ދިވެހިރާއްޖެ
ނަންބަރު:MREIC/IU/2018/0009
ވަޒީފާގެ ފުރުސަތު
މުވައްޒަފުން ބޭނުންވެއްޖެ:
މޯލްޑިވްސް ރިއަލް އެސްޓޭޓް އިންވެސްޓްމެންޓް ކޯރޕަރޭޝަންއަކީ އެމްޓީސީސީގެ ސައްތައިން ސައްތަ ހިއްސާވާ ސަބްސިޑަރީ ކުންފުންޏެކެވެ. މި ކުންފުނީގެ ތިރީގައި
މިދަންނަވާ މަޤާމްތަކަށް ހީވާގި، މަސައްކަތަށް ޝަޢުޤުވެރިކަން ހުންނަ ދިވެހި މުވައްޒަފުން ބޭނުންވެއެވެ.
މަޤާމް: ސީނިޔާރ އޮޕަރޭޝަންސް އޮފިސަރ
ޢަސާސީ މުސާރ: 7800.00 ރ.
ސަރވިސް އެލަވަންސް: 2200.00 ރ.
ބޭނުންވާ އަދަދު: 01
އެހެނިހެން އެލަވަންސް/އިނާޔަތް : ހަމަޖެހިފައިވާ އުޞޫލުގެ މަތީން އިތުރުގަޑީގެ ފާއިސާ / ރިޓަޔަމަންޓް ޕެންޝަން ސްކީމް އަދި ހަމަޖެހިފައިވާ އުޞޫލުގެ
މަތީން ކުންފުނީގެ ހެލްތް އިޝުއަރެންސް ލިބިދެވޭނެއެވެ.
މަސައްކަތް ކުރަންޖެހޭ ތަން: މޯލްޑިވްސް ރިއަލް އެސްޓޭޓް އިންވެސްޓްމެންޓް ކޯރޕަރޭޝަން.
ޝަރުތު: އެމް އެން ކިއު އެފް ލެވެލް 7 ގެ ސަނަދެއް އޮތުމާއެކު މިމަޤާމުގެ މަސްޢޫލިއްޔަތު އުފުލުމަށް ބޭނުންވާފަދަ
ދާއިރާއަކުން މަދު ވެގެން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.
މުވައްޒަފުންގެ މަސައްކަތް ސުޕަރވައިޒްކުރުމުގެ ޤާބިލުކަން ލިބިފައިވުން.
މައިކްރޯސޮފްޓް އޮފީސް ޕެކޭޖު ފަރިތަކަމާއެކު ބޭނުންކުރަން އެގުން.
މި މަޤާމުގެ މަސްޢޫލިއްޔަތު އުފުލުމަށް ބޭނުންވާފަދަ ދާއިރާއަކުން 2 އަހަރަށްވުރެ ދިގުމުއްދަތުގެ ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެ.
ވަޒީފާގައި ކުރަންޖެހޭ މަސައްކަތް: މެއިންޓަނަންސް އަދި ރިޕެއަރ މަސައްކަތްތައް ކުންފުނިން ކަނޑައަޅާ އުސޫލުތަކާއި /
ޕްރޮސީޖަރތަކާއި އެއްގޮތަށް ސުޕަވައިޒަރުގެ އިރުޝާދުގެ މަތިން ހިންގާ ބެލެހެއްޓުން،
މަސައްކަތުގެ ޝެޑިއުލް ތައްޔާރުކޮށް އާއި އެއްގޮތަށް މަސައްކަތް ކުރުވުން.
ދަށުން މަސައްކަތްކުރާ ސްޓާފުންގެ މަސައްކަތް ސްޕަރވައިޒް ކުރުން،
މަސައްކަތާއި ގުޅިގެން ކުރަންޖެހޭ އެންމެހައި ލިޔެކިޔުންތައް ފުރިހަމަކުރުން،
މުވައްޒަފުންނަށް ދިމާވާ މައްސަލަތަކަށް ހައްލުހޯދައިދިނުން،
ކުރެވޭ މަސައްކަތުގެ މަޢުލޫމާތު ސުޕަވައިޒަރަށް ފޯރުކޮށްދިނުން،
މަޤާމް: އެސިސްޓެންޓް ސައިޓް އޮފިސާރ
ޢަސާސީ މުސާރަ ރޭންޖް: 5500.00 ރ.
ސަރވިސް އެލަވަންސް: 1000.00 ރ.
ބޭނުންވާ އަދަދު: 01
އެހެނިހެން އެލަވަންސް/އިނާޔަތް : ހަމަޖެހިފައިވާ އުޞޫލުގެ މަތީން އިތުރުގަޑީގެ ފާއިސާ / ރިޓަޔަމަންޓް ޕެންޝަން ސްކީމް އަދިހަމަޖެހިފައިވާއުޞޫލުގެ މަތީން
ކުންފުނީގެ ހެލްތް އިޝުއަރެންސް ލިބިދެވޭނެއެވެ.
މަސައްކަތް ކުރަންޖެހޭ ތަން: މޯލްޑިވްސް ރިއަލް އެސްޓޭޓް އިންވެސްޓްމެންޓް ކޯރޕަރޭޝަން
ޝަރުތު: އެމް އެން ކިއު އެފް ލެވެލް 2 ގެ ސަނަދެއް އޮތުމާއެކު މިމަޤާމުގެ މަސްޢޫލިއްޔަތު އުފުލުމަށް ބޭނުންވާފަދަ
ދާއިރާއަކުން މަދު ވެގެން 1 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.
ދިވެހި/ އިގިރޭސި ބަހުން ފުރިހަމައަށް މުއާމަލާތުކުރުމުގެ ހުނަރު ލިބިފައިވުން.
މައިކްރޯސޮފްޓް އޮފީސް ޕެކޭޖް ބޭނުންކުރަން އިނގޭ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.
ވަޒީފާގައި ކުރަންޖެހޭ މަސައްކަތް : ސައިޓްގައި ދުވަހުން ދުވަހަށް ކުރަން ޖެހޭ މަސައްކަތްތައް ރާވައި ބަރާބަރަށް ކުރުން.
ޕްރޮޖެކްޓް ސައިޓްގައި ކުރާ މަސައްކަތްތައް ސުޕަވައިޒަރުގެ ލަފާގެމަތިން ކުރުން.
މަސައްކަތް ފެށުމުގެ ކުރިން މަސައްކަތަށް ތައްޔާރުކުރުމުގެ ގޮތުން، ބޭނުންވާ ތަކެތި ހަމައަށް
ހުރިތޯ ބަލާ ޗެކްކުރުމަށްފަހު ސުޕަވައިޒަރަށް އަންގާ، ތަކެތި ހަމަކުރުން.
ޕްރޮޖެކްޓް ސައިޓްގައި ބޭނުންކުރާ އިކްއިޕްމަންޓާއި މެޝިންތައް ފަރުވާތެރިކަމާއިއެކު ރަނގަޅަށް ބެލެހެއްޓުން
ސައިޓުގެ އެންމެހައި އިދާރީ މަސައްކަތްކުރުމާއި، މިކަންކަމުގެ ލިޔެކިޔުން ބެލެހެއްޓުމާއި، ރިޕޯޓް ތައްޔާރުކުރުން.
މަޤާމް: ސްޓޯ ކީޕަރ
ޢަސާސީ މުސާރަ ރޭންޖް: 5500.00 ރ.
ސަރވިސް އެލަވަންސް: 1000.00 ރ.
ބޭނުންވާ އަދަދު: 01
އެހެނިހެން އެލަވަންސް/އިނާޔަތް : ހަމަޖެހިފައިވާ އުޞޫލުގެ މަތީން އިތުރުގަޑީގެ ފާއިސާ / ރިޓަޔަމަންޓް ޕެންޝަން ސްކީމް އަދިހަމަޖެހިފައިވާއުޞޫލުގެ މަތީން
ކުންފުނީގެ ހެލްތް އިޝުއަރެންސް ލިބިދެވޭނެއެވެ.
މަސައްކަތް ކުރަންޖެހޭ ތަން: މޯލްޑިވްސް ރިއަލް އެސްޓޭޓް އިންވެސްޓްމެންޓް ކޯރޕަރޭޝަން
ޝަރުތު: ޖީސީއީ އޯ ލެވެލް ނުވަތަ މިމަޤާމުގެ މަސްޢޫލިއްޔަތު އުފުލުމަށް ބޭނުންވާފަދަ ދާއިރާއަކުން 2-3 އަހަރު
ދުވަހުގެ ތަޖުރިބާ ލިބިފައިވުން.
މައިކްރޯސޮފްޓް އޮފީސް ޕެކޭޖް ބޭނުންކުރަން އިނގޭ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.
މި މަޤާމުގެ މަސްޢޫލިއްޔަތު އުފުލުމަށް ބޭނުންވާފަދަ ދާއިރާއިން ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެ.
ވަޒީފާގައި ކުރަންޖެހޭ މަސައްކަތް: ޑިޕާޓްމންޓުގެ ސްޓޯ ކީޕިންގ ގެ މަސައްކަތް ބަލަހައްޓައި ރާވާ ހިންގުން.
އިންވެންޓްރީ ބަލަހައްޓައި އޯޑަރު ތައްޔާރުކުރުން.
ތަކެތި ދޫކުރުމާއި މިކަމުގައި އެންމެހައި ލިޔެކިޔުންތައް ބެލެހެއްޓުން.
މަޤާމް: ޕްރޮޖެކްޓް މެނޭޖަރ
ބޭނުންވާ އަދަދު: 01
ޢަސާސީ މުސާރަ ރޭންޖް: 11000.00ރ.
ސަރވިސް އެލަވަންސް: 2500.00ރ.
އެހެނިހެން އެލަވަންސް/އިނާޔަތް : ހަމަޖެހިފައިވާ އުޞޫލުގެ މަތީން އިތުރުގަޑީގެ ފާއިސާ / ރިޓަޔަމަންޓް ޕެންޝަން ސްކީމް އަދި ހަމަޖެހިފައިވާ އުޞޫލުގެ މަތީން
ކުންފުނީގެ ހެލްތް އިޝުއަރެންސް ލިބިދެވޭނެއެވެ.
މަސައްކަތް ކުރަންޖެހޭ ތަން: މޯލްޑިވްސް ރިއަލް އެސްޓޭޓް އިންވެސްޓްމެންޓް ކޯރޕަރޭޝަން /އެމްޓީސީސީ ސޯމިލް
ޝަރުތު ޕްރޮޖެކްޓް މެނޭޖްމަންޓް ނުވަތަ ސިވިލް އިންޖީނިއަރިންގ ބެޗްލަރސް ޑިގްރީ ހާޞިލްކޮށްފައިވުން
މަތީގައި ދެންނެވިފައިވާ ސަނަދު އޮތުމާއެކު މި މަޤާމުގެ މަސްޢޫލިއްޔަތު އުފުލުމަށް ބޭނުންވާ ފަދަ ދާއިރާއަކުން 2-5 އަހަރު
މަސައްކަތްކޮށް ތަޖުރިބާ ލިބިފައިވުން.
އިގިރޭސި ބަހުން ފުރިހަމައަށް މުއާމަލާތުކުރުމުގެ ހުނަރު ލިބިފައިވުން.
މައިކްރޮސޮފްޓް އޮފީސް ޕެކޭޖްތަކަށް ފަރިތަވުން.
މަސައްކަތް ކޯރޑިނޭޓް ކުރުމާއި ޓީމެއްގައި މަސައްކަތް ކުރުމުގެ ހުނަރު ލިބިފައިވުން.
މަސައްކަތަށް ޝައުޤުވެރިކަން ހުރުމާއެކު ހީވާގި ކަމާއެކު މަސައްކަތްކުރާ ޞިއްޙަތު ރަގަޅު މީހަކު ކަމުގައިވުން.
ވަޒީފާގައި ކުރަންޖެހޭ މަސައްކަތް : ކުންފުނީގެ ދަށުން ބަލަހައްޓާ އެންމެހައި ޕްރޮޖެކްޓްތައް ރާވައި ހިންގުން.
މަޤާމް: މެއިންޓަނަންސް އޮފިސަރ
ޢަސާސީ މުސާރަ ރޭންޖް: 6600.00ރ.
ސަރވިސް އެލަވަންސް: 1500.00ރ.
ބޭނުންވާ އަދަދު: 01
އެހެނިހެން އެލަވަންސް/އިނާޔަތް : ހަމަޖެހިފައިވާ އުޞޫލުގެ މަތީން އިތުރުގަޑީގެ ފާއިސާ / ރިޓަޔަމަންޓް ޕެންޝަން ސްކީމް އަދި ހަމަޖެހިފައިވާ އުޞޫލުގެ މަތީން ކުންފުނީގެ ހެލްތް އިޝުއަރެންސް ލިބިދެވޭނެއެވެ.
މަސައްކަތް ކުރަންޖެހޭ ތަން: މޯލްޑިވްސް ރިއަލް އެސްޓޭޓް އިންވެސްޓްމެންޓް ކޯރޕަރޭޝަން / އެމްޓީސީސީ ސޯމިލް
ޝަރުތު: ގްރޭޑް 10 ގެ ފެންވަރު ނުވަތަ މިމަޤާމުގެ މަސްޢޫލިއްޔަތު އުފުލުމަށް ބޭނުންވާފަދަ ދާއިރާއަކުން 03 މަސްދުވަހަށްވުރެ ކުރު
ނޫން މުއްދަތެއްގެ ކޯހެއް ފުރިހަމަކޮށްފައިވުން،
މިމަޤާމުގެ މަސްޢޫލިއްޔަތު އުފުލުމަށް ބޭނުންވާފަދަ ދާއިރާއަކުން މަދުވެގެން 02 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން
މައިކްރޯސޮފްޓް އޮފީސް ޕެކޭޖް ބޭނުންކުރަން އިނގޭ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.
ޓެކްނިކަލް އަދި ސްކިލްޑް މުވައްޒަފުންގެ މަސައްކަތް ސުޕަރވައިޒްކުރުމުގެ ޤާބިލުކަން ލިބިފައިވުން.
މަސައްކަތް ކޯރޑިނޭޓް ކުރުމުމާއި ޓީމެއްގައި މަސައްކަތް ކުރުމުގެ ހުނަރު ލިބިފައިވުން.
މަސައްކަތަށް ޝައުޤުވެރިކަން ހުރުމާއެކު ހީވާގި ކަމާއެކު މަސައްކަތްކުރާ ޞިއްޙަތު ރަގަޅު މީހަކު ކަމުގައިވުން
- މިމަގާމްތަކަށް ބޭނުންވަނީ މަސައްކަތް ކޯރޑިނޭޓް ކުރުމާއިއެކު ޓީމެއްގައި މަސައްކަތް ކުރުމުގެ ހުނަރު ލިބިފައިވާ ފަރާތްތަކަށާއި އަދި މަސައްކަތަށް
ޝައުޤުވެރިކަން ހުރުމާއެކު ހީވާގި ކަމާއެކު މަސައްކަތްކުރެވޭ ޞިއްޙަތު ރަގަޅު ފަރާތްތަކަށެވެ.
ވީމާ، މިމަޤާމުތަކަށް އެދިވަޑައިގަންނަވާ ފަރާތްތަކުން 15 މެއި 2018 ވަނަ ދުވަހުގެ 14:00 ގެ ކުރިން މޯލްޑިވްސް ރިއަލް އެސްޓޭޓް
އިންވެސްޓްމެންޓް ކޯޕަރޭޝަންގެ "ޖޮބް އެޕްލިކޭޝަން ފޯރމް" ފުރިހަމަކުރެއްވުމަށްފަހު، ފޯރމާއިއެކު ލިބިވަޑައިގެންފައިވާ ސެޓްފިކެޓްތަކުގެ އަސްލާއި އެއްގޮތް ކޮޕީ،
ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ އަދި ޕާސްޕޯރޓް ސައިޒްގެ ފޮޓޯއެއް ހުށެހެޅުއްވުން އެދެމެވެ.މި މިތަކެތި ފެކްސް އަދި އީމެއިލް އިންވެސް
ގަބޫލު ކުރެވޭނެއެވެ. މި ފޯރމް ކުންފުނީގެ ހިއުމަން ރިސޯރސަސް އެންޑް އެޑްމިނިސްޓްރޭޝަން ސެކްޝަނުން (ހ.ސޯމިލް / ފުރަތަމަ ފަންގިފިލާ ) ލިބެން ހުންނާނެއެވެ.
ފެކްސް ނަމްބަރ: 3001422
އީމެއިލް: [email protected]
ނޯޓް:ލިބިފައިވާ ތަޢުލީމީ ސަނަދުތަކުގެ ކޮޕީ (އަސްލާ އެއްގޮތްކަން އަންގައިދޭ ތައްގަނޑު ޖަހާފައިނުވާ ސެޓުފިކެޓުހުށައަޅާފައިވާނަމަ، އިންޓަވިއުއަށް ހާޒިރުވާންވާނީ
ސެޓުފިކެޓުތަކުގެ އަސްލާ އެކުގައެވެ.)މި މަޤާމަށް މުވައްޒަފުން ހޮވާނީ ތަޢުލީމީ ސެޓުފިކެޓުތަކާއި މަސައްކަތު ތަޖުރިބާ އަދި އިންޓަވިއުއަށް ބަލައި އެންމެ މަތިން
މާކްސް ލިބޭ ފަރާތްތަކަށެވެ.އިންޓަވިއު އަށް ކިޔޭނީ ހަމައެކަނި ޝޯޓްލިސްޓު ކުރެވޭ ފަރާތްތަކަށެވެ.ވަޒީފާ ހަމަޖެއްސުމުގައި ކުށުގެ ރިކޯޑަށް ބަލާނެއެވެ.
16 ޝަޢްބާން 1439
02 މެއި 2018