ދިވެހިރާއްޖެ
އިޢުލާން
ރ.މާކުރަތު ބަންޑާރަ ރުއްތަކާއި، ރައްޔިތުންގެ ރުއްތައް ވަރުވާއަށް ދޫކުރުން
ރ.މާކުރަތު ބަންޑާރަ ރުއްގަޑާއި، ރައްޔިތުންގެ ރުއްގަޑު މީލާދީ 3 އަހަރު ދުވަހުގެ މުއްދަތަށް ވަރުވާއަށް ދޫކުރުމަށް ބޭނުންވެއެވެ.
މިރުއްތައް ވަރުވާއަށް ހިފުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 08 މެއި 2018 ވާ އަންގާރަދުވަހުގެ މެންދުރުފަހު، 13:00 ށް މިއިދާރާއަށް ޙާޟިރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 14 މެއި 2018 ވާ ހޯމަދުވަހުގެ 13:00 ށް މިއިދާރާއަށް ޙާޟިރުވެ ބިޑު ހުށަހެޅުއްވުން އެދެމެވެ. މައުލޫމާތު ސާފުކުރުމަށް ވަޑައިނުގަންނަވާ ފަރާތްތަކަށް ބިޑު ހުށަހެޅުމުގެ ފުރުޞަތު ދެވެން ނޯންނާނެ ވާހަކަ ދަންނަވަމެވެ. މައުލޫމާތު ސާފުކޮށް ބިޑު ހުށަހެޅޭނީ ކޮންމެ ފަރުދަކަށްވެސް އެއް ފަރާތެއްގެ ނަމުގައެވެ. އަގުހުށަހަޅަންވާނީ 2 ރުއްގަޑަށް ވަކިން ބަންދުކުރެވިފައިވާ ސިޓީ އުރައެއްގައި ހުށަހަޅުއްވާ ފަރާތުގެ ނަމާއި އެޑްރެސް ލިޔެ އަދި " ބަންޑާރަ ރުއްތައް ވަރުވާއަށް ހިފުމަށް "، " ރައްޔިތުންގެ ރުއްތައް ވަރުވާއަށް ހިފުމަށް " މިހެން ލިޔުއްވާފައެވެ.
- ރައްޔިތުންގެ ރުއްތައް ވަރުވާއަށް ހިފުމަށް ހުށަހެޅޭނެ އެންމެ ދަށް އަގަކީ އަހަރަކަށް /-500 ރުފިޔާ އެވެ.
- ބަންޑާރަ ރުއްތައް ވަރުވާއަށް ހިފުމަށް ހުށަހެޅޭނެ އެންމެ ދަށް އަގަކީ އަހަރަކަށް /-700 ރުފިޔާ އެވެ.
ހުށަހަޅުއްވައި ބިޑުގައި ތިރިގައިވާ ކަންކަން ހިމަނަންވާނެއެވެ.
- ރުއްތައް ކުއްޔަށް ހިފުމަށް ހުށަހަޅާ ވަރުވާގެ އަގު (އަހަރުދުވަހަށް).
- ރުއްތައް ދިރުވާ އާލާ ކުރުމަށް ކުރާނެ މަސައްކަތުގެ ތަފްސީލް.
- ރުއްތަކުން ލިބޭ ތަކެތި ބޭނުންކުރުމުގައި ރަށުގެ ރައްޔިތުންނަށް އިސްކަންދޭނެ މިންވަރާއި ކުރާނެ ފައިދާ.
ހުށަހަޅާ ހުށަހެޅުންތަކަށް މާކްސް ދެވޭނީ ތިރީގައިވާ ގޮތުގެ މަތިންނެވެ.
- ހުށަހަޅާ އެންމެ ބޮޑު ކުލި (އަހަރުދުވަހަށް) %75
- ރުއްތައް ދިރުވާ އާލާކުރުމަށް ހުށަހަޅާ ހުށަހެޅުން
- ރުއްތަކުން ލިބޭ ތަކެތި ބޭނުން ކުރުމުގައި ރައްޔިތުންނަށް އިސްކަންދޭ މިންވަރަށް
އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް 6580015 ނަންބަރު ފޯނާ ގުޅުއްވުން އެދެމެވެ.
ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.
17 ޝަޢުބާން 1439
03 މެއި 2018