މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ
ދިވެހިރާއްޖެ
މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ ހިނގަމުންދާ ގޯޑައުން އިމާރާތް ހިޔާކުރުމާއި މިނިސްޓްރީގެ ކާރުގަރާޖު މަރާމާތު ކުރުމާއި ގޯޑައުން އިމާރާތާއި ގްރީން ބިލްޑިން އިމާރާތާއި ދެމެދު ހަދާފައިވާ ކެންޓީނުން ތިރިޔަށް އަރާފޭބުމަށް ބޭނުންވާ ލަކުޑި ސިޑިއެއް ހަދާ ހަރުކޮށްދޭނެ ފަރާތެއް ހޯދުމާއި ބެހޭ

އިޢުލާން

މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ ހިނގަމުންދާ ގޯޑައުން އިމާރާތް ހިޔާކުރުމާއި މިނިސްޓްރީގެ ކާރުގަރާޖު މަރާމާތު ކުރުމާއި ގޯޑައުން އިމާރާތާއި ގްރީން ބިލްޑިން އިމާރާތާއި ދެމެދު ހަދާފައިވާ ކެންޓީނުން ތިޔަށް އަރާފޭބުމަށް ބޭނުންވާ ލަކުޑި ސިޑިއެއް ހަދާ ހަރުކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރި ނަންބަރު IUL)438-AU/1/2018/6)  އިޢުލާނާއި ގުޅިގެން ހުށައަޅާފައިވާ ބީލަންތަކުގެ ވެލިޑިޓީ ހަމަވެފައިވާތީ އަލުން ބީލަންހުށަހެޅުމަށްފުރުސަތު ހުޅުވާލަމެވެ. މި ބީލަން ކުރިއަށްދާނީ ދައުލަތުގެ މާލިއްޔަތުގެ ޤާނޫނާއި ދައުލަތުގެ މާލިއްޔަތު ގަވާއިދުގެ ދަށުންނެވެ.                                                                      

ބީލަން ކާމިޔާބުކުރާ ފަރާތެއް ހޮވުމުގައި ބަލާނީ، މައުލޫމާތު ޝީޓްގައި ދެވިފައިވާ މިންގަނޑުތަކަށެވެ.

މި މިސައްކަތުގެ "މައުލޫމާތު ޝީޓު" ، "ސިޑީގެ ކުރެހުން" ، "ގަރާޖުގެ ކުރެހުން" އަދި "ގޯޑައުން ފުރާޅުގެ ކުރެހުން" މި މިނިސްޓްރީގެ ވެބްސައިޓް www.environment.gov.mv އިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ. އަދި މި އިޢުލާނާއެކު ޑައުންލޯޑް ކުރެވޭގޮތަށް އެޓޭޗް ކުރެވިފައިވެސް ވާނެއެވެ. މިކަމާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު އޮޅުން ފިލުވުމަށް ބޭނުން ވެއްޖެނަމަ ލިޔުމުން މި މިނިސްޓްރީއަށް ހުށަހެޅުއްވުން އެދެމެވެ.

 ބީލަން ހުޅުވުން

ބިޑު ހުޅުވުމަށް ހަމަޖެހިފައިވަނީ  2018 މޭ 15 ވާ އަންގާރަ ދުވަހުގެ 10:00 ގައި މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީގައި މި މަސައްކަތަށް އަންދާސީ ހިސާބު ހުށަހަޅުއްވާ ފަރާތްތަކުގެ ހާޒިރުގައެވެ. ގަޑިޖެހުމަށްފަހު ހުށަހަޅާ ބީލަންތައް ބަލައިނުގަނެ އަނބުރާ ރައްދު ކުރެވޭނެއެވެ. ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި ވަޤުތު އަދި ބީލަން ހުށަހަޅާފަރާތުގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ.

 އަންދާސީ ހިސާބު ހުށަހަޅުއްވަން ވާނީ ތިރީގައި މިދަންނަވާ ގޮތަށް އެޑްރެސް ކޮށްފައެވެ.

ޕްރޮކިޔުމަންޓް ޔުނިޓް،
މިނިސްޓްރީ އޮފް އެންވަޔަރަމަންޓް އެންޑް އެނަރޖީ،
ހަނދުވަރީ ހިނގުން، މާފަންނު، މާލެ، 20392، ދިވެހިރާއްޖެ.
އީމެއިލް: [email protected]
ވެބްސައިޓް: www.environment.gov.mv

މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ ހިންގަމުންދާ ގޯޑައުން އިމާރާތް ހިޔާކުރުމާއި މިނިސްޓްރީގެ ކާރުގަރާޖު މަރާމާތު ކުރުމާއި ގޯޑައުން އިމާރާތާއި ގްރީން ބިލްޑިން އިމާރާތާއި ދެމެދު ހަދާފައިވާ ކެންޓީނުން ތިރިޔަށް އަރާފޭބުމަށް ބޭނުންވާ ލަކުޑި ސިޑިއެއް ހަދާ ހަރުކޮށްދޭނެ ފަރާތެއް ހޯދުމުގެ މަޝްރޫޢު އިޢުލާނު ނަންބަރު: IUL)438-AU/1/2018/18)

ނޯޓް:

މަޢުލޫމާތު ފުރިހަމަނޫން ބިޑުތައް ބާތިލުކުރުމުގެ ފުރިހަމަ އިޚްތިޔާރު މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނާރޖީއަށް ލިބިގެންވެއެވެ. އަދި ބިޑު ކޮންމެ ވަގުތެއްގައިވެސް ބާތިލުކުރުމުގެ އިޚްތިޔާރު މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނާރޖީއަށް ލިބިގެންވެއެވެ.

08 މޭ 2018
ހޯދާ