ދިވެހިރާއްޖެ
އިއުލާން |
ސްޕެނިޝް ބަސް ދަސްކުރުމަށް ސްކޮލަރޝިޕްގެ ފުރުސަތުތައް |
އޭޝިއާގެ ޤައުމުތަކާއި ކޮލަމްބިޔާއާއި ދެމެދު އޮންނަ ގުޅުން ބަދަހި ކުރެއްވުމަށް ކޮލަމްބިޔާއިން ފައްޓަވާފައިވާ އީ.އެލް.އީ އޭޝިއާގެ ދެވަނަ އެޑިޝަންގެ ތެރެއިން ސްޕެނިޝް ބަސް ދަސްކުރުމަށް 14 ސްކޮލަރޝިޕްގެ ފުރުސަތުވަނީ ހުޅުވާލާފައެވެ. މި ފުރުސަތު ދެއްވާފައިވަނީ ސްރީލަންކާ، އިންޑިއާ، ބޫޓާން، ނޭޕާލް، ބަންގްލަދޭޝް އަދި ދިވެހިރާއްޖޭގެ ޓުއަރިސްޓް ގައިޑުންނަށްށާއި، އަންޑަރ ގްރެޖުއޭޓް އަދި ގްރެޖުއޭޓް ދަރިވަރުންނަށެވެ. މި ސްކޮލަރޝިޕްގެ ދަށުން ސްޓައިޕެންޑް، ދެކޮޅު ޓިކެޓް އަދި ޓިއުޝަން ފީ ހަމަޖައްސަވައިދެއްވައެވެ. މި ކޯހުގެ މުއްދަތަކީ 4 މަސް ދުވަހެވެ.
ވީމާ، މިކޯސްތަކުގައި ބައިވެރިވުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ކޯސްތަކާއިބެހޭ އިތުރު މަޢުލޫމާތާއި، އޮންލައިން އެޕްލިކޭޝަން ހުށަހަޅަންވީގޮތުގެ މަޢުލޫމާތު ތިރީގައިވާ ވެބްސައިޓުން ލިބެން ހުންނާނެއެވެ.
www.cancilleria.gov.co/diplomacy/convocatory/extranjeros
or the website of the Embassy of Colombia in India: http://india.embajada.gov.co/newsroom/news/2018-04-19/14407
TO APPLY: https://docs.google.com/forms/d/e/1FAIpQLSdFc8EVIFPeKV49S2p0wQeQDyex6dpHh618CDYs- eGjDvp5A/viewform އެޕްލިކޭޝަން ހުށަހެޅުއްވުމުގެ ސުންގަޑި: 2018 މެއި 13 ވާ އާދީއްތަ ދުވަހުގެ 12.00 ގެ ކުރިން އޮންލައިން އެޕްލިކޭޝަން ހުށައެޅުއްވުމަށްފަހު އޭގެ ކޮޕީއެއް މި ޑިޕާޓްމެންޓަށް ހުށަހެޅުއްވުން އެދެމެވެ. އެޕްލިކޭޝަން ހުށަހަޅުއްވަންޖެހޭ ތަން: ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިއުކޭޝަންގެ ކައުންޓަރ (ވެލާނާގެ / 2 ވަނަ ފަންގިފިލާ) ނޯޓް: އެޕްލިކޭޝަން ހުށަހެޅުމުގެ މާނައަކީ އިޢުލާންގައި ބަޔާންކޮށްފައިވާ ތަކެތި ހަމަކުރެއްވުމަށްފަހު، ސިޓީއުރައެއްގައި ބަންދުކުރައްވައި މި ޑިޕާޓްމަންޓާއި ހަވާލުކުރެއްވުން ނުވަތަ [email protected] އަށް އީމެއިލް ކުރެއްވުމެވެ. އަދި މިގޮތަށް އީމެއިލް ކުރައްވާނަމަ، 3341371 އަށް ގުޅުއްވައި އީމެއިލް ލިބުނުތޯ ކަށަވަރު ކޮށްލެއްވުން އެދެމެވެ. އީމެއިލްގެ ސަބްޖެކްޓްގައި ނުވަތަ ސިޓީއުރައިގެ ބޭރުގައި އެދިވަޑައިގަންނަވާ ބޭފުޅެއްގެ ނަން، ސްކޮލަރޝިޕްގެ ނަން، ކޯހުގެ ނަން އަދި ގުޅޭނެ ނަންބަރު ލިޔުއްވަންވާނެއެވެ. |