ދިވެހިރާއްޖެ
ބަޖެޓު އިންފޯގްރަފީ ތައްޔާރުކުރުމާއި ބަޖެޓު އެޕް އަދި ވެބްސައިޓް އަޕްގްރޭޑްކުރުން
ޕްރޮޕޯޒަލް ހުށަހެޅުމުގެ މުއްދަތު އިތުރުކުރުން
މި މިނިސްޓްރީގެ ނަންބަރު (IUL)13-E/13/2018/87 (16 އޭޕްރިލް 2018) އިއުލާނާއި ގުޅޭގޮތުން ދަންނަވަމެވެ.
ބަޖެޓު އިންފޯގްރަފީ ތައްޔާރުކުރުމާއި ބަޖެޓު އެޕް އަދި ވެބްސައިޓް އަޕްގްރޭޑްކުރުމާއި ގުޅޭގޮތުން މި މިނިސްޓްރީން ކޮށްފައިވާ އިއުލާނުގައިވާ މަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކުން ޕްރޮޕޯޒަލް ހުށަހެޅުއްވުމުގެ މުއްދަތު 3 މޭ 2018 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ނިޔަލަށް އިތުރުކުރެވިފައިވާ ވާހަކަ ދެންނެވީމެވެ.
ވީމާ، މި މަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކުން 3 މޭ 2018 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން އީމެއިލް ނުވަތަ ފެކްސް މެދުވެރިކޮށް ތިރީގައިވާ އީމެއިލް އެޑްރެހަށް ޓީ.އޯ.އަރގައިވާ ލިޔުންތަކާއެކު ޕްރޮޕޯޒަލް ހުށަހެޅުއްވުން އެދެމެވެ.
ފިސްކަލް އެފެއަރޒް ޑިވިޜަން
މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ
އަމީނީމަގު،
މާލެ، ދިވެހިރާއްޖެ.
ޓެލެފޯން: 3349445
އީމެއިލް އެޑްރެސް: [email protected]