މާލެއަތޮޅު ކާށިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިރިއުޅުމަށްޓަކައި ކ. ކާށިދޫއިން ގޯތި ދޫކުރުމާގުޅޭ

މިއިދާރާގެ ނަމްބަރ (IUL)330-B/330/2017/60 (19 ސެޕްޓެމްބަރ 2017) އިޢުލާނާއި ގުޅިގެން ދިރިއުޅުމަށްޓަކައި ކާށިދޫން ގޯއްޗަށް އެދި ހުށަހެޅި ފަރާތްތަކުގެ ތެރެއިން، ކަނޑައެޅިފައިވާ އުޞޫލުތަކާ އެއްގޮތްވާގޮތުގެ މަތިން ބަލަންޖެހޭ ކަންކަން ބެލުމަށްފަހު، ގޯތިދޫކުރުމަށް ހަމަޖެހިފައިވާ 04 ކެޓަގަރީން ގޯތިލިބޭ ފަރާތްތަކުގެ ގޮތުގައި ކަނޑައެޅިފައިވާ މީހުންގެ ލިސްޓްތައް މިއިޢުލާނާއެކު ޢާއްމުކުރީމެވެ. މިގޮތުން ޢާއްމުކުރެވިފައިވާ ލިސްޓްތަކަކަކީ:

  1. ކާށިދޫގެ ރަށްވެހިން (135 މީހުން)
  2. އެހެން ރަށްރަށުގެ ރަށްވެހިންގެ ތެރެއިން ކާށިދޫގައި ދިރިއުޅޭ މީހުން ފިޔަވައި އެހެން މީހުން (20 މީހުން)
  3. ކާށިދޫއަށް ހިޖުރަކޮށްގެން، ރަށްވެހި ނުވެ ދިރިއުޅޭ އެހެން ރަށްރަށުގެ މީހުން (15 މީހުން)
  4. ނުކުޅެދުންތެރިކަން ހުންނަ މީހުން (5 މީހުން)

   އަދި މިގޮތުން ގޯތި ލިބޭ ފަރާތްތަކަށް ގޯތިލިބޭ ތަން ކަނޑައެޅުމަށްޓަކައި ބާއްވާ ގުރުއަތުލުން 11 މެއި 2018 ވާ ހުކުރުދުވަހުގެރޭ 21:00 ގައި ކ. އަތޮޅު މަދަރުސާގެ ހޯލުގައި އޮންނާނެއެވެ. ވީމާ މި އިޢުލާނާއެކު ޢާއްމުކުރެވިފައިވާ ލިސްޓްތަކުގައިވާ ފަރާތްތައް މިގުރުއަތުލުމުގައި ބައިވެރިވުމަށްޓަކައި ކަނޑައެޅިފައިވާ ގަޑިއަށް ކ. އަތޮޅު މަދަރުސާގެ ހޯލަށް ޙާޟިރުވުމަށް ޢާއްމުކޮށް އަންގާ އިޢުލާންކުރީމެވެ. މި ގުރުއަތުލުމުގައި ބައިވެރިވުމަށް އެއްވެސް ސަބަބަކާހުރެ ޙާޟިރުވެވެން ނެތް ފަރާތްތަކުން ބަދަލުގައި މީހަކު ފޮނުވާނަމަ، އެކަން ބަޔާންކޮށް ގޯއްޗަށް އެދިފައިވާ ފަރާތުގެ ސިޓީއެއް ހުށަހަޅަންވާނެއެވެ. މި ގުރުއަތުލުމަށް ޙާޟިރުނުވާ އަދި ބަދަލުގައި ވެސް މީހަކު ނުފޮނުވާ ފަރާތްތަކުގެ ބަދަލުގައި ގޯތި ކޮމިޓީގެ ފަރާތުން، ގުރުއަތުލުމުގައި ބައިވެރިވުމަށް އަންނަ ފަރާތްތަކުގެ ޙާޟިރުގައި ޤުރުއަތު ނަގާނެކަން ވެސް ޢާއްމުކޮށް އަންގާ އިޢުލާންކުރީމެވެ.

            ވީމާ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

23 ޝަޢުބާން 1439

09 މެއި 2018

09 މޭ 2018
ހޯދާ