ހއ ދިއްދޫ ކައުންސިލް އިދާރާގެ މުނިސިޕަލްޓީ އެންޑް ޕަބްލިކް ވާކްސްގެ ލޭބަރަރ (ޓްރޭނީ) ގެ މަޤާމަށް 5 މުވައްޒަފުން ބޭނުންވެގެން މި ކައުންސިލުން ކޮށްފައިވާ ނަންބަރު (IUL)251-MS/251/2018/16 (24 ފެބްރުވަރީ 2018) އިޢުލާނާ ގުޅިގެން ވަޒީފާއަށް ކުރިމަތިލައްވާފައިވާ ފަރާތްތަކުގެ ޢަދަދު މަދުކަމަށް ފެންނާތީ، އެ މަޤާމަށް އަލުން ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފީމެވެ.
މަޤާމް:
|
ލޭބަރަރ (ޓްރޭނީ)
|
ބޭނުންވާ ޢަދަދު:
|
5 (ފަހެއް)
|
ރޭންކް:
|
ސަޕޯޓް ސަރވިސް 1
|
ކްލެސިފިކޭޝަން:
|
އެސްއެސް 1
|
މުސާރައާއި އެލަވަންސްތައް
|
އަސާސީ މުސާރަ: މަހަކު -/2500 ރުފިޔާ
އެލަވަންސް: މަސައްކަތަށް ނުކުންނަ ކޮންމެ ދުވަހަކަށް ޙާޟިރީ އެލަވަންސްގެ ގޮތުގައި -/40 ރުފިޔާއާއި، ކޮއްތު އެލަވަންސްގެ ގޮތުގައި -/50 ރުފިޔާއާއި، ރިސްކް އެލަވަންސްގެ ގޮތުގައި -/100 ރުފިޔާ
|
މަޤާމުގެ ޝަރުތުތައް
|
- އަސާސީ ތަޢުލީމުގެ ފެންވަރަށް ލިޔަންކިޔަން އެނގުން؛ އަދި
- މަޤާމުގެ މަސްއޫލިއްޔަތު އަދާކުރެވޭ ވަރުގެ ޖިސްމާނީ ޤާބިލްކަން ހުރުން؛
- ނުވަތަ މި ރޭންކްގެ މި ބާވަތުގެ މަޤާމެއްގައި އެންމެ މަދުވެގެން 3 އަހަރުގެ ތަޖުރިބާ ހުރުން.
|
މަޤާމުގެ މައިގަނޑު މަސްޢޫލިއްޔަތުތައް
|
- ދިއްދޫގެ މަގުތަކާއި، ރަށުގެ އިޖްތިމާޢީ އަދި އިޤްތިޞާދީ ސަރަހައްދުތަކާއި، ރަށު ކައުންސިލްގެ ބެލުމުގެ ދަށުގައިވާ ޢިމާރާތްތައް ކުނިކަހައި ސާފުތާހިރުކުރުން.
- ދިއްދޫ ފެހިކުރުމާއި، ޒީނަތްތެރިކުރުމުގެ ގޮތުން، ގަސް އިންދުމާއި، ބަގީޗާ ހެއްދުން.
- ދިއްދޫގެ މަގުތަކާއި، ރަށުގެ އިޖްތިމާޢީ އަދި އިޤްތިޞާދީ ސަރަހައްދުތަކާއި، ރަށު ކައުންސިލްގެ ބެލުމުގެ ދަށުގައިވާ ޢިމާރާތްތައް ރޭގަނޑު ގަވައިދުން ދިއްލުން.
- ދިއްދޫގެ މަގުތަކާއި، ރަށުގެ އިޖްތިމާޢީ އަދި އިޤްތިޞާދީ ސަރަހައްދުތަކާއި، ރަށު ކައުންސިލްގެ ބެލުމުގެ ދަށުގައިވާ ޢިމާރާތްތައް މަރާމާތު ކުރުމާއި އާބާތުރަ ފިލުވުން.
- ދިއްދޫގައި އުފެދޭ ކުނި ނައްތާލުމާއި، ރީސައިކަލްކުރުމާއި، ކުނިކޮށި ބެލެހެއްޓުން.
- އިންސާނުންގެ ޞިއްޙަތަށް ނުރައްކާތެރި އަދި ގެއްލުންދޭ ދިރޭ ތަކެތި އާލާވުން މަދުކުރުމާއި، ރަށް ފޮގްކުރުމާއި، ޕެސްޓް ކޮންޓްރޯލްކުރުމުގެ މަސައްކަތްކުރުން.
- ރަށް ގިރުމުގެ މައްސަލަ ހައްލުކުރުމަށާއި، ރަށް ގިރުން ހުއްޓުވުމަށްޓަކައި ރަށު ފެންވަރުގައި ކުރުމަށް އަންގާ މަސައްކަތްތައް ކުރުން.
- ރަށަށް ނުވަތަ ރައްޔިތަކަށް ނުވަތަ ރައްޔިތުންގެ ތެރެއިން ބަޔަކަށް ނުވަތަ އެ ފަރާތްތަކުގެ ބެލުމުގެ ދަށުގައިވާ ތަނަކަށް ގެއްލުމެއް ދިމާވެގެން ކުއްލި ނުރައްކަލުގެ ޙާލަތެއް ދިމާވެއްޖެ ހިނދެއްގައި، ކުރުމަށް އަންގާ އެންމެހާ ކަންކަން ކުރުން.
- ދިއްދޫ ކައުންސިލް އިދާރާގެ ސެކިއުރިޓީ ބެލެހެއްޓުން.
- ކައުންސިލުން އަންގާ މި ނޫން ކޮންމެ ކަމެއް، އަންގާ ގޮތެއްގެ މަތިން ކުރުން.
|
މަތީގައިވާ މަޤާމްތަކަށް މީހުން ހޮވުމުގައި ބަލާނެ ކަންކަމާއި، ވަޒީފާއަށް އެދޭ ފަރާތްތަކުން ހުށަހަޅަން ޖެހޭ ލިޔެކިޔުންތަކާއި، މި އިޢުލާނުގެ ސުންގަޑިއާއި، އިތުރު މަޢުލޫމާތު ތިރީގައި އެވަނީއެވެ.
ބަލާނޭ ކަންކަން
|
- މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ހުނަރާއި ޤާބިލްކަން އަދި އެފަދަ މަސައްކަތެއް ކުރެވޭ ފަދަ ޞިއްޙަތެއް ހުރުން.
|
ހުށަހަޅަންޖެހޭ ލިޔުންތައް
|
- ފުރިހަމަކޮށްފައިވާ "ދިއްދޫ މުނިސިޕަލްޓީ އެންޑް ޕަބްލިކް ވަރކްސްގެ ވަޒީފާއަށް އެދޭ ފޯމް (B-2)"
- ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (ރާއްޖެއިން ބޭރުގެ ތަޢުލީމީ އިންސްޓިޓިއުޓަކުން ނުވަތަ ރާއްޖޭގެ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ އިންސްޓިޓިއުޝަނެއްގެ ކޯހެއް ނަމަ، މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބައްލަވާފައިވާ ސެޓްފިކެޓްގެ ކޮޕީ ނުވަތަ ކޯސް ފުރިހަމަކުރި ކަމުގެ ލިޔުމާއެކު، ކޯހުން ލިބޭ ސެޓްފިކެޓް ވަކި ފެންވަރެއްގައި އެކްރެޑިޓްކުރެވޭނެ ކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ
- މުއްދަތު ހަމަނުވާ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
- ކުރިން ވަޒީފާއެއްގައި އުޅެފައިވާނަމަ އެ ތަނެއްގައި ވަޒީފާ އަދާކުރި މުއްދަތާއި މަޤާމުގެ މަސްއޫލިއްޔަތުތައް، އަދި ވަޒީފާ އަދާކޮށްފައިވާ ގޮތް އެނގޭނޭ ފަދަ ރަސްމީ ލިޔުމެއް.
|
ސުންގަޑި
|
- މި މަޤާމުތަކަށް ޝައުޤުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން މަތީގައިވާ ލިޔުންތަކާއެކު 3 މެއި 2018 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން މި ކައުންސިލަށް ހުށަހެޅުއްވުން އެދެމެވެ.
|
އިތުރު މަޢުލޫމާތު
|
- ވަޒީފާއަށް އެދޭ ފޯމު ބަންދު ނޫން ކޮންމެ ދުވަހަކު ހެނދުނު 08:00 އިން 14:00 މި ކައުންސިލްގެ އިދާރާއިން ލިބެން ހުންނާނެއެވެ.
- މި ވަޒީފާތަކަށް އެދި ހުށަހަޅާ ޝަރުތު ހަމަވާ ފަރާތްތަކުގެ ޢަދަދު 10 ވުރެ ގިނަ ނަމަ އިންޓަވިއު ކުރެވޭނީ ޝޯޓްލިސްޓް ކުރެވޭ 10 ފަރާތަކާ އެވެ.
- އިތުރު މަޢުލޫމާތު މި މިކައުންސިލް އިދާރާގެ ފޯނު ނަންބަރު: 6500019 އިން ލިބިވަޑައިގަންނަވާނެއެވެ.
- މި މަޤާމްތަކަށް ހޮވޭ ފަރާތްތައް ހަމަޖެހިފައިވާ އުސޫލުން ސަރުކާރުގެ ޕެންޝަން ސްކީމުގައި ބައިވެރިކޮށްދެވޭނެއެވެ.
|
އަދި ދަންނަވަމެވެ. މި މަޤާމަށް މީހުން ހޯދުމަށް މި ކައުންސިލުން 24 ފެބްރުވަރީ 2018 ގައި ކުރި އިޢުލާނާ ގުޅިގެން، ފޯމް ހުށަހެޅުއްވި ފަރާތްތަކުން އަލުން މި ވަޒީފާއަށް ފޯމް ހުށަހަޅުއްވާކަމަށް ޖެހިވަޑައެއް ނުގަންނަވާނެއެވެ.
ވީމާ، މިކަން ޢާންމުކޮށް އަންގާ އިޢުލާންކުރީމެވެ.
|