|
މަގާމް
|
އެޑްމިނިސްޓްރޭޓިވް އޮފިސަރ
|
|
މަޤާމުގެ ބާވަތް
|
ކޮންޓްރެކްޓް
|
މުއްދަތު: 03 މަސް
|
|
ބޭނުންވާ އަދަދު
|
02 (ދޭއް)
|
|
މުސާރަ މަހަކު
|
މަސައްކަތަށް ނިކުމެ މަސައްކަތް ފުރިހަމަ ކުރާ ކޮންމެ ދުވަހަކަށް -/350 ރުފިޔާ
|
މަސައްކަތު ވަޤުތު: މަސައްކަތަށް ޙާޟިރުވާން ޖެހޭ ކޮންމެ ދުވަހެއްގެ ހެނދުނު 08:00 އިން ފެށިގެން 06 ގަޑިއިރާ 12 ގަޑި އިރާ ދެމެދު
|
|
މަސައްކަތް ކުރުމަށް ހަމަޖެހިފައިވާ ތަން
|
މިނިސްޓްރީ އޮފް އިސްލާމިކް އެފެއާރޒް
|
|
މަގާމުގެ ޝަރުތު
|
- ސާނަވީ ނުވަތަ އެއާ އެއް ފެންވަރުގެ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން ޑީ' ގްރޭޑް ލިބިފައިވުމާއެކު އޭގެ އިތުރުން ސެކަންޑަރީ ސްކޫލް ނުވަތަ 'ހަޔަރ ސެކަންޑަރީ ސްކޫލް' ސެޓްފިކޭޓް އިމްތިހާނުގައި 'ދިވެހި މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.
|
|
މަގާމުގެ މައިގަނޑު މަސްޢޫލިއްޔަތު
|
- ތާވަލް ކުރެވިފައިވާ ގޮތަށް ޒަކާތު ސްކޮލަރޝިޕް ކޮމިޓީގެ ބައްދަލުވުންތައް ބޭއްވުން.
- ޒަކާތު ސްކޮލަރޝިޕް ކޮމިޓީން ނިންމާ ކަންކަމާ ގުޅިގެން އިދާރީގޮތުން ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރުން
- ޒަކާތު ސްކޮލަރޝިޕް ކޮމިޓީގެ ޔައުމިއްޔާތައް ލިޔެ ފައިލް ކުރުން.
- ޒަކާތު ސްކޮލަރޝިޕް އަށް އެދި ހުށަހަޅާ ސިޓީ ތަކަށް ޖަވާބު ދިނުން.
- ޒަކާތު ސްކޮލަރޝިޕް ކޮމިޓީ ބޭއްވުމާއި ޒަކާތު ސްކޮލަރޝިޕް އާއި ގުޅިގެން ކުރަންޖެހޭ އެންމެހައި އިދާރީ މަސައްކަތްކުރުން.
- މިނިސްޓްރީން ރާވާ ހިންގާ އެކި އެކި ހަރަކާތްތަކުގައި ޢަމަލީ ގޮތުން ކުރަންޖެހޭ މަސައްކަތްތައް ކުރުން
- އޮފީހުގެ ރަސްމީ މަސައްކަތްތަކާ ގުޅޭގޮތުން ޙަވާލުކުރެވޭ އެންމަހައި ކަންތައްތައް ކުރުން.
|
|
ވަޒީފާއަށް އެދޭ ފޯމާއެކު ހުށައަޅަންޖެހޭ ލިޔުންތައް
|
- ވަޒީފާއަށް އެދޭ ފޯމް މިނިސްޓްރީގެ ކައުންޓަރުންނާއި ވެބްސައިޓުން ލިބިވަޑައިގަންނަވާނެއެވެ.
- ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތައް. (ރާއްޖެއިން ބޭރުން ހަދާފައިވާ ކޯސްތައް އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓްގެ ނުވަތަ ކޯސް ފުރިހަމަކުރި ކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓްފިކެޓް ވަކި ފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)
- މަސައްކަތު ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
- ވަޒީފާއަށް އެދޭ ފަރާތުގެ ކާކުކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނާނޭހެން ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީ އަދި ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު.
|
|
މި މަގާމަށް މީހުން ހޮވުމާއިބެހޭ އިތުރު މަޢުލޫމާތު: މި މަޤާމަށް މީހުން ހަމަޖެއްސުމުގައި މަސައްކަތުގެ ދާއިރާއިން ޙާސިލްކޮށްފައިވާ މަސައްކަތުގެ ތަޖުރިބާއަށް ބެލެވޭނެއެވެ.
|
|
ސުންގަޑި
- 2018 މޭ 08 ވާ އަންގާރަ ދުވަހުގެ 12:00 ގެ ކުރިން މިނިސްޓްރީ އޮފް އިސްލާމިކް އެފެއާރޒްއަށް ( އިސްލާމީ މަރުކަޒު )
ވެބްސައިޓް އެޑްރެސް www.islamicaffairs.gov.mv
- އިތުރު މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ 3020200.3020287 އަށެވެ.
- އީމެއިލް ކުރައްވާނީ [email protected] އަށެވެ.
|