ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިޔުކޭޝަން
ދިވެހިރާއްޖެ
ހައި އެޗީވަރސް ސްކޮލަރޝިޕް 2017-2018

މަތީ ސާނަވީ އިމްތިހާނު ފުރިހަމަކުރި ދަރިވަރުންގެ ތެރެއިން ހައި އެޗީވަރސް ސްކޮލަރޝިޕަށް ޝަރުތުހަމަވާ ދަރިވަރުން މި ސްކޮލަރޝިޕަށް އެދިވަޑައިގެން ހުށަހެޅުއްވުމުގެ ފުރުޞަތު ހުޅުވާލަމެވެ. މި ސްކޮލަރޝިޕަށް ޝަރުތު ހަމަވާނީ ސްކޫލުތަކުގެ ސާނަވީ އިމްތިހާން 2017 ވަނަ އަހަރުގެ އޮކްޓޯބަރ / ނޮވެންބަރު މަހު ނުވަތަ 2018 ވަނަ އަހަރުގެ ޖަނަވަރީ މަހު ފުރިހަމަކުރި ދަރިވަރުންގެ ތެރެއިން 5A ފާސް ހޯދާފައިވާ ދަރިވަރުންނެވެ. މި 5A ފާހުގެތެރޭގައި އިސްލާމް އާއި ދިވެހި ހިމެނެންވާނެއެވެ. އަދި މި ފާސްތަކުގެ އިތުރުން އޯލެވެލް ނުވަތަ އެއާ އެއްފެންވަރުގެ އިނގިރޭސި ފާހެއް ވެސް އޮންނަންވާނެއެވެ.

މި ސްކޮލަރޝިޕްގެ ދަށުން ކިޔަވަން ފުރުޞަތު ހުޅުވާލާފައިވަނީ ތިރީގައި ދަންނަވާފައިވާ ޤައުމުތަކުގެތެރެއިން ޤައުމެއްގައި ކިޔެވުމަށެވެ.

-          ދިވެހިރާއްޖެ

-          ސާރކްގެ އެހެނިހެން ޤައުމުތަށް

-          މެލޭޝިޔާ

-          ތައިލެންޑް

-          ފިލިޕީންސް

-          ޗައިނާ

މިނޫން އެހެން ޤައުމެއްގައި ކިޔެވުމަށް ފުރުޞަތު ދެވޭނީ "ހައިއެޗީވަރސް ސްކޮލަރޝިޕާއި ބެހޭ އުޞޫލު" ގައި ވާ ގޮތުގެ މަތިންނެވެ.

 

ވީމާ، 24 މެއި 2018 ވާ ބުރާސްފަތި ދުވަހުގެ 13:30 ގެ ކުރިން މިޑިޕާޓްމަންޓަށް އެޕްލިކޭޝަން ހުށަހެޅުއްވުން އެދެމެވެ. އެޕްލިކޭޝަން ހުށަހަޅުއްވާނީ އެކަމަށްޓަކައި ފުރިހަމަކުރައްވާފައިވާ ފޯމާއި ފޯމުގައި ބަޔާންކޮށްފައިވާ ތަކެތި ވެލާނާގޭ 2 ވަނަ ފަންގިފިލާގައި ހުންނަ މިޑިޕާޓްމަންޓްގެ ކައުންޓަރަށް ނުވަތަ އެފޯމު މިޑިޕާޓްމަންޓުގެ އީމެއިލް [email protected] އަށް އީމެއިލް ކުރައްވައިގެންނެވެ. އީމެއިލްކުރެއްވިނަމަ އެޕްލިކޭޝަން ލިބުނުކަން 3341461 ނަންބަރު ފޯނަށްގުޅުއްވައިގެން ޔަގީންކުރެއްވުން އެދެމެވެ.

 

މި ސްކޮލަރޝިޕްގެ އެޕްލިކޭޝަން ފޯމާއި އުޞޫލު މިޑިޕާޓްމަންޓުގެ ވެބްސައިޓް www.dhe.gov.mv ގައި ވާނެއެވެ. އިތުރު މަޢުލޫމާތު މިޑިޕާޓްމަންޓުގެ ނަންބަރު 3341373 އިން ލިބިވަޑައިގަންނަވާނެއެވެ.

08 މޭ 2018
ހޯދާ