މާޅޮސްމަޑުލު އުތުރުބުރީ މާކުރަތު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އެއާރ ކޯނުތަކެއް ހަރުކޮށްދޭނެ ފަރާތެއް ހޯދުން

 އިޢުލާން

އެއާރ ކޯނުތަކެއް ހަރުކޮށްދޭނެ ފަރާތެއް ހޯދުން

މި އިދާރާގެ ނަންބަރު : (IUL)305/305/2018/32 ( 17 އޭޕްރީލް 2018 ) އިޢުލާނާއި ގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު އަންދާސީ ހިސާބު ހުށަހެޅުމަށް ހާޒިރުވެލައްވާފައި ވަނީ އެންމެފަރާތަކުން ކަމަށްވާތީ  އެ ޢިއުލާނު ބާތިލުކޮށް އަލުން އިޢުލާނު ކުރީމެވެ.

 ތިރީގައި ދެންނެވިފައިވާ ތަންތަނުގައި އެއާރކޯނުތަކެއް ހަރުކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.

  1. ރ.މާކުރަތު ހިނަވާގެ 2 އެއާރކޯނު.
  2. ރ.މާކުރަތު ޕްރީސްކޫލު 2 އެއާރކޯނު.

ވީމާ، މިއެއާރކޯނުތައް ހަރުކޮށްދިނުމަށް ޝައުގުވެރިވާ ފަރާތްތަކުން 08 މެއި 2018 ވާ އަންގާރަދުވަހުގެ މެންދުރުފަހު 13:00 ށް މިއިދާރާއަށް ހާޟިރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 13 މޭ 2018 ވާ އާދިއްތަދުވަހު މެންދުރުފަހު 13:00 ށް މިމަސައްކަތް ކޮށްދެވޭނެ އަގާއި މުއްދަތު އެނގޭ ގޮތަށް އަންދާސީ ހިސާބު ހިއްޕަވައިގެން މިއިދާރާއަށް ވަޑައިގެން ދެއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރެއްވުމަށާއި، އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ބަދަލުގައި މީހަކު ފޮނުއްވާނަމަ، އެކަން ބަޔާން ކުރައްވާ ސިޓީ ހުށަހަޅުއްވަންވާނެއެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކަށާއި، ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު ނަންބަރު: 18/2014 ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ނުކުރައްވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަނޭޅުއްވޭނެ ކަމުގައި ދެންނެވީމެވެ.

މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

                  17 ޝައުބާން 1439

                    03 މެއި 2018  

 

03 މޭ 2018
ހޯދާ