ދިވެހިރާއްޖެ
ގާފަރު ސްކޫލް
ކ.ގާފަރު ނަމްބަރު: GS147-C/2018/10
ޔުނީފޯމް ފަހާ ފޮތި ވިއްކައިދޭނެ ފަރާތެއް ހޯދުމަށް
އަންދާސީ ހިސާބު ބޭނުންވެއްޖެ
ޔުނީފޯމް ފަހާފޮތި ވިއްކައިދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެގެން މި ސްކޫލުން ކުރެވުނު ނަންބަރު GS147-C/2018/09 އިޢުލާން އާއި ގުޅިގެން އެކަމަށް އެދި އަންދާސީ ހިސާބު ހުށަހަޅާފައިވަނީ އެންމެ ފަރާތެއް ކަމުގައިވާތީ، އެ އިޢުލާން ބާތިލުކޮށް އަލުން 2019 ވަނަ އަހަރު މި ސްކޫލުގައި މިހާރު ބޭނުންކުރަމުންދާ ޔުނީފޯމް، އާ ޔުނީފޯމަކަށް ބަދަލުކުރަން ބޭނުންވާތީ، ޔުނީފޯމް ފަހާ ފޮތި ވިއްކައިދޭނެ ފަރާތެއް ހޯދުމަށް އިޢުލާންކުރަމެވެ.
ވީމާ، މިކަމަށްޝައުޤުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚަށް ގާފަރު ސްކޫލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ދަންނަވަމެވެ.
މަޢުލޫމާތު ސާފުކުރުމަށް |
އަންދާސީހިސާބު ހުށަހެޅުމަށް |
08 މެއި 2018 ވާ އަންގާރަ ދުވަހުގެ ހެނދުނު 10:00 |
22 މެއި 2018 ވާ އަންގާރަ ދުވަހުގެ ހެނދުނު 11:00 |
މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުއްވުމުގެ ފުރުޞަތު ނޯންނާނެ ވާހަކަ ދެންނެވީމެވެ.
17 ޝައުބާން 1439