ދިވެހިރާއްޖެ
ނޫސް ބަޔާން
ހައުސިންގް ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެޗް.ޑީ.އެފް.ސީ) ގެ 14 ވަނަ އަހަރީ އާޢްމު ޖަލްސާ 04 މެއި 2018 ވީ ހުކުރު ދުވަހު މެންދުރުފަހު 5:30 ގައި ހުޅުޅެ އައިލެންޑް ހޮޓެލް (އެޗް.އައި.އެޗް)ގައި ވަނީ ބާއްވާފައެވެ.
މިފަހަރުގެ އާޢްމު ޖަލްސާގައި ވޭތުވެދިޔަ 2017 ވަނަ އަހަރުގެ މާލީ ހިސާބުތައް ފާސްކުރުމުގެ އިތުރުން 2018 ވަނަ އަހަރުގެ ކުންފުނީގެ އެކްސްޓަރނަލް އޮޑިޓަރެއްގެ ގޮތުގައި ޕްރައިސްވޯޓަރހައުސް އެންޑް ކޫޕާރސް (ޕީ.ޑަބްލިޔު.ސީ) ވެސް ވަނީ އައްޔަން ކޮށްފައެވެ. އަދި ހިއްސާދާރުންނަށް ޑިވިޑެންޑްގެ ގޮތުގައި ޙިއްސާއަކަށް 22ރ. (ބާވީސް ރުފިޔާ) ބެހުމަށް ވަނީ ފާސްކުރެވިފައެވެ.
މިކުންފުނީގެ އަހަރީ ރިޕޯރޓް ކުންފުނީގެ ވެބްސައިޓް www.hdfc.com.mv އިން ލިބޭގޮތަށް ހަމަޖެހިފައިވާ ވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.
06 މެއި 2018