ދަ ސްކައުޓް އެސޯސިއޭޝަން އޮފް މޯލްޑިވްސް
ދިވެހިރާއްޖެ
ބޭސިކް ޔުނިޓ ލީޑަރސް ކޯސް

މި އެސޯސިއޭޝަންގެ ނަންބަރު SAM/GRO/2018/64 ސިޓީއާއި ހަވާލާދީ ދަންނަވަމެވެ.

ހަވާލާދީފައިވާ ސިޓީގައި ދަންނަވާފައިވާ ބޭސިކް ޔުނިޓް ލީޑަރސް ޓްރެއިނިންގ ކޯހުގައު ބައިވެރިވުމުގެ މުއްދަތު އިތުރު ކޮށްފީމެވެ.

ޖުލައި މަހުގެ 25 - 28 އަށް ބޭއްވުމަށް ހަމަޖެހިފައިވާ ބޭސިކް ޔުނިޓް ލީޑަރސް ޓްރެއިނިންގ ކޯހުގެ ބައިވެރިންނަށް ބާއްވާ ފުރަތަ ބައްދަލުވުމާއި، ކޯހަށް ރަޖިސްޓަރ ކުރުން 23 ޖުލައި 2018 ގައި އޮންނާނެއެވެ. އެހެންކަމުން، މި ބައްދަލުވުމުގައި ބައިވެރިވުމަށް ސަމާލުކަންދެއްވުން އެދެމެވެ. މި ބައްދަލުވުމުގެ ތަފްޞީލު ކޯހަށް ހޮވޭ ބައިވެރިންނާ ހިއްސާކުރެވޭނެއެވެ.

ވީމާ، މި ކޯހުގައި ބައިވެރިވެލައްވަން ބޭނުންވާ ބޭފުޅުން ކޯހުގެ އެޕްލިކޭޝަން ފޯމާއި ހެލްތު ފޯމު ފުރިހަމަކުރެއްވުމަށްފަހު އައި.ޑީ ކާޑުގެ ކޮޕީއަކާއެކު މި އެސޯސިއޭޝަންގެ އީމެއިލް [email protected] އަށް ފޮނުއްވުން އެދެމެވެ. ފޯމު ހުށަހެޅުއްވުމުގެ އެންމެ ފަހު ތާރީޚަކީ 8 މެއި 2018 ވާ އަންގާރަ ދުވަހުގެ 18:00 އެވެ. ކޯހުގެ އެޕްލިކޭޝަން ފޯމާއި ހެލްތު ފޯމު  މި އިޢުލާނާއެކު ހިމަނާފައިވާނެއެވެ.

 2 މެއި 2018

02 މޭ 2018
ހޯދާ