ށ. ނޫމަރާ ސްކޫލް
ދިވެހިރާއްޖެ
އެޑްމިން އޮފިސަރކަމުގެ މަޤާމަށް މީހަކު ހޯދުން

 

 ނޫމަރާ ދިވެހިރާއްޖެ                                        ނަންބަރު: GS102/IUL/2018/08

 

އިޢުލާނު  

 

ވަޒީފާގެ ފުރުޞަތު

 

 

 

އެޑްމިނިސްޓްރޭޓިވް އޮފިސަރ

މަޤާމް:

J-244274

މަޤާމުގެ ނަންބަރު:

01 (އެކެއް)

ބޭނުންވާ އަދަދު:

ދާއިމީ

މަޤާމުގެ ގިންތި:

ޖީ.އެސް 3

މަޤާމުގެ ރޭންކް:

އޮފިސަރ ގުރޭޑް 1

މަޤާމުގެ ކްލެސިފިކޭޝަން:

އެޑްމިން

ސެކްޝަން:

ނޫމަރާ ސުކޫލު

މަޤާމް އޮތް އޮފީސް:

ނޫމަރާ ސުކޫލު / ށ.ނޫމަރާ

ވަޒީފާ އަދާކުރަން ޖެހޭ ތަން:

-/4،465 ރުފިޔާ

މުސާރަ:

-/1500 ރުފިޔާ

-/700 ރުފިޔާ

ސަރވިސް އެލެވަންސް:

ކޯ އެލަވަންސް -2:

  1. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ޚިދުމަތް.
  2. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
  3. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.

 

އިތުރު ޢިނާޔަތްތައް:

1-      ސްކޫލަށް އާމްދަނީގެ ގޮތުގައާއި އެހެނިހެން ގޮތްގޮތުން ލިބޭފައިސާ ލިޔެބެލެހެއްޓުން.

 

2-      އާމްދަނީ ރިޕޯޓް، ތިޖޫރި ރިޕޯޓް، ބަޖެޓް ރިޕޯޓް ލިޔެ ތައްޔާރުކޮށް ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުން.

 

3-      ސްކޫލަށް ގަންނަންބޭނުންވާ މުދާ މާލިއްޔަތު ޤަވާއިދާއި އެއްގޮތްވާ ގޮތުގެ މަތިން ގަނެ އެތަކެތި ބެލެހެއްޓުން.

4-      ސްކޫލްގެ އިންވެންޓްރީ ދުވަހުން ދުވަހަށް ބެލެހެއްޓުން.އެގޮތުގެ މަތިން ސްކޫލަށް ލިބޭ ހަރުމުދާތައް ބަލައިގަނެ ނަންބަރުޖަހާ އިންވެންޓްރީއަށް ނެގުމަށް ފަހު އިންވެންޓްރީގައި ހިމެނޭ ތަކެތީގެ ތެރެއިން ބޭނުން ނުކުރެވޭ ތަކެތި އެޑިޔުކޭޝަންގެ ހުއްދަ އާއިއެކު ނައްތާލުން، އަދި ނީލަންކިޔަން ޖެހޭ ތަކެތީގެ ލިސްޓް އެޑިޔުކޭޝަނަށް ފޮނުވައިގެން ހުއްދަ ހޯދުމަށް ފަހު އިސްވެރިޔާގެ ލަފާގެ މަތިން ނީލަންކިޔުމުގެ ކަންތައްތައް ކުރިޔަށް ގެންދިއުން. 

5-      އަހަރުގެ މާލީ ރިޕޯޓް، ސްކޫލްގެ އަހަރީ ރިޕޯޓް ލިޔެބެލެހެއްޓުން.

6-      ސްކޫލްގައި ބިޑް އުސޫލުން ކުރިއަށްގެންދާ އެންމެހައި މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރުން.

 

7-      މުވައްޒަފުންގެ އިތުރުގަޑީ ރިޕޯޓް ޝީޓް ލިޔެ ބެލެހެއްޓުން.

8-       މުވައްޒަފުންގެ މުސާރަ ޝީޓް ފޮނުވަންޖެހޭ ތާރީހަށް ތައްޔާރުކޮށް ފޮނުވުން.

9-      ސްކޫލުން ފައިސާދައްކަންޖެހޭ އެންމެހައި ފަރާތްތަކަށް ޕޭމަންޓް ވައުޗާހަދާ ޤަވާއިދުން ފައިސާދެއްކުން.

10-   ބަޖެޓް ކޮންޓްރޯލް ތައްޔާރުކޮށް ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުން.

 

11-   ސްކޫލްގައި ހިންގާ ރަސްމީ ޖަލްސާތަކާއި އެހެނިހެން ބައްދަލުވުންތައް ކުރިއަށް ގެންދިއުމުގައި ވެރިން އަންގާ ގޮތެއްގެ މަތިން އިންތިޒާމްތައް ހަމަޖެއްސުން.

 

12-   ސްކޫލްގައި ރާވާހިންގާ އެހެނިހެން ( ކުލަބް، ހައުސް ) އިތުރު ހަރަކާތްތައް އިންޗާޖްގެ ލަފާގެ މަތުން ކުރިއަށް ގެންދާނެ އިންތިޒާމް ހަމަޖެއްސުން.

13-   ސްކޫލުން ރަސްމީކޮށް ފޮނުވަންޖެހޭ ސިޓީ، މެސެޖް ލިޔެ ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުން.

 

14-   ސްކޫލުން ވަކިވާން އެދޭ ކުދިންގެ ލީވިންސެޓްފިކެޓް ، ބެލެނިވެރިޔާ އެކަމަށް އެދި ސިޓީ ހުށަހަޅާތާ   3ދުވަހުގެތެރޭގައި ނިންމާފަ ބެލެނިވެރިޔާއާއި  ޙަވާލުކުރުމަށްފަހު  ކޮޕީ ފައިލު ކުރުން.އަދި ގްރޭޑް 10 ނިންމާ  ކުދިންގެ  ލީވިންސެޓްފިކެޓް  އެއަހަރެއްގެ ޑިސެމްބަރ މަސް ނިމުމުގެކުރިން ނިންމާފައި ބެލެނިވެރިންނަށް ދޫކުރުމުގެ ކަންތައް ހަމަޖެއްސުމަށްފަހު ކޮޕީތައް ފައިލުކުރުން.

 

15-  ސްކޫލްގެ ދަރިވަރުންނަށް ދެވޭ ޓެކްސްޓް ފޮތާއި ފޮތްލިސްޓް ވައުޗަރގެ ކަންތައްތައް ބެލެހެއްޓުން.މިގޮތުން އަހަރުފެށޭއިރު ކުދިން ތިބޭނެކަމަށް ލަފާކުރާ ޢަދަދު މިނިސްޓްރީގެ ކަމާބެހޭ ސެކްޝަނަށް ފޮނުވައިގެން ޓެކްސް ފޮތްތަކާއި ފޮތްލިސްޓް ވައުޗަރ ހޯދުމާއި ، ފޮތާއި ވައުޗަރުތައް ސްކޫލަށް ލިބޭތާ 7 ދުވަހުގެ ތެރޭގައި ވައުޗަރުތަކުގެ ފުރިހަމަކުރަންޖެހޭ ބައިތައް ފުރިހަމަކޮށް، ބެލެނިވެރިންނަށް ފޮތާއި ވައުޗަރ ލިބޭނެ އިންތިޒާމް ހަމަޖެއްސުން.އަދި ދޫކުރެވޭ ފޮތާއި ވައުޗަރު ތަކުގެ ރެކޯޑުތައް ފައިލުކޮށް ބެލެހެއްޓުން.

16-  ބިދޭސީ މުވައްޒަފުންގެ ވިސާގެ ކަންތައްތައް ބެލެހެއްޓުން.މިގޮތުން ސްކޫލްގެ ނަމުގައި ތިބޭ މުވައްޒަފުންގެ ވިސާގެ މުއްދަތު އިތުރު ކުރުމަށް ފޮނުވާ، ވިސާ އިތުރުވުމުން ފައިސާ ދެއްކޭނެ އިންތިޒާމް މިނިސްޓްރީގެ ބިދޭސީ ޔުނިޓާއި ގުޅައިގެން ކުރިއަށް ގެންދިއުން އަދި ފައިސާ ދައްކާ ނިމުމުން، ބަޖެޓް ސެކްޝަނާއި ގުޅައިގެން ވިސާކާޑުތައް އާކުރަން ފޮނުވާ، ކާޑު އާވުމުން މުވައްޒަފުންނާ ޙަވާލުކުރުން.

17-  ސްކޫލްގެ ހުރިހާ ޢިމާރާތެއްގެ ތަޅުދަނޑިއާއި މުވައްޒަފުންގެ ކަބަޑު ތަކުގެ ތަޅުދަނޑިތައް، އަދި ކްލާސް ކަބަޑް ތަޅުދަނޑިތައް މުވައްޒަފުންނަށް ދޫކުރުމާއި ބެލެހެއްޓުން.ރަސްމީ ދުވަސްތަކުގައި އޮފީސް ހުޅުވަންޖެހޭ ގަޑިއަށް އޮފިސް ހުޅުވުން.

 

18-  ސްކޫލުން ކުރިޔަށް ގެންދާ ޚާއްޞަ މަސައްކަތްތަކުގައި، ކޯކަރިކިއުލަރ އެކްޓިވިޓީސްތަކުގައި ބައިވެރިވުމާއި، މަސައްކަތުގެ ދާއިރާގެ ތެރެއިން ޙަވާލުކުރެވޭ އެހެނިހެން މަސައްކަތްތައް ކުރުމާއި އެކު ރަސްމީގަޑި ފިޔަވައި، އޮފީސް ހުޅުވުމަށް ޙަވާލު ކުރެވޭ އެހެނިހެން ގަޑިތަކުގައި އޮފީސް ހުޅުވައި ލެއްޕުން.

19-  ޙަވާލުކުރެވިފައިވާ މަސައްކަތުގެ އިތުރުން، ސްކޫލްގެ ރަސްމީ މަސައްކަތާ ގުޅޭގޮތުން ޙަވާލުކުރެވޭ އެންމެހައި ކަންތައްތައް ކުރުމާއި އެކު އޮފީހުގައި ހުންނަ ލިޔެކިޔުމާއި އެހެނިހެން ތަކެއްޗަށް އަމާނާތްތެރިވުން.

 

މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

 ސިވިލް ސަރވިސްގެ ޤަވާއިދުގައިވާ ގޮތުގެ މަތިން ތިރީގައި މިވާޝަރުތުތަކުން ޝަރުތެއްފުރިހަމަވުން.

  1. އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓް ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 3 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއިއެކު އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓް ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

ނުވަތަ

  1. މަތީ ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން "އީ" ގްރޭޑް ލިބިފައި ވުމާއެކު، އޭގެ އިތުރުން ހަޔަރ ސެކެންޑަރީ ސްކޫލް ސެޓްފިކެޓް އިންތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.

ނުވަތަ

 . 1    ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން "ޑީ" ގްރޭޑް ލިބިފައި ވުމާއެކު، އޭގެ އިތުރުން ސެކެންޑަރީ ސްކޫލް ސެޓްފިކެޓް އިންތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.

މަޤާމުގެ ޝަރުޠުތައް:

  • ވަޒީފާއަށް އެންމެ ޤާބިލުމީހަކު ހޮވުމަށްޓަކައި ބޭއްވޭ އިންޓަވިއުއަށް ބަލައިގެން.
  • ހާސިލްކޮށްފައިވާ ތައުލީމާއި ތަމްރީނަށް ބަލައިގެން.
  • މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.

 

ނޯޓް: ތަޖުރިބާގެ މުއްދަތު ގުނާނީ ވަނަވަރުގައި ބަޔާންކޮށްފައިވާ ތަންތަނުގައި ވަޒީފާ އަދާކޮށްފައިވާ ކަމުގެ ރަސްމީ ލިޔުމުގެ ކޮޕީ ހުށައެޅުމުންނެވެ.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

 

  1. ފުރިހަމަ ކުރައްވާފައިވާ ވަޒީފާއަށް އެދޭ ފޯމު
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
  5. ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

)ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބައްލަވާފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓުފިކެޓުތަކާއި، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓުފިކެޓުތައް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެއްވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)

(ށ) ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ކުރިއަށްގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.  ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

(ނ) ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ހިންގަވާ ކޯސްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.

  1. ފުރިހަމަކޮށްފައިވާ، ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނުތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.
  2. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނުން ފާސްވިކަން އަންގައިދިނުމުގެ ގޮތުން ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ދޫކޮށްފައިވާ ސެޓުފިކެޓުގެ ކޮޕީ.
  3. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ

(ހ) ސިވިލް ސަރވިސް އިން ބޭރު ވަޒީފާއެއް އަދާކޮށްފައިވާނަމަ، އެ ވަޒީފާއެއް އަދާކުރި މުއްދަތާއި ކުރި މަސައްކަތް ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ) އަމިއްލަ ކުންފުންޏެއްގެ ނުވަތަ އަމިއްލަ އިންސްޓިޓިއުޓެއްގެ ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ ވަޒީފާ އަދާކުރި މުއްދަތާއި ކުރި މަސައްކަތް އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

ހުށަހަޅަންޖެހޭ ލިޔުންތައް:

 

ވަޒީފާއަށް އެދޭ ފޯމް ނޫމަރާ ސުކޫލުގެ އެޑްމިން ސެކްޝަނުން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަނުގެ www.csc.gov.mv ގެ ވެބްސައިޓުން މިފޯމު ޑައުންލޯޑްވެސް ކުރެވޭނެއެވެ.   މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތިހުށަހަޅާނީ 21 މެއި 2018 ވާ (ހޯމަ) ދުވަހުގެ 13:00 ގެ ކުރިން، ނޫމަރާ ސްކޫލަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ- މެއިލް މެދުވެރިކޮށްވެސް އަދި ފެކްސް މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ. އީ- މެއިލް އެޑްރެހަކީ [email protected]  އެވެ. އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ހުރިހާ ލިޔުންތައް ހުށަހަޅާފައި ނުވާނަމަ އެޕްލިކޭޝަން ބާޠިލުކުރެވޭނެއެވެ. 

 

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މިމަގާމަށް މީހަކު ހޮވުމަށް އިންޓަރވިއުކުރުން އޮންނާނީ 22 މެއި 2018 އާއި 24 މެއި 2018 އާ ދެމެދު ނޫމަރާ ސްކޫލް ގައެވެ. ވުމާއެކު ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީޚްތަކުގައި އިންޓަވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ.

އިންޓަވިއު އޮންނާނެ ތަނާއި، މުއްދަތު:

 

މި ވަޒީފާއަށް އެދި ހުށަހަޅާ، ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10  އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ.

 

ޝޯޓް ލިސްޓްކުރުން:

 

%45

މަޤާމަށް މީހުން ހޮވުމަށްކަނޑައަޅާފައިވާ ކްރައިޓީރިއާގެ ހުރިހާ ބަޔަކުން އެންމެ ދަށްވެގެން ލިބެންޖެހޭ ޖުމްލަ އިންސައްތަ

 

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6540583 ނަންބަރު ފޯނާއެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ.

އިތުރު މަޢުލޫމާތު ހޯދުން:

ވީމާ، މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.

           24 ޝައުބާން 1439

           10 މެއި 2018

                                                    

10 މޭ 2018
ހޯދާ