ދިވެހިރާއްޖެ
ނަންބަރު: (IUL)241-A/241/2018/7
އިޢުލާން
މިއިދާރާގެ އުޅަނދު ތަކަށް ބޭނުންވާ ޕެޓްރޯލް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުން.
މިއިދާރާގެ އުޅަނދުތަކަށް ބޭނުންވާ ޕެޓްރޯލް ވިއްކުމަށް އެދޭފަރާތްތަކުން ޕްރޮޕޯސަލް ހުށަހެޅުމަށް ކުރެވުނު ނަންބަރ.06/2018/241/B-241( IUL ) ( 23-04-2018 ) އިއުލާނާއި ގުޅިގެން އެކަށީގެންވާ 3 ފަރާތްތަކުން ޕްރޮޕޯސަލް ހުށަހަޅާފައިނުޥާތީ ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު އަލުން ހުށަހަޅާލަމެވެ. ވީމާ، ޕެޓްރޯލް ސަޕްލައި ކޮށްދޭން އެދޭ ފަރާތްތަކުން 03 މެއި 2018 ވާ ބުރާސްފަތި ދުވަހުގެ 13:30 އަށް މިއިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފްކުރުމަށްފަހު 06 މެއި 2018ވާ އާދީއްތަ ދުވަހުގެ 13:30އަށް ޕޮރޮޕޯސަލް ހުށަހެޅުއްވުން އެދެމެވެ. މިގޮތުން ހުށަހަޅާ ޕްރޮޕޯސަލްގައި ތިރީގައި މިދަންނަވާ ކަންތައްތައް ފުރިހަމަވެފައި ހުންނަށްވާނެއެވެ.
1- ޕެޓްރޯލް ލިޓަރެއް ވިއްކާނެ އަގު
2- ތެލުގެ އަގަސް އަންނަބަދަލުތަކާއި ގުޅިގެން ޚިދުމަތް ދިނުމުގައި އަމަލުކުރާނެ ގޮތް .
3- ފައިސާދެއްކުމަށް އެދޭގޮތް : ( ފައިސާދެއްކުމުގައި ދެވިދާނެ ލުއިފަސޭހަތައް )
4- މެދުނުކެނޑި ސަޕްލައި ލިބެންހުންނަނެ ކަމުގެ ކެރެންޓީ ( ހުށަހަޅަފަރާތުން ޚިދްމަތް ދިނުމުގައި ސްޓޮކް ހުސްވެއްޖެނަމަ ސަޕްލައި ކޮށްދިނުމަށް ހަމަޖައްސާގޮތް )
5- ތެޔޮވިއްކާފަރާތުގެ ރަޖިސްޓްރީ އާއި ލިބިފައިވާ ހުއްދަތަކުގެ ކޮޕީ.
6 -ތެޔޮއަޅައި ދިނުމުގައި ދޭނެ ލުއިފަސޭހަތއް ( އުޅަނދު އޮންނަ ބަދަނރަކަށް ވެހިކަލެއްގައި ތެޔޮ ގެންގޮސް ދިނުން ފަދަ )
7 -ޓެކްސް ކްލިއަރެންސް ރިޕޯޓް
މިއިދާރާއިން ހަމަޖައްސާފައިވަނީ މި އިޢުލާނާއި ގުޅިގެން ހޮވޭ ފަރާތްތަކާއެކު ވެވޭ އެއްބަސްވުމެއްގެ ދަށުން ސޮއި ކުރެވޭ ފަރާތާއި އެކީ 1 އަހަރު ދުވަހުގެ މުއްދަތަށް މިއިދާރާއަށް ބޭނުންވާ ޕެޓްރޯލް ގަތުމަށެވެ.
މިހެންވެ މިކަން ޢާއްމުކޮށް އަންގާ އިއުލާންކުރީމެވެ. .
14 ޝަޢުބާން 1439
30 އެޕްރީލް 2018