ދިވެހިރާއްޖެ
ނަންބަރު: (IUL) 202-L/1/2018/28
އިޢުލާން
މާލޭގައި ވިޔަފާރި މުދާ އުފުލުމުގެ ގަޑިތައް ކަނޑައެޅުން
1439 ވަނަ އަހަރުގެ ރަމަޟާން މަހުގެ 1 ވަނަ ދުވަހުން ފެށިގެން ރަމަޟާން މަހުގެ ނިޔަލަށް މާލޭގައި ވިޔަފާރި އުޞޫލުން އެއްގަމު އުޅަނދުގައި ގަނޑުކޮށް މުދާ އުފުލުމަށް ހަމަޖެހިފައިވާ ގަޑިތައް ތިރީގައި މިދަންނަވަނީއެވެ.
- ހަވީރު 6:00 އިން ފެށިގެން ހެނދުނު 8:00 އަށް ހުރިހާ ބާވަތެއްގެ މުދާ، ހުރިހާ ގިންތިއެއްގެ މުދާ އުފުލާ އުޅަނދުގައި އުފުލުން
- މަތީގައި ބަޔާންކޮށްފައިވާ ވަގުތުގެ އިތުރުން ހެނދުނު 10:00 އިން ފެށިގެން 15:00 އަށް ފެނާއި ކައްކާ ގޭސް 350kg އަށްވުރެ ލުއި މުދާ އުފުލުމަށް ހުއްދަކުރާ އެއްގަމު އުޅަނދެއްގައި އުފުލުން
- ހަވީރު 15:00 އިން ފެށިގެން 18:00 އާއިދެމެދު އެއްވެސް ބާވަތެއްގެ މުދަލެއް ގަނޑުކޮށް، އެއްވެސް ބާވަތެއްގެ އުޅަނދެއްގައި ވިޔަފާރި އުޞޫލުން އުފުލުމަކީ މަނާކަމެކެވެ.
ވީމާ، ހުރިހާ ފަރާތްތަކުންވެސް ރަމަޟާން މަހުގައި މިދެންނެވި ގޮތަށް އަމަލުކުރުމަށް އަންގާ އިޢުލާނުކުރީމެވެ.
27 ޝައުބާން 1439
13 މެއި 2018
ދިވެހިސަރުކާރުގެ ގެޒެޓް
މާލެ، ދިވެހިރާއްޖެ