ދިވެހިރާއްޖެ
ނޫސް ބަޔާން
ހައުސިންގް ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެޗް.ޑީ.އެފް.ސީ) ގެ ލިސްޓަޑް-ފިކްސް އިންކަމް ބޮންޑް އިޞްދާރު ނަންބަރ 02 ވަނީ 04 މެއި 2018 ގައި ބައިވެރިވުމަށް ވަނީ ހުޅުވާލެވިފައެވެ. އަދި މި ބޮންޑުގެ ޕްރޮސްޕެކްޓަސް މިކުންފުނީގެ ވެބްސައިޓް www.hdfc.com.mv އިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.
ދޫކުރާ ފަރާތް: |
ހައުސިންގ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން ޕލކ. |
ދޫކުރާ އަގު: |
ބޮންޑަކަށް 10,000/-ރ. (ދިހަހާސް) ރުފިޔާ |
ޕްރޮސްޕެކްޓަސް ދޫކުރި ތާރީޚް: |
04 މެއި 2018 |
ސަބްސްކްރިޕްޝަން ހުޅުވާލެވޭ ތާރީޚް: |
03 ޖޫން 2018 ވަނަ ދުވަހުގެ ހެދުނު 9:00 ފެށިގެން |
ސަބްސްކްރިޕްޝަން ބަންދުވާ ތާރީޚް: |
24 ޖޫން 2018 ވަނަ ދުވަހުގެ މެންދުރު ފަހު 2:00 އަށް |
ޖުމްލަ ދޫކުރެވޭ އަދަދު: |
100,000,000/- ރުފިޔާ (10,000 ބޮންޑު) |
މަޤްސަދު |
މޯގޭޖް ހައުސިންގ ފައިނޭންސް މަޝްރޫޢުތަކަށް ފަންޑުކުރުން |
މުއްދަތު: |
ދޫކުރަން ކަނޑަ އަޅާ ތާރީޚުން ފެށިގެން 10 (ދިހައެއް) އަހަރު |
ކޫޕަން: |
އަހަރަކު 7% (ފައިސާ އަދާކުރަންޖެހޭ ޝެޑިއުލް ޕްރޮސްޕެކްޓަސް އާއި އެއްކޮށް ހިމެނިފައި) އަހަރަކު ދެފަހަރު ބެލެންސްގައި ހުންނަ އެއްޗަކުން އުނިވަމުން ދާގޮތަށް |
ފައިސާ ދޫކުރާ ތާރީޚް: |
އެލޮޓްކުރާ ތާރީޚުން ފެށިގެން ބޮންޑު އަދާކޮށް ނިމެންދނެ ކޮންމެ ހަމަހަކުން |
އަދި މިކުންފުނިން ފާއިތުވި ތަނުގައި ނެރެފައިވާ މިފަދަ ބޮންޑުގައި ބައިވެރިވެފައިވާ ފަރާތްތަކަށް ޝުކުރު އަދާ ކުރަމެވެ.
06 މެއި 2018