މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސް
ދިވެހިރާއްޖެ
މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސްއަށް 05 ކޮމްޕިއުޓަރ ސިސްޓަމް ގަތުމަށް ބޭނުންވެއެވެ.

އިޢުލާން

 

                                                      ނަންބަރު: MMS-A/2018/06

އަންދާސީ ހިސާބު ބޭނުންވެއްޖެ.

             ތިރީގައިވާ މަޢުލޫމާތާއިއެއްގޮތަށް މިސަރވިސް އަށް 05 ކޮމްޕިއުޓަރ ސިސްޓަމް ގަންނަން ބޭނުންވެއެވެ. ވީމާ މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 2018  މެއި 15 ވާ އަންގާރަ ދުވަހުގެ ހެނދުނު 1100 އަށް ހުޅުލޭގައި ހުންނަ މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސްއަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައި ނުގަނެވޭނެ ވާހަކަ ދަންނަވަމެވެ. އަންދާސީ ހިސާބު ހުށައަޅުއްވާއިރު ތިރީގައިވާ މަޢުލޫމާތުތައްވެސް ހުށައެޅުއްވުން އެދެމެވެ.

ކޮމްޕިއުޓަރ ސިސްޓަމް ތަކުގެ ޢަދަދާއި ތަފްސީލް:

05 ކޮމްޕިއުޓަރ ސިސްޓަމް  ގެ ސްޕެސިފިކޭޝަން މި އިޢުލާނާއެކު އެޓޭޗް ކުރެވިފައިވާނެއެވެ.

 

ހުށަހަޅާ އެސްޓިމޭޓްތަކުގައި ހުންނަން ޖެހޭ މަޢުލޫމާތު

 

  • މަތީގައިވާ ގޮތަށް 05 ކޮމްޕިއުޓަރ ސިސްޓަމަށް އެސްޓިމޭޓް ހުށަހަޅުއްވަންވާނެއެވެ.
  • އޮޕަރޭޓިން ސިސްޓަމް ވާންޖެހޭނީ ވިންޑޯސް 10 ގެ ޖެނުއިން އޮޕަރޭޓިން ސިސްޓަމް އަކަށެވެ.
  • އެސްޓިމޭޓް ހުށައަޅުއްވާ ކޮމްޕިއުޓަރ ސިސްޓަމްތަށް ވާންޖެހޭނީ ރާއްޖެއިން ސަރވިސްކުރުމުގެ ޚިދުމަތްލިބެން ހުންނަ ތަކެއްޗަށެވެ.
  • އެސްޓިމޭޓް ހުށައަޅުއްވާއިރު، ކޮމްޕިއުޓަރ ސިސްޓަމްގެ ރޭޓް އަދި ޖުމްލަ އަގު ހުށަހަޅަންވާނެއެވެ.  
  • ހުޅުލޭގައި ހުންނަ މިސަރވިސް އަށް ކޮމްޕިއުޓަރ ސިސްޓަމްތަށް ފޯރުކޮށް ދިނުމަށް ޑެލިވަރީ އެއްވެސް ޗާރޖެއް ނަގާނަމަ އެކަން އެސްޓިމޭޓްގައި އެގެން އޮންނަން ވާނެއެވެ. މިގޮތުން އެއްވެސް އަގެއް ނަގާނަމަ ޖުމްލަ އަގުކަމުގައި ބަލާނީ ޑެލިވަރީ ކުރުމަށް ދާ ޚަރަދު ހިމަނައިގެންނެވެ.
  • އެސްޓިމޭޓްގެ ޖުމްލަ އަގުގެ އިތުރުން ޖީ.އެސް.ޓީ ވަކިން ހިމަނަން ވާނެއެވެ.
  • ޑެލިވަރ ކޮށްދެވޭނެ މުއްދަތު އެސްޓިމޭޓްގައި ހިމަނަން ވާނެއެވެ.
  • ކޮމްޕިއުޓަރ ސިސްޓަމް ތަކަށް މަދުވެގެން 01 އަހަރުގެ މުއްދަތަކަށް ވޮރަންޓީ ދޭންވާނެއެވެ.
  • އަންދާސީ ހިސާބު ހުށަހަޅުއްވާ ފަރާތުގެ ޕްރޮފައިލް ހުށަހަޅުއްވަން ވާނެއެވެ. އަދި ކުންފުނީގެ ރަޖިސްޓްރީގެ ކޮޕީއެއްވެސް ހުށައަޅުއްވަން ވާނެއެވެ. މީރާގައި ޖީ.އެސް.ޓީ އަށް ރަޖިިސްޓްރީކޮށްފައިވާނަމަ ޖީ.އެސް.ޓީ ރަޖިސްޓްރީގެ ކޮޕީއެއް ހުށަހަޅުއްވަންވާނެއެވެ.
  • މިކަމަށް ހޮވޭފަރާތުން މި އޮފީހަށް ތަކެތި ގެންނައިރު އެއިން އެއްވެސް އެއްޗަކަށް ގެއްލުމެއް ލިބިފައިވާނަމަ އެތަކެތި ބަދަލު ކޮށްދެއްވަން ވާނެއެވެ.
  • ތައްޔާރުކުރާ އެސްޓިމޭޓަށް 02 މަސްދުވަހުގެ ވެލިޑިޓީއެއް ދެއްވަން ވާނެއެވެ.
  • ދެވިފައިވާ މަޢުލޫމާތާއިބެހޭގޮތުން އިތުރަށް ސާފުކުރައްވަން ބޭނުންފުޅުވާނަމަ، [email protected] އަށް މެއިލް ކުރެއްވުން އެދެމެވެ. 

 

                               ބިޑް އިވެލުއޭޝަން ކްރައިޓީރިއާ

ތަފްސީލް

  ޕޮއިންޓް

  1. ހުށަހަޅާފައިވާ އަގު:

70

  1. މުއްދަތު:

20

  1. ތަޖުރިބާ:

10

 

 

 

 

 

      ހުށަހެޅޭއަންދާސީހިސާބެއްބާތިލް (ޑިސްކޮލިފައި) ކުރެވޭނެގޮތްތައް:  

 

  1. ހުށަހަޅާ އަންދާސީ ހިސާބުގައި މުއްދަތު ނެތުން.

 

  1. ހުށަހަޅާ އަންދާސީ ހިސާބުގައި، އަގު ހުށަހަޅަންޖެހޭ ކަންކަމުގެ ތެރެއިން އެއްވެސްކަމަކަށް އަގުހުށަހެޅިފައި ނެތުން.

 

  1. އަންދާސީ ހިސާބު ހުށަހަޅާއިރު ހުށަޅަންޖެހޭ މަޢުލޫމާތު ފުރިހަމަނުވުން.

 

  1. އަންދާސީ ހިސާބު ހުށަހަޅާއިރު ހުށަޅަންޖެހޭ ލިޔުންތައް ހުށައަޅާފައި ނުވުން.

 

  1. ދެވިފައިވާ ސްޕެސިފިކޭޝަންއާ އެއްގޮތަށް އަންދާސީ ހިސާބުތަށް ހުށަހަޅާފައި ނުވުން.

 

  1. މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސް އިން ކޮށްފައިވާ އެއްބަސްވުމާ ޚިލާފުވެގެން، ނުވަތަ "ބްލެކް ލިސްޓް" ކުރެވިފައިވާ ފަރާތަކުން ނުވަތަ އެފަރާތާ ގުޅުންހުރި ( ބްލެކްލިސްޓް ކުރެވިފައިވާ ކުންފުނީގެ ހިއްސާދާރެއް ހިމެނޭ ކުންފުންޏެއް ފަދަ) ފަރާތަކުން ހުށަހަޅާ އަންދާސީ ހިސާބު.

 

 

                        10 މެއި 2018

10 މޭ 2018
ހޯދާ