ދިވެހިރާއްޖެ
އިޢުލާން
ނަމްބަރު: GMIZL/IUL/ADMIN/2018/1005
ގުދަނެއް ކުއްޔަށް ހިފުމާއި ބެހޭ
މި ކުންފުނިން ސްޓޭޝަނަރީޒް އާއި އެހެނިހެން މުދާ ގުދަން ކުރުމަށްޓަކައި މާލެއިން 500 އާއި 1500 އާއި ދެމެދުގެ އަކަފޫޓުގެ ގުދަނެއް ކުއްޔަށް ހިފަން ބޭނުންވެގެން ކުރި އިޢުލާން ނަންބަރު GMIZL/ADMIN/2018/1002 އަށް އެކަށީގެންވާ ތަރުޙީބެއް ލިބިފައި ނުވާތީ އަލުން މި ފުރުޞަތު ހުޅުވާލަމެވެ.
ވީމާ، ގުދަން ކުއްޔަށް ދިނުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން ތިރީގައި ބަޔާންކޮށްފައިވާ މައުލޫމާތާއި އެކު އަގުހުށަހެޅުމުގެ ފުރުޞަތު ޢާންމުކޮށް ހުޅުވާލަމެވެ.
- ގުދަނުގެ ކުލި (އަގު ހުށަހަޅާނީ މަހު ކުލީގެ ގޮތުގައި)
- ކުއްޔަށް ދޫކުރެވޭ މުއްދަތު
- ގުދަނުގެ ބޮޑުމިން އިނގޭނެ ކުރެހުމަކާއި ތަނުގެ ބޮޑުމިން އަކަފޫޓުން އިނގޭ ގޮތަށް
- ގުދަނުގެ ސަރަހައްދު އިނގޭ ކުރެހުން
- އިމާރާތުގެ ރަޖިސްޓްރީ ކޮޕީ
- އަގު ހުށަހަޅާއިރު ބިމާއި ޢިމާރާތުގެ ވެރިފަރާތްކަން ނުވަތަ ހުށަހަޅާ ފަރާތާއި ހުރިގުޅުން އެނގޭނެ ލިޔުމަކާއި އައި.ޑީ ކާޑުގެ ކޮޕީ ހުށަހެޅުން
ގުދަން ކުއްޔަށް ހިފުމުގައި ބަލާނެ އުސޫލުތައް
- ގުދަން ހެދިފައިވާ ފެންވަރު
- ގުދަނުގެ ލޮކޭޝަން
- ގުދަނުގެ ބޮޑުމިން
- ކަރަންޓު ހުރުން
- ވަދެނިކުމުގައާއި ޕާކުރުމުގައި ހުރި ފަސޭހަތައް
ގުދަން ހިފުމުގައި ޕޮއިންޓު ދޭނެގޮތް
- އަގު: 70ޕޮއިންޓް
- ކުއްޔަށް ދޭ މުއްދަތު: 30ޕޮއިންޓް
ތަފްޞީލް |
ތަން |
ދުވަސް |
ތާރީޚް |
ގަޑި |
އަގު ހުށައެޅުން |
ޖީ.އެމް.އައި.ޒެޑް.އެލް ހެޑް އޮފީސް (މާލެ) |
އާދިއްތަ |
27 މެއި 2018 |
11:00 ގައި |
އިތުރު މަޢުލޫމާތެއް ސާފުކުރައްވަން ބޭނުންވެލައްވާ ފަރާތްތަކުން މި ކޯޕަރޭޝަންގެ އެޑްމިނިސްޓްރޭޓިވް ޑިޕާރޓްމަންޓާއި ގުޅުއްވުން އެދެމެވެ.
09 މެއި 2018
23 ޝަޢުބާން 1438
Fen Building/ 4th floor ފެން ބިލްޑިންގް/ 4ވަނަ ފަންގިފިލާ
Ameenee Magu, Male’, Republic of Maldives އަމީނީމަގު، މާލެ، ދިވެހިރާއްޖެ
Tel: 3307513 Fax: 3307514 ފޯން: 3307513،3307515 ފެކްސް: 3307514