މިލަދުންމަޑުލު ދެކުނުބުރީ މިލަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ނ.މިލަދޫ ފުޓްސަލް ދަނޑު އެޅުމާބެހޭ

އިޢުލާން

 

ނ.މިލަދޫ ފުޓްސަލް ދަނޑުގެ ނުނިމިހުރި މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ބޭނުންވެއެވެ. ވީމާ، މި މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 08 މެއި 2018 ވާ އަންގާރަ ދުވަހުގެ 11:00 ގައި މިކައުންސިލް އިދާރާ އަށް ދުރުވެ މައުލޫމާތު ސާފު ކުރެއްވުމަށްފަހު، 15 މެއި 2018 ވާ އަންގާރަ ދުވަހުގެ 11:00 އަށް އަންދާސީ ހިސާބު ހުށައެޅުއްވުން އެދެމެވެ. މިމަސައްކަތްކުރުމަށް ބިޑް ހުށައެޅޭނީ ވިޔަފާރި ރަޖިސްޓްރީކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު 18/2014) ގެ ދަށުން ރަޖިސްޓްރީ ކޮށްފައިވާ ކުންފުނިތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު 19/2014) ގެ ދަށުން ރަޖިސްޓްރީވެފައިވާ ފަރާތްތަކަށެވެ.

އަންދާސީ ހިސާބު އަދި ބޭނުންވާ އެންމެހާ ލިޔުންތައް ހުށައަޅުއްވަންވާނީ، ބަންދު ކޮށްފައިވާ ސިޓީ އުރައެއްގައެވެ. ސިޓީއުރައިގެ ބޭރުގައި އަންދާސީ ހިސާބު ހުށައަޅުއްވާ ފަރާތުގެ ނަމާއި އެޑްރެހުގެ އިތުރުން "ނ.މިލަދޫގައި ފުޓްސަލް ދަނޑެއް އެޅުމާބެހޭ" މިހެން ލިޔެފައި އޮންނަންވާނެއެވެ. ހުށައަޅުއްވާފައިވާ އަންދާސީ ހިސާބުތައް ބަލައިގަތުން އޮންނާނީ، އަންދާސީ ހިސާބު ހުށައެޅުއްވި ފަރާތްތަކުގެ ހާޒިރުގައި، ދެންނެވިފައިވާ ގަޑީގައެވެ. މައުލޫމާތު ސާފުކުރާ ބައްދަލުވުމަށް ވަޑައިގަންނަވާއިރު ކުންފުނި ނުވަތަ އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓްރީގެ ކޮޕީއެއް ގެންނަންވާނެއެވެ.

ހަމަޖެހިފައިވާ ގަޑީގެ ފަހުން ވަޑައިގަންނަވާ ފަރާތްތަކަށް މައުލޫމާތު ސާފު ކުރުމުގެ ބައްދަލުވުމުގައި ބައިވެރިނުވެވޭނެއެވެ. އަދި ހަމަޖެހިފައިވާ ގަޑީގެ ފަހުން ހުށައަޅުއްވާ އަންދާސީ ހިސާބުތައްވެސް ބަލައިނުގަނެވޭނެއެވެ.

          ވީމާ މިކަން އާއްމުކޮށް އަންގާ އިއުލާންކުރީމެވެ.        

           14 ޝަޢުބާން 1439

           30 އޭޕްރީލް 2018

30 އޭޕްރިލް 2018
ހޯދާ