ނިލަންދެއަތޮޅު އުތުރުބުރީ ފީއަލީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފ.ފީއަލީގެ ނަރުދަމާ ނިޒާމާއި ބެހޭ

 
 

 c

 

&

ނިލަންދެއަތޮޅު އުތުރުބުރީ ފީއަލީ ކައުންސިލްގެ އިދާރާ

              ފީއަލީ،                            ނަންބަރު: (IUL)370-ESMS SC/370/2018/6 

 ދިވެހިރާއްޖެ.

 

 

އިޢުލާން

 

ފ.ފީއަލީގެ ނަރުދަމާ ނިޒާމާއި ބެހޭ

 

ސުރުޙީގައި ދެންނެވިފައިވާ މަޝްރޫޢުގެ ދަށުން ފ.ފީއަލީގައި ޤާޢިމްކުރުމަށް ހަމަޖެހިފައިވާ ނަރުދަމާގެ ނިޒާމުގެ ޢަމަލީ މަސައްކަތް ފެށިފައި ވުމާއިއެކު މިމަޝްރޫޢުގެ ދަށުން ގޭގޭގެ ޖަންގުޝަންއަށް ހޮޅި ގުޅައިދިނުމުގެ މަސައްކަތްކުރުމަށް ހަމަޖެހިފައިވަނީ ގޭގެ ވެރިފަރާތުން އެކަމަށް އެދި އެޕްލިކޭޝަން ފޯމް ހުށަހެޅުމުންނެވެ. މިގޮތުން އެޕްލިކޭޝަން ފޯމް ހުށަހެޅުމުގެ ފުރުޞަތު 20 މާރިޗް 2018 އިން ފެށިގެން 19 އެޕްރީލް 2018 ގެ ނިޔަލަށް ވަނީ ހުޅުވާލެވިފައެވެ. މިމުއްދަތުގެ ތެރޭގައި ފޯމް ހުށަހަޅާ ފަރާތްތަކުގެ ގޭގެއަށް ޖަންކްޝަން ހޮޅި ގުޅައިދެވޭނީ ޕްރޮޖެކްޓްގެ ދަށުން ހިލޭކަމުގަޔާއި އަދި މިމުއްދަތުގެ ފަހުން ހުށަހަޅާ ފޯމްތަކަށް ޖަންކްޝަން ހޮޅި ގުޅައިދެވޭނީ އެރަށެއްގައި އެޙިދުމަތް ދިނުމަށް ކަނޑައެޅިފައިވާ ޔޫޓިލިޓީ ކޮންޕެނީއިން އެކަމަށް ނެގޭ އަގެއްގެ ދަށުންކަމުގައި ދަންނަވަމެވެ. ފޯމް ހުށަހެޅުމަށް ހަމަޖެހިފައިވަނީ މިކައުންސިލްގެ އިދާރާއަށެވެ. މިމުއްދަތުގެ ތެރޭގައި އެޕްލިކޭޝަން ފޯމް މިކައުންސިލްގެ އިދާރާއިން ލިބިވަޑައިގަންނަވާނެ ވާހަކަ ދަންނަވަމެވެ.

ވީމާ، މިކަން ޢާންމުކޮށް އަންގާ އިޢުލާން ކުރަމެވެ.

03  G1439

20 މާރިޗް 2018

 

 

 

                                           މޫސާ އަޙްމަދު

                                       ކައުންސިލްގެ ނައިބް ރައީސް

20 މާރިޗު 2018
ހޯދާ