މާލެއަތޮޅު ހިންމަފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޖަފަނާ ސަރަޙައްދުގައި ހަޓް ހަދައިދޭނޭ ފަރާތެއް ހޯދުމަށް

              ޖަފަނާ ސަރަހައްދުގައި ހަޓްހެދުމަށް މިއިދާރާއިން ކުރެވިފައިވާ ނަންބަރު: (IUL)335-AS/335/2018/30 އިޢުލާން އާއި ގުޅިގެން ހުށަހަޅާފައިވާ އަގުތައް އެކަށީގެންވާވަރަށް ވުރެން ބޮޑުކަމަށް ފެންނާތީ އެ އިޢުލާން ބާޠިލްކޮށް އަލުން އެމަސައްކަތަށް އަލުން ފުރުޞަތު ހުޅުވާލަމެވެ.

 

              އާންމު ރައްޔިތުން ހިތްފަސޭހަ ކޮށްލުމަށް ޖަފަނާ ޕާރކް ސަރަޙައްދުގައި ހަދާފައިހުރި ބައެއް ހަޓުތައް މަރާމާތުކޮށް އަލުން ހަޓުތަކަކާއި އަށިތަކެއް ހެދުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެ.

              ވީމާ، މިމަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 10 މެއި 2018 ވާ ބުރާސްފަތި ދުވަހުގެ 10:00 އަށް މިއިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 13 މެއި 2018 ވާ އާދިއްތަ ދުވަހުގެ 12:00 އަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

              މަޢުލޫމާތު ސާފުނުކުރާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ދެވެން ނޯންނާނެ ވާހަކަ ދެންނެވީމެވެ.

03 މޭ 2018
ހޯދާ