވެހިރާއްޖެ Ameenee Magu, Male’, Republic of Maldives
ފޯން: 3307513،3307515 ފެކްސް: 3307514 Tel: 3307513, 3307515 Fax: 3307514