ދިވެހިރާއްޖެ
ކައުންސިލް އިދާރާގެ ސެކިއުރިޓީ ބަލަހައްޓާނެ ފަރާތެއް ހޯދުމަށް މިއިދާރާއިން ކުރި އިޢުލާން(IUL)/296-A/2018/26 އާއި ގުޅިގެން އެއްވެސް ފަރާތަކުން މައުލޫމާތު ސާފުކޮށްފައި ނުވާތީ އެ އިއުލާން ބާޠިލް ކޮށް އަލުން އިއުލާން ކުރަމެވެ.
މައުލޫމާތު ސާފު ކޮށްދިނުން އޮންނާނީ 21 މެއި 2018 ވާ ހޯމަ ދުވަހުގެ 13:00 ގައި ފޮއްދޫ ކައުންސިލްގެ އިދާރާގައެވެ. އަންދާސީ ހިސާބު ހުށައަޅުއްވާނީ24 މެއި 2018 ވާ ބުރާސްފަތި ދުވަހުގެ 13:00ށް މިއިދާރާއަށެވެ.
މައުލޫމާތު ސާފުކުރުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިގަތުމަށް ހަމަޖެހިފައި ނުވާ ވާހަކަ ދަންނަވަމެވެ. މި ކަމަށް އެދި ކުރިމަތި ލެވޭނީ ވިޔަފާރީގެ ޤާނޫނު 18/2014 ގެ ދަށުން ރަޖިސްޓްރީ ވެފައިވާ ކުންފުނި ތަކަށާއި އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު 19/2014 ގެ ދަށުން ރަޖިސްޓްރީ ވެފައިވާ ފަރާތްތަކަށެވެ.
ވީމާ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިއުލާން ކުރަމެވެ.