ދިވެހިރާއްޖެ
c
މާޅޮސްމަޑުލު އުތުރުބުރީ އިންނަމާދޫ ކައުންސިލްގެ އިދާރާ
ރ. އިންނަމާދޫ، ދިވެހިރާއްޖެ
ނަންބަރު:(IUL)307/INDIV/2018/18
އިޢުލާން
މިރަށު ރައްޔިތުންގެ އިންޖީނުބޭގައި ބޭނުންކުރުމަށް ގެނެސްފައިވާ ޕެނަލް ބޯޑެއް ނީލަން ކިއުމާއިބެހޭ:
މިރަށުގެ ރައްޔިތުންގެ އިންޖީނުގޭގައި ބޭނުންކުރުމަށް ގެނެސްފައިވާ ޕެނަލް ބޯޑެއް (ކުރީގެ މޮޑެލް) ނީލަން އުސޫލުން ވިއްކުމަށް ބޭނުންވެއެވެ. ނީލަން ފެށުމަށް ހަމަޖެހިފައިވާ އަގަކީ 10,000.00 ( ދިހަހާސް ދިވެހި ރުފިޔާ ) އެވެ. ނީލަން ފެށުމަށް ހަމަޖެހިފައިވާ ގަޑީގައި އެތަނަށް ހާޟިރުނުވާ ފަރާތްތަކަށް ނީލަމުގައި ބައިވެރިވުމުގެ ފުރުސަތު ނޯންނާނެވާހަކަ ދަންނަވަމެވެ.
ވީމާ، ނީލަން އުސޫލުން ޕެނަލް ބޯޑް ނެންގެވުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 2018 މެއި 11 ވާ ހުކުރު ދުވަހުގެ 16:00 އަށް އިންނަމާދޫގެ ރައްޔިތުންގެ އިންޖީނުގެ (ބައު އިންޖީނުގެ) އަށް ވަޑައިގެންދެއްވުންއެދި އެންމެހާ ފަރާތްތަކަށް ދައުވަތު އަރުވަމެވެ.
މިހެންވެ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
13 ޝަޢުބާން 1439
29 އޭޕްރީލް 2018