ދިވެހިރާއްޖެ
އިޢުލާން
ނަމްބަރު: GMIZL/PROC-TA/2018/007
މި ކުންފުނީގެ މުވައްޒަފުން މާލެ އާއި ކ.ތިލަފުށްޓާއި ދެމެދު ދަތުރުކުރުމަށްޓަކައި ފެރީގެ ޚިދުމަތް ފޯރުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުން ވެގެން ހުޅުވާލި ފުރުޞަތު (TCL/PROC-TA/2018/020) ގައި އެކަށީގެންވާ ޕްރޮޕޯސަލެއް ލިބިފައި ނުވާތީވެ އެ އިޢުލާން ބާޠިލްކޮށް އަލުން މިމަސައްކަތަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު އަރުވަމެވެ.
ތަފްޞީލް |
ތަން |
ދުވަސް |
ތާރީޚް |
ގަޑި |
ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓަރވުން |
ޖީ.އެމް.އައި.ޒެޑް.އެލް ހެޑް އޮފީސް ފެން ބިލްޑިންގް/ 4ވަނަ ފަންގިފިލާ |
- |
02 މެއި 2018 އިން 06 މެއި 2018 އަށް |
09:00 އިން 15:00 އަށް |
ޕްރީ ބިޑް މީޓިންގ އަދި މަޢުލޫމާތު ކަރުދާސް ދޫކުރުން |
ހޯމަ |
07 މެއި 2018 |
14:00 ގައި |
|
ބިޑް ހުށައެޅުން އަދި ބިޑް ހުޅުވުން |
އާދީއްތަ |
13 މެއި 2018 |
10:30 ގައި |
އަންދާސީ ހިސާބު ހުށަހެޅުއްވުމާއި ގުޅޭ:
- ބީލަން ހުށަހަޅުއްވަން ވަޑައިގަންނަވާ ކޮންމެ ފަރާތަކަށްވެސް ހުށަހެޅޭނީ އެންމެ ބީލަމެކެވެ.
- ބީލަން ބާޠިލްވާ މުއްދަތު މަދުވެގެން 90 (ނުވަދިހަ) ދުވަހަށް ވާންވާނެއެވެ.
- މަޢުލޫމާތު ފުރިހަމަ ނޫން ބީލަންތައް ބާޠިލް ކުރުމުގެ ފުރިހަމަ އިޚްތިޔާރު މިކުންފުންޏަށް ލިބިގެންވެއެވެ.
- ބީލަން ހުށަހަޅަން ވާނީ ދީފައިވާ މަޢުލޫމާތާއި އެއްގޮތަށެވެ.
ބީލަން ހުށަހެޅޭނީ ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓަރ ވެފައިވާ ފަރާތްތަކަށެވެ. ބީލަން ހުށަހަޅުއްވާނީ ބަންދުކުރެވިފައިވާ ސިޓީއުރައިގައެވެ. ބީލަން ހުޅުވުމުގެ ބައްދަލުވުން އޮންނާނީ މި ކުންފުނީގެ ހެޑް އޮފީހުގައި ބީލަން ހުޅުވުމުގެ ބައްދަލުވުމުގައި ބައިވެރިވެލައްވަން ބޭނުންވެލައްވާ ފަރާތްތަކާއި އެކުއެވެ.
މި ބީލަމަށް މާކްސް ދެވޭނެ މިންގަނޑު މަޢުލޫމާތު ކަރުދާހުގައި ހިމެނިފައިވާނެއެވެ. އަދި އިތުރު މަޢުލޫމާތެއް ސާފުކުރައްވަން ބޭނުންވެލައްވާ ފަރާތްތަކުން ޕްރޮކިއުމަންޓް ޑިޕާރޓްމަންޓަށް ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.
02 މެއި 2018
16 ޝަޢުބާން 1439
ފެން ބިލްޑިންގް/ 4ވަނަ ފަންގިފިލި Fen Building/ 4th floor
އަމީނީމަގު، މާލެ، ދިވެހިރާއްޖެ Ameenee Magu, Male’, Republic of Maldives
ފޯން: 3307513،3307515 ފެކްސް: 3307514 Tel: 3307513, 3307515 Fax: 3307514