ދިވެހިރާއްޖެ
ނަމްބަރު: (IUL)321/321/2018/55
އިޢުލާން
މި އިދާރާގެ ނަމްބަރު: (IUL)321/321/2018/52(23 އެޕްރީލް 2018) އިޢުލާނުގައިވާ މަސައްކަތުގެ މަޢުލޫމާތު ސާފު ކުރުމަށް 03 ފަރާތުން ޙާޟިރުވެފައިނުވާތީ އެ އިއުލާނު ބާޠިލްކޮށް އަލުން އިޢުލާން ކުރަމެވެ.
މި އިދާރާގެ ގޯތީގެ އިރުމަތީވަށާފާރުން 26’.6” ދިގު 6’.3” އުސްމިނުގެ ތެޅިގަލުން ރާނާފައިވާބައި ތަޅާލުމަށްފަހު އަލުން ރާނާ ސިމެންތި ޖެހުމަށް ބޭނުންވެއްޖެއެވެ.
ވީމާ، މި މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދިނުމަށް ޝައުގުވެރިވާ ފަރާތްތަކުން 07 މެއި 2018 ވާ ހޯމަ ދުވަހުގެ 10:00 ށް މި އިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 10 މެއި 2018 ވާ ބުރާސްފަތި ދުވަހުގެ 10:00 ށް މި އިދާރާއަށްދުރުވެ އެސްޓިމޭޓް ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުނުކޮށް ހުށަހަޅާ އެސްޓިމޭޓްތައް ބަލައި ނުގަނެވޭނެ ވާހަކަ ދަންނަވމަވެ.
މިހެންވެ މިކަން ޢާއްމުކޮށް އަންގާ އިޢުލާނުކުރީމެވެ.
14 ޝަޢުބާން 1439
30 އެޕްރީލް 2018