އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އޭޖެންސީ
ދިވެހިރާއްޖެ
Assistant Director

                         އިޢުލާން

                                               ނަންބަރު:

IUL)203-FINHUM/1/2018/11) 

 

 

 

 

ތިރީގައި  މިދަންނަވާ މަޤާމަށް މީހަކު ބޭނުންވެއްޖެ.

މަޤާމު

އެސިސްޓެންޓް ޑިރެކްޓަރ

 

މަޤާމުގެ ނަންބަރު

J-271326

 

ބޭނުންވާ އަދަދު

1 (އެކެއް)

 

މަޤާމުގެ ގިންތި

 ދާއިމީ

 

މަޤާމުގެ ރޭންކް

އެމް. އެސް 3

 

މަޤާމުގެ ކްލެސިފިކޭޝްން

އެސިސްޓެންޓް ޑިރެކްޓަރ

 

ސެކްޝަން

އެޑްމިނިސްޓްރޭޓިވް ސެކްޝަން

 

މަޤާމް އޮތް އޮފީސް

އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން  އެޖެންސީ

 

ވަޒިފާ އަދާކުރަންޖެހޭ ތަން

އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އެޖެންސީ / މާލެ

 

މުސާރަ

7035 (ހަތްހާސް ތިރީސް ފަހެއް) ރުފިޔާ

 

ސަރވިސް އެލަވަންސް

2000 (ދެހާސް) ރުފިޔާ

 

ސަޕޯޓިންގ ކޯ އެލަވަންސް 2

900 (ނުވަސަތޭކަ) ރުފިޔާ

 

ސްޕެޝަލް ޑިއުޓީ އެލަވަންސް

އަސާސީ މުސާރައިގެ %35 (މަހަކު)

 

އިތުރު އިނާޔަތްތައް

  1. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.

 

މަޤާމުގެ މަސްއޫލިޔަތުތަކާއި ވާޖިބުތައް

1.

އޮފީހަށް ހޯދޭ ހަރުމުދަލުގެ އިންވެންޓްރީ މަސައްކަތް ކުރަމުންދާގޮތް ބެލެހެއްޓުން.

2.

އޮފީހަށްބޭނުންވާ ތަކެތި ހޯދުމުގެ މަސައްކަތް ކުރުވުމާއި މާލިއްޔަތު ގަވަޢިދާ އެއްގޮތަށް ދޭތޯ ބެލުން.

3.

ރާއްޖެތެރެއަށް އަދި ރާއްޖެއިން ބޭރުން އޮފީހުގެ މުވައްޒަފުން ކުރަންޖެހޭ ދަތުރުތައް ރާވާ ހިންގުން އަދި އެމަސައްކަތް ކުރިއަށް ދޭތޯ ބެލުން.

4.

އޮފީސް މަރާމާތު ކުރުމުގެ ގޮތުން ހަދަންޖެހޭ އެގްރިމެންޓްތަށް ހެދުމުގެ މަސައްކަތްތައް ބެލެހެއްޓުން.

5.

އޮފީހުގެ ވެބްސައިޓް އަދި ޕޯޓަލް ބެހެއްޓުމާއި، އަޕްގްރޭޑް ކުރުމުގެ މަސައްކަތް ބެލެހެއްޓުން.

6.

އެޑްމިނިސްޓްރޭޓިވް ސެކްޝަންގެ މުވައްޒަފުންގެ މަސައްކަތްތައް ހިނގާ ނުހިނގާ ގޮތް ބެލުން.

7.

އޮފީހުގެ ސަރވަރ ނެޓްވޯކް އަދި އިންޓަރނެޓް ބެލެހެއްޓުމާއި، ދިމާވާ މައްސަލަތައް ހައްލުކުރުމުގެ މަސައްކަތް ކުރުވުން.

8.

އޮފީހަށް ބޭނުންވާ އީމެއިލް އަދި ހުރިހާ ޕީސީތައް ބެލެހެއްޓުމާއި ދިމާވާ މައްސަލަތައް ހައްލުކުރުމުގެ މަސައްކަތްތައް ބެލެހެއްޓުން.

9.

އޮފީސްމެނޭޖްމެންޓް ޔުނިޓާއި، ޑޭޓަރމެނޭޖްމެންޓް ޔުނިޓްގެ އެންމެހައިމަސައްކަތްތައް ރާވައި ހިންގައި ބެލެހެއްޓުން.

10.

އޮފީހަށް ބޭނުންވާ ޑާޓާބޭސްތައް ހެދުމާއި، މެއިންޓެއިން ކުރުމުގެ މަސައްކަތް ހިނގާ ނުހިނގާ ގޮތް ބެލުން.

11.

ސެކްޝަންގެ މަސައްކަތް އެކަށީގެންވާ ރަނގަޅުފެންވަރެއްގައި ހިންގުމަށް ހަމަޖައްސަންޖެހޭ އިންތިޒާމްތައް ރާވައި ހަމަޖެއްސުން.

 

 

މަޤާމުގެ ޝަރުޠު

1-      އެޑްމިނިސްޓްރޭޝަން ނުވަތަ އިންފޮމޭޝަން ޓެކްނޮލޮޖީ އިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ނުވަތަ 6ގެ ސަނަދެއް ހާސިލްކޮށްފައި ވުމާއެކު، މަގާމުގެ މަސައްކަތުގެ ދާއިރާއެއްގައި މަދުވެގެން 4 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

       ނުވަތަ

2.އެޑްމިނިސްޓްރޭޝަން ނުވަތަ އިންފޮމޭޝަން ޓެކްނޮލޮޖީ އިން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ހާސިލްކޮށްފައި ވުމާއެކު، އެޑްމިނިސްޓްރޭޝަން ނުވަތަ އިންފޮމޭޝަން ޓެކްނޮލޮޖީ ދާއިރާއެއްގައި މަދުވެގެން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

 

ނުވަތަ 

3. އެޑްމިނިސްޓްރޭޝަން ނުވަތަ އިންފޮމޭޝަން ޓެކްނޮލޮޖީ އިން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ  އޮނިގަނޑުގެ ލެވެލް 9 އިން ފެށިގެން މަތީގެ ސަނަދެއް ހާސިލްކޮށްފައިވުން.

 

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް

 

  1. އެޑްމިނިސްޓްރޭޝަން ނުވަތަ އިންފޮމޭޝަން ޓެކްނޮލޮޖީ ދާއިރާއެއްގައި މަސައްކަތްކޮށްފައިވާ ފަރާތެއްކަމުގައިވުން.
  2. ލިބިފައިވާ މަސައްކަތުގެ ހުނަރު (އިންޓަވިއު)

 

 

ހުށަހަޅަންޖެހޭ ލިޔުންތައް

1- ފުރިހަމަ ކުރައްވާފައިވާ ވަޒީފާއަށްއެދޭ ފޯމު.

2- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު. (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭ ގޮތަށް)

3- ވަޒީފާ އަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއެއް.

4- ސިވިލް ސަރވިސް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.

5- ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ.

(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބައްލަވާފައިވާ ތައުލީމީ ސެޓްފިކެޓުތަކުގެ ކޮޕީ. (ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތައުލީމު ދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމް ތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓްފިކެޓްތަކާއި، ރާއްޖެއިން ބޭރުގެ މަތީ ތައުލީމްދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމް ތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓްފިކެޓްތައް ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓްފިކެޓް ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެ ކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)

 (ށ) ރާއްޖޭގައި ރަޖިސްޓްރީ ކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ކުރިއަށް ގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓްފިކެޓްތަކުގެ ކޮޕީ  ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

 (ނ) ސިވިލް ސަރވިސް ޓްރެއިނިންގ އިންސްޓިޓިއުޓުން ހިންގަވާ ކޯސްތަކުގެ ސެޓްފިކެޓްތަކުގެ ކޮޕީ.

6- ފުރިހަމަކޮށްފައިވާ ކުރުމުއްދަތުގެ ކޯސްތަކާއި ތަމްރީންތަކުގެ ސެޓްފިކެޓްތަކުގެ ކޮޕީ.

7- ސިވިލްސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިހާނުން ފާސްވިކަން އަންގައިދިނުމުގެ ގޮތުން ސިވިލްސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ދޫކޮށްފައިވާ ސެޓްފިކެޓްގެ ކޮޕީ.

8- މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ.

(ހ) ސިވިލްސަރވިސް އިން ބޭރު ވަޒީފާއެއް އަދާކޮށްފައިވާނަމަ، އެ ވަޒީފާއެއް އަދާކުރި މުއްދަތާއި ކުރި މަސައްކަތް ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ) އަމިއްލަ ކުންފުންޏެއްގެ ނުވަތަ އަމިއްލަ އިންސްޓިޓިއުޓެއްގެ ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކުރި މުއްދަތާއި ކުރި މަސައްކަތް އަދި މަސައްކަތް ކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

 

މަޤާމަށް އެދެންވީގޮތާއި ސުންގަޑި

 

ވަޒީފާ އަށް އެދޭފޯމް އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އެޖެންސީގެ ކައުންޓަރުން ލިބެން ހުންނާނެ އެވެ. އަދި މި އޭޖެންސީގެ www.epa.gov.mv ގެ ވެބްސައިޓުން މި ފޯމު ޑައުންލޯޑްވެސް ކުރެވޭނެއެވެ. މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 2018 މެއި 09 ވާ ބުދަ ދުވަހުގެ 12.00ގެ ކުރިން، އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އެޖެންސީ އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް މެދުވެރިކޮށްވެސް އަދި ފެކްސް މެދުވެރިކޮށްވެސް ބަލައި ގަނެވޭއެވެ. އީ-މެއިލް އެޑްރެހަކީ[email protected]   އެވެ. ފެކްސް ނަންބަރަކީ، 3335953 އެވެ. އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ހުރިހާ ލިޔުންތައް ހުށަހަޅާފައި ނުވާނަމަ އެޕްލިކޭޝަން ބާޠިލުކުރެވޭނެއެވެ.

 

 

އިންޓަވިއު އޮންނާނެ ތަނާއި، މުއްދަތު

 

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަރވިއު އިޢުލާނުގެ މުއްދަތު ހަމަވާތާ އެއް މަސްދުވަހުގެ ތެރޭގައި އެންގޭނެއެވެ. އިންޓަވިއު އޮންނާނީ، އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އޭޖެންސީގައެވެ. ވުމާއެކު، މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީޙުތަކުގައި އިންޓަވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ.

 

 

 

ޝޯޓް ލިސްޓް ކުރުން

މި ވަޒީފާ އަށް އެދި ހުށަހަޅާ، ޝަރުތު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާ އަށް ބަލައި، ވަޒިފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތެއް ޝޯޓްލިސްޓް ކުރެވޭނެ އެވެ.

 

 

މަޤާމަށް މީހުން ހޮވުމަށް ކަނޑައަޅާފައިވާ ކްރައިޓީރިއާގެ ހުރިހާ ބަޔަކުން އެންމެ ދަށްވެގެން ލިބެންޖެހޭ ޖުމްލަ އިންސައްތަ

 

 

 30%   (ތިރީސް އިންސައްތަ).

 

އިތުރު މައުލޫމާތު ހޯދުން

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3335949 ނަންބަރުގެ ފޯނާއެވެ. ފެކްސް ނަންބަރަކީ، 3335953 އެވެ. އީ-މެއިލް ކުރާނީ [email protected]   އަށެވެ.

 

     14  ޝައުބާން  1439

                                          30 އޭޕްރީލް   2018

 

         

 

 

 

 

 

 

 

 

 

 

329

30 އޭޕްރިލް 2018
ހޯދާ