ދިވެހިރާއްޖެ
އިޢުލާން
އިޖުތިމާޢީސަރަޙައްދުތައް ކުނިކަހާ ސާފުކޮށް ބެލެހެއްޓުމަށް މީހުން ހޯދުމާއިގުޅޭ
ރަށުގެ އިޖުތިމާޢީސަރަޙައްދުތައް ކުނިކަހާ ސާފުކޮށް ބެލެހެއްޓުމަށް ކޮންޓެކްޓް އުސޫލުން 10 މީހުން ނަގައިގެން މި މަސައްކަތް ކުރާގޮތަށް މިކައުންސިލުގެ 3 ވަނަ ދައުރުގެ 31 ވަނަ އާންމުޖަލްސާއިން އަދި 33 ވަނަ އާންމުޖަލްސާއިން ވަނީ ނިންމާފައެވެ.
މިހެންކަމުން ތިރީގައި ދެންނެވިފައިވާ ގޮތުގެ މަތިން 1 އަހަރުދުވަހަށް ކޮންޓެކްޓް އުސޫލުން އިޖުތިމާޢީސަރަޙައްދުތައް ކުނިކަހާ ސާފުކޮށް ބެލެހެއްޓުމުގެ މަސައްކަތް ކުރާނެ 1 މީހަކު ހޯދުމަށް ބޭނުންވެއެވެ.
ޝަރުތު:
(1) އުމުރުން 18 އަހަރު ފުރި 65 އަހަރު ނުފުރޭ މީހެއްކަމުގައި ވުން
(2) ލިޔަންކިޔަން އެނގުމާއިއެކު ގިނަވަޤުތު މަސައްކަތުގައި އުޅެވޭފަދަ މީހެއްކަމުގައި ވުން
ކުރަންޖެހޭ މައިކަނޑު މަސައްކަތް:
(1) ރަށުގެ އިޖުތިމާޢީސަރަޙައްދުތަކާއި ކައުންސިލުން ބަލަޙައްޓަމުންގެންދާ ބިންތަކާއި ގޯތިތަކާއި، އެގޯތިތަކުގެ ވަށައިގެންވާ މަގުތަށް ކުނިކަހާ ވިނަނޮޅާ ސާފުކޮށް ބެލެހެއްޓުން
(2) ދިމާވާ މުޙިންމު ކަންކަމާއިގުޅިގެން ކައުންސިލުން އެވަގުތަކު ސާފުކުރުމަށް ކަނޑައަޅާ ތަންތަނާއި މަގުތަށް ސާފުކޮށް ބެލެހެއްޓުން
މުސާރަ:
(1) މަސައްކަތަށް ނުކުންނަ ކޮންމެ ދުވަހަކަށް -/250 ރުފިޔާ
މުސާރައިން އުނިކުރުން:
(1) މަސައްކަތަށް ނުނިކުންނަ ދުވަސްތަކަށާއި ވަގުތަށް ވާމިންވަރު މުސާރައިން އުނިކުރެވޭނެވެ.
މަސައްކަތް ކުރަންޖެހޭ ވަޤުތު:
(1) މެންދުރު ކުރި 4 ގަޑިއިރު، މެންދުރު ފަހު 4 ގަޑިއިރު
އާންމުކޮށް މަސައްކަތް ކުރަންޖެހޭ ދުވަސް:
(1) ކޮންމެ ހަފުތާއެއްގެ ހޮނިހިރު ދުވަހު
ވީމާ، މިމަސައްކަތް ކޮށްދިނުމަށް ޝައުގުވެރިވާ ފަރާތްތަކުން ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓް ތަކުގެ ކޮޕީއާއި މިފަދަ މަސައްކަތްތަށް ކޮށްފައިވާކަމުގެ ލިޔުމާއި އައި ޑީ ކާޑުގެ ކޮޕީއާއިއެކު ސިޓީއަކުން މިއިދާރާއަށް 21 މެއި 2018 ވާ ހޯމަދުވަހުގެ މެންދުރު 13:00 ގެ ކުރިން ހުށަހެޅުއްވުން އެދެމެވެ. އިތުރު މަޢުލޫމާތު ހޯއްދެވުމަށް ރަސްމީގަޑީގައި މިއިދާރާގެ ނަންބަރު 6580015 ފޯނަށް ގުޅުއްވުން އެދެމެވެ.
މިހެންވެ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.
27 ޝަޢުބާން 1439
13 މެއި 2018