ސިވިލް ކޯޓު
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު
އިޢުލާން
- މަޤާމް: އެޑްމިނިސްޓްރޭޓިވް އޮފިސަރ
- ރޭންކް: GS3
- ބޭނުންވާ އަދަދު: 01
- މަސައްކަތް ކުރަންޖެހޭތަން: ސިވިލް ކޯޓު/މާލެ
- މުސާރަ: 4,465.00 (ހަތަރުހާސް ހަތަރުސަތޭކަ ފަސްދޮޅަސް ފަސް) ރުފިޔާ
- ސަރވިސް އެލަވަންސް: 1,500.00 (އެއްހާސް ފަސްސަތޭކަ( ރުފިޔާ
- ލިވިންގ އެލަވަންސް: 2,700.00 (ދެހާސް ހަތްސަތޭކަ( ރުފިޔާ
- ޖުޑީޝަލް އެލަވަންސް އަދި އިތުރުގަޑީގެ ފައިސާ: މުސާރައިގެ %40 އަދި ހުއްދަ ލިބިގެން އިތުރުގަޑީގައި ކުރެވޭ މަސައްކަތަށް ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.
- ފެންވަރު ނުވަތަ ޝަރުތު: މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލްކަން އިންޓަރވިއުގައި ސާބިތުކޮށްދިނުމާއިއެކު، ސާނަވީ އިމްތިޙާނަކުން މަދުވެގެން 02 މާއްދާއިން ދަށްވެގެން "ޑީ" ލިބިފައިވުމާއިއެކު، ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި "ދިވެހި" މިމާއްދާއިން ދަށްވެގެން "ސީ" ފާސް ލިބިފައިވުން، ނުވަތަ މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވަޒީފާގެ ކުރިއެރުން ޙައްޤުވާ މާކުހެއް ލިބެމުންދިޔުމާއިއެކު،GS2 ރޭންކުގައި މަދުވެގެން 02 އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން.
- ވަޒީފާގައި ކުރަންޖެހޭ މަސައްކަތް: ޝަރީޢަތްތަކާއި ގުޅުންހުރި އިދާރީ މަސައްކަތް
- · ވަޒީފާގެ ކުރިއެރުން އަދި މުސާރައިގެ ކުރިއެރުން: ކޮންމެ ދެ އަހަރަކުން އެއް އަހަރު ވަޒީފާއަށް ރަނގަޅުނަމަ މުސާރައިގެ ކުރިއެރުން ލިބޭނެއެވެ.
- މަޤާމް: އެޑްމިނިސްޓްރޭޓިވް އޮފިސަރ
- ރޭންކް: GS3
- ބޭނުންވާ އަދަދު: 01
- މަސައްކަތް ކުރަންޖެހޭތަން: ސިވިލް ކޯޓު ހުޅުމާލެ ޑިވިޜަން / ހުޅުމާލެ، (ފުރަތަމަ 01 އަހަރު ދުވަސް ސިވިލް ކޯޓުގައި މަސައްކަތް ކުރުމަށް)
- މުސާރަ: 4,465.00 (ހަތަރުހާސް ހަތަރުސަތޭކަ ފަސްދޮޅަސް ފަސް) ރުފިޔާ
- ސަރވިސް އެލަވަންސް: 1,500.00 (އެއްހާސް ފަސްސަތޭކަ( ރުފިޔާ
- ލިވިންގ އެލަވަންސް: 2,700.00 (ދެހާސް ހަތްސަތޭކަ( ރުފިޔާ
- ޖުޑީޝަލް އެލަވަންސް އަދި އިތުރުގަޑީގެ ފައިސާ: މުސާރައިގެ %40 އަދި ހުއްދަ ލިބިގެން އިތުރުގަޑީގައި ކުރެވޭ މަސައްކަތަށް ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.
- ފެންވަރު ނުވަތަ ޝަރުތު: މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލްކަން އިންޓަރވިއުގައި ސާބިތުކޮށްދިނުމާއިއެކު، ސާނަވީ އިމްތިޙާނަކުން މަދުވެގެން 02 މާއްދާއިން ދަށްވެގެން "ޑީ" ލިބިފައިވުމާއިއެކު، ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި "ދިވެހި" މިމާއްދާއިން ދަށްވެގެން "ސީ" ފާސް ލިބިފައިވުން، ނުވަތަ މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވަޒީފާގެ ކުރިއެރުން ޙައްޤުވާ މާކުހެއް ލިބެމުންދިޔުމާއިއެކު، GS2 ރޭންކުގައި މަދުވެގެން 02 އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން.
- ވަޒީފާގައި ކުރަންޖެހޭ މަސައްކަތް: ސިވިލް ކޯޓު ހުޅުމާލެ ޑިވިޜަނަށް ހުށަހެޅޭ މައްސަލަތަކާއި ގުޅިގެން ކުރަންޖެހޭ އިދާރީ މަސައްކަތްކުރުން.
- · ވަޒީފާގެ ކުރިއެރުން އަދި މުސާރައިގެ ކުރިއެރުން: ކޮންމެ ދެ އަހަރަކުން އެއް އަހަރު ވަޒީފާއަށް ރަނގަޅުނަމަ މުސާރައިގެ ކުރިއެރުން ލިބޭނެއެވެ.
- މަޤާމް: އޮފީސް އެސިސްޓެންޓް
- ރޭންކް: SS2
- ބޭނުންވާ ޢަދަދު: 01
- މަސައްކަތް ކުރަންޖެހޭތަން: ސިވިލް ކޯޓު / މާލެ
- މުސާރަ: 3,470.00 (ތިންހާސް ހަތަރު ސަތޭކަ ހަތްދިހަ) ރުފިޔާ
- ސަރވިސް އެލަވަންސް: 1,000.00 (އެއްހާސް) ރުފިޔާ
- ލިވިންގ އެލަވަންސް: 2,700.00 (ދެހާސް ހަތްސަތޭކަ( ރުފިޔާ
- ޖުޑީޝަލް އެލަވަންސް އަދި އިތުރުގަޑީގެ ފައިސާ: މުސާރައިގެ %40 އަދި ހުއްދަ ލިބިގެން އިތުރުގަޑީގައި ކުރެވޭ މަސައްކަތަށް ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.
- ފެންވަރު ނުވަތަ ޝަރުޠު: މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލްކަން އިންޓަރވިއުގައި ސާބިތުކޮށްދިނުމާއިއެކު، ލިޔަންކިޔަން ދަތުމާއެކު މަސައްކަތަށް ބޭނުންވާ ތަމްރީނެއް/ލައިސެންސެއް/ހުއްދައެއް/ސަނަދެއް ޙާޞިލްކޮށްފައިވުން، ނުވަތަ މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވަޒީފާގެ ކުރިއެރުން ޙައްޤުވާ މާކުހެއް ލިބެމުން ދިއުމާއިއެކު، SS1 ރޭންކުގައި މަދުވެގެން 02 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.
- · މަޤާމުގެ މައިގަނޑު މަސްޢޫލިއްޔަތުތައް:
- ސަރުކާރުގެ އެކިއެކި އޮފީސްތަކަށް ސިޓީއާއި، މެސެޖް އަދި އެހެނިހެން ލިޔުންތައް އެފަރާތްތަކަށް ރައްދުކުރުމާއި،
- މައްސަލަތަކުގައި ކޯޓަށް ޙާޟިރުކުރަންޖެހޭ މީހުން ޙާޟިރުކުރުމަށްޓަކައި ރައްދުކުރަންޖެހޭ ކޯޓަށް ޙާޟިރުވުމުގެ އަމުރު އެފަރާތްތަކަށް ރައްދުކުރުމާއި،
- ބަންދަށް ޙުކުމް ކުރާ މީހުން ބަންދުކުރުމަށްޓަކައި ކަރެކްޝަނަށް ގެންދިއުމާއި،
- ކޯޓު ހުޅުވުމަށް ވެލާނާގޭގައި އަޅުވާފައިވާ ސިވިލް ކޯޓުގެ ތަޅުދަނޑި ގެނައުމާއި، އޮފީސް ބަންދުކުރާއިރު ކޯޓުގެ ކުޑަދޮރުތައް ލައްޕާ ހޮޅިބުރި ފަންކާފަދަ ތަކެތި ނިއްވުމާއި ކޯޓު ބަންދުކުރުމަށްފަހު ކޯޓުގެ ތަޅުދަނޑި ވެލާނާގޭގައި އެޅުވުން.
- ކޯޓުގެ ޢިމާރާތުގެ އެތެރެ ފޮޅާ ސާފުކުރުމުގެ ކަންތައްތަކާއި، ގޮނޑިތަކާއި، މޭޒުތަކާއި، ހަރުގަނޑު، ފަންކާ، ކޯޓުގެ ކުޑަދޮރުތަކުގެ ބިއްލޫރިތަކާއި، ފަންތައް ހަފްތާއަކު އެއްދުވަހު ފޮޅާ ސާފުކުރުމާއި،
- އަދި ކޯޓުގެ ސްޓޮކަށް ނަގަން ބޭނުންވާ ތަކެތި ނަގަންދިއުމާއި، އެފަދަ ތަކެތި ކޯޓަށް ގެނައުމާއި،
- އަދި ކޯޓުގެ އެތެރޭގައި ބައެއްފަހަރު ކުރަންޖެހޭ ބައެއް ބޮޑެތި މަސައްކަތްކުރުން. (އޭގެ ތެރޭގައި ފައިލްތަކާއި ފޮތްތައް އަދި ގޮނޑި މޭޒުފަދަތަކެތި ތިރިއަށް ގެނެސް ގެންދިއުމުގެ މަސައްކަތްކުރުން)
- · ވަޒީފާގެ ކުރިއެރުން އަދި މުސާރައިގެ ކުރިއެރުން: ކޮންމެ ދެ އަހަރަކުން އެއް އަހަރު ވަޒީފާއަށް ރަނގަޅުނަމަ މުސާރައިގެ ކުރިއެރުން ލިބޭނެއެވެ.
ނޯޓް: މިމަޤާމަށް މީހަކު ހޮވުމުގައި ގިނަ ވަގުތު ޗިޓު ބެހުމުގައި ހޭދަކުރެވޭނެ ފަރާތްތަކަށް އަދި ޑްރައިވިންގ ލައިސެންސް ކެޓެގަރީ އޭ-1 ގައި ހިމެނޭ ތަކެތި ދުއްވުމުގެ ހުއްދަ އޮތް ފަރާތްތަކަށް އިސްކަންދެވޭނެއެވެ.
ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި
- ސިވިލް ކޯޓުން ދޫކުރާ ވަޒީފާއަށް އެދޭފޯމު.
- ވަޒީފާއަށް އެދޭފަރާތުގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
- ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓުތަކުގެ ކޮޕީ ޓްރާންސްކްރިޕްޓް އާއިއެކު އަދި ރާއްޖެއިން ބޭރުގެ ސެޓްފިކެޓެއް ނަމަ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ އިން އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓުތަކުގެ ކޮޕީ ޓްރާންސްކްރިޕްޓް އާއިއެކު (އަޞްލާއި އެއްގޮތްކަމުގެ ތައްގަނޑު ޖަހާފައިވާ ކޮޕީ).
- ވަޒީފާއަށް އެދޭފަރާތުގެ ވަނަވަރު.
- އަލަށް ވަޒީފާއާ ގުޅޭ މީހުންނާއި، GS3 ރޭންކުން ފެށިގެން ދަށުގެ ވަޒީފާތަކަށް ކުރިމަތިލާ މީހުން ސްކޫލް ލީވިންގ ސެޓްފިކެޓްގެ ފޮޓޯ ކޮޕީ.
- ވަޒީފާ އަދާކުރައްވާނަމަ ވަޒީފާގައި އުޅޭ ނުވަތަ އުޅުނުކަމުގެ ލިޔުން. (ވަޒީފާގެ ކްލެސިފިކޭޝަނާއި، މުސާރަ، ރޭންކް އަދި ވަޒީފާގެ މަސްޢޫލިއްޔަތު އެނގޭނެގޮތަށް)
- ބޮންޑެއް އޮތް ފަރާތެއްކަމުގައި ވާނަމަ ވަޒީފާ އަދާކުރައްވާ އޮފީހަކުން ވަޒީފާއިން ދޫކުރައްވާނެކަމުގެ ލިޔުން.
ސުންގަޑި: މިމަޤާމަށް ކުރިމަތިލައްވާ ފަރާތްތަކުން ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެއްޗާއެކު 2018 މެއި 13 ވާ އާދިއްތަ ދުވަހުގެ 14:45 ގެ ކުރިން ސިވިލް ކޯޓަށް ހުށަހެޅުއްވުން އެދެމެވެ.
އިތުރު މަޢުލޫމާތު:
- މިމަޤާމުގެ އިންޓަރވިއުއަށް ދައުވަތު ދެވޭނީ ޝަރުތު ފުރިހަމަވާ ފަރާތްތައް ޝޯޓްލިސްޓް ކުރުމަށްފަހު އެންމެ މަތިން މާރކްސް ލިބިފައިވާ ފަރާތްތަކަށެވެ.
- އިންޓަވިއުއަށް ވަޑައިގަންނަވާއިރު ހުށައަޅާފައިވާ ހުރިހާ ލިޔުމެއްގެ އަޞްލު ގެންނަންވާނެއެވެ.
- ވަޒީފާއަށް އެދޭފޯމު ސިވިލްކޯޓުގެ ކައުންޓަރުން ލިބެންހުންނާނެއެވެ. އަދި މިފޯމް ސިވިލް ކޯޓުގެ ވެބްސައިޓް، www.civilcourt.gov.mv އިން ޑައުންލޯޑް ކުރެއްވޭނެއެވެ.
21 ޝަޢުބާން 1439
07 މެއި 2018
07 މޭ 2018
ހޯދާ