ހިރިޔާ ސްކޫލް
ދިވެހިރާއްޖެ
ހިރިޔާ ސްކޫލަށް ހޮޓް އެންޑް ކޯލްޑް 05 ވޯޓަރ ޑިސްޕެންސަރ ހޯދުން

 

އަންދާސީ ހިސާބު ބޭނުންވެއްޖެ 

މި ސްކޫލަށް ހޮޓް އެންޑް ކޯލްޑް 05 ވޯޓަރ ޑިސްޕެންސަރ ސަޕްލައި ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރި HS-B/IUL/2018/04 ނަންބަރު އިއުލާން އާއި ގުޅިގެން ބީލަން ހުށަހަޅާފައިވަނީ، މަޢުލޫމާތު ޝީޓުގެ 17.1 ވަނަ ނަންބަރާ ޚިލާފަށް ކަމުގައި ވާތީ އެބީލަން ބާތިލްކޮށް އަލުން އެފުރުޞަތު ހުޅުވާލަމެވެ.

މިސްކޫލުންދޭ މަޢުލުމާތާ އެއްގޮތައް މިސްކޫލަށް، ހޮޓް އެންޑް ކޯލްޑް05  ވޯޓަރ ޑިސްޕެންސަރ ސަޕްލައި ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.  މިކަމާބެހޭ އިތުރު މަޢުލޫމާތު މިއިއުލާނާއެކު އެޓްޗް ކުރެވިފައި އެވަނީއެވެ. މަޢުލޫމާތު ސާފު ކުރެއްވުމަށާއި އަންދާސީ ހިސާބު ހުށަހެޅުއްވުން އޮންނާނީ ތިރީގައިވާ ދުވަސްތަކުގައި ހިރިޔާ ސްކޫލުގެ މީޓިންގ ރޫމްގައެވެ.

ވީމާ، މިމަސައްކަތައް ޝައުޤުވެރިވެލައްވާ ފަރާތްތަކުން މިއިޢުލާން އާއި އެޓެޗްކުރެވިފައިވާ މަޢުލޫމާތު ކަރުދާސް ޑައުންލޯޑް ކުރެއްވުމަށްފަހު އަގު ހުށަހެޅުމަށް ޚާއްސަ ކުރެވިފައިވާ ލިޔުންތަކާއި ބީލަމާއެކު ހުށަހަޅުއްވަން ޖެހޭނެކަމަށް ބަޔާންކޮށްފައިވާ ލިއުންތަކާއެކު ބީލަން ހުށަހެޅުއްވުން އެދެމެވެ. މަޢުލުމާތު ސާފު ކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ނޯންނާނެ ވާހަކަ ދެންނެވީމެވެ.

 

                       މަޢުލޫމާތު ސާފު ކުރެއްވުން: 30 އެޕްރިލް 2018 ( ހޯމަ) -  ހެނދުނު  11.30 ގައި

                       އަންދާސީ ހިސާބު ހުށަހެޅުއްވުން: 03 މެއި 2018 ( ބުރާސްފަތި) - ހެނދުނު 11.30 ގައި 

 

                                             10 ޝަޢުބާން 1439

                                             26 އެޕްރިލް  2018

 

 

       

 
26 އޭޕްރިލް 2018
ހޯދާ