ދިވެހިރާއްޖެ
ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރ
ދިވެހިރާއްޖެ
ނަންބަރު: (IUL) 469-DRR/1/2018/4
ޝައުޤުވެރިކަން ހުށަހެޅުމުގެ ދަޢުވަތު (މުއްދަތު އިތުރުކުރުން)
ސްކޭލިންގް އަޕް ދަ ނޭޝަނަލް ކެޕޭސިޓީ ފޯރ ޑިޒާސްޓަރ ރިސްކް ރިޑަކްޝަން އިން ދަ މޯލްޑިވްސް ޕްރޮޖެކްޓުގެ އެގްޒިޓް ސްޓްރެޓެޖީ ތައްޔާރު ކޮށްދޭނެ ކޮންސަލްޓަންޓެއް ހޯދުމަށްކުރެވުނު އިޢުލާނުގެ މުއްދަތު އިތުރުކުރުން
މި އިދާރާގެ އިޢުލާން ނަންބަރު (IUL) 469-DRR/1/2018/4 (19 އޭޕްރިލް 2018) އާ ހަވާލާދީ ދަންނަވަމެވެ.
އެގްޒިޓް ސްޓްރެޓެޖީ ތައްޔާރު ކޮށްދޭނެ ކޮންސަލްޓަންޓެއް ހޯދަން ބޭނުންވެގެން މި އިދާރާއިން ކޮށްފައިވާ އިޢުލާނުގެ މުއްދަތު، 2018 މޭއި 3 ވާ ބުރާސްފަތި ދުވަހާ ހަމައަށް އިތުރުކޮށްފީމެވެ.
މި މަސައްކަތާ ގުޅޭ މަޢުލޫމާތު ހިމެނޭ ގޮތަށް ތައްޔާރުކުރެވިފައިވާ ޓާރމްސް އޮފް ރިފަރެންސް (ޓީ.އޯ.އާރ) މި އިއުލާނާއެއްކޮށް އެޓޭޗް ކުރެވިފައިވާނެއެވެ. އަދި މި މަސައްކަތާބެހޭ އިތުރު މަޢުލޫމާތު ބޭނުންވާނަމަ، ތިރީގައިވާ އެޑްރެހަށް ލިޔުއްވުމުން ލިބިވަޑައިގަންނަވާނެއެވެ.
ވީމާ، މިސެންޓަރަށް މިދެންނެވުނު ހިދުމަތް ދެއްވަން ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2018 މޭ 03 ވާ ބުރާސްފަތި ދުވަހުގެ 11:00ގެ ކުރިން "އެކްސްޕްރެޝަން އޮފް އިންޓަރެސްޓް" ސިޓީއުރާގައި ބަންދުކޮށްފައި، އީމެއިލް ނުވަތަ ފެކްސް މެދުވެރިކޮށް ތިރީގައިވާ އެޑްރެހަށް ފޮނުވުން އެދެމެވެ. އަދި އެކްސްޕްރެޝަން އޮފް އިންޓްރެސްޓް ފޮނުއްވާއިރު ސީވީއާއި، ތައުލީމީ ސެޓްފިކެޓްތަކުގެ ކޮޕީއާއި ވަޒީފާއަދާކުރިކަމުގެ ލިޔުންތައް ހުށަހެޅުއްވުން އެދެމެވެ.
އިތުރު މައޫލޫމާތު
ސްކޭލިން އަޕް ދަ ނެޝަނަލް ކެޕޭސިޓީ ފޮރ ޑިޒާސްޓަރ ރިސްކް ރިޑަކްޝަން އެންޑް މެނޭޖްމަންޓް އިން ދަ މޯލްޑިވްސް ޕްރޮޖެކްޓް
ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރ
އަމީނީމަގު،
މާލެ، ދިވެހިރާއްޖެ.
ޓެލެފޯން: 3333406
އީމެއިލް އެޑްރެސް: [email protected]
30 އޭޕްރިލް 2018