މޯލްޑިވްސް ޕޯޓްސް ލިމިޓެޑް
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

މަޤާމް :އެސިސްޓެންޓް ޑޭޓާ ޕްރޮސެސިންގ އޮފިސަރ
ބޭނުންވާ އަދަދު :1

މުސާރަ:

މަހަކު -/5380 ރުފިޔާ (ޕްރޮބޭޝަން މުއްދަތުގައި -/4304 ރުފިޔާ)

އެހެނިހެން އިނާޔަތްތައް:

3،500ރ – 4،000ރ އާއި ދެމެދުގެ އަދަދެއް ލިބޭނެ.

އިތުރުގަޑީގައި އަދި ރަސްމީ ބަންދު ދުވަހެއްގައި މަސައްކަތް ކުރަންޖެހޭނަމަ ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

ޝަރުތު:

- ޖީ.ސީ.އީ. އޭލެވެލް 2 މާއްދާއިން ދަށްވެގެން 'ސީ' ފާސް ލިބިފައިވުމާއި އެކު ހަޔަރ ސެކެންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ފާސް  ލިބިފައިވުން،

ނުވަތަ

- ޖީ.ސީ.އީ އޯލެވެލް ދެމާއްދާއިން ދަށްވެގެން "ސީ" ފާސް ލިބިފައިވުން އަދި ސާނަވީ އިމްތިޙާނުގައި "ދިވެހި" މި މާއްދާއިން ދަށްވެގެން "ސީ" ފާސް ލިބިފައިވުމާއި އެކު އެޑްމިނިސްޓްރޭޝަން، އައި.ޓީ / މެނޭޖްމަންޓުގެ ދާއިރާއިން މަދުވެގެން 04 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ  ލިބިފައިވުން.

- މައިކްރޮސޮފްޓް އެކްސެލް (އެޑްވާންސް) އަދި އޮފީސް ޕެކޭޖަށް ފަރިތަވުން.

މަޤާމުގެ މައިގަނޑު މަސްޢޫލިއްޔަތު:

ކޮންމެ މަހެއްގެ ސްޓޯރޭޖް ސްޓޭޓްމަންޓް އަޕްޑޭޓްކޮށް ފޮނުވަންޖެހޭ ތަންތަނަށް ފޮނުވުން.

ކޮންޓެއިނަރ ސްޓޯރޭޖް މައްސަލަތައް ބަލައި ކަމާއި ގުޅޭ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުން.

ކޮންޓެއިނަރ ތަކުގެ ރެކޯޑްސް ބެލެހެއްޓުމާއި ކޮންމެ މަހެއްގެ ކޮންޓެއިނަރ ލިސްޓް، އިންވާޑް ލިސްޓް، ލޯޑިންގ ލިސްޓް ތައްޔާރުކޮށް އެޖެންޓުންނަށް ފޮނުވުން އަދި މަންތްލީ، އެނުއަލީ ރިޕޯޓުތަކަށް ބޭނުންވާ ފޯމެޓްތަކަށް ސްޓެޓިސްޓިކްސް ރިޕޯޓުތައް އަޕްޑޭޓުކޮށް ތައްޔާރުކުރުން.

ދުވަހުން ދުވަހަށް ހަދަންޖެހޭ ރިޕޯޓާއި މަހުން މަހަށް ތައްޔާރު ކުރަންޖެހޭ ރިޕޯޓްތައް ތައްޔާރުކޮށް ކަމާއި ބެހޭ ފަރާތްތަކަށް ފޮނުވުން އަދި ބޯޓުފަހަރުން ބާލާ / އަރުވާ ކޮންޓެއިނާތަކުގެ މަޢުލޫމާތު އަޕްޑޭޓްކުރުން.

ކަސްޓަމްސް އަށް ފޮނުވަންޖެހޭ ކޮންޓެއިނަރުތަކުގެ ރިޕޯޓް ތައްޔާރުކުރުމާއި ކޮންޓައިނަރ މޫވްމެންޓް ބެލެހެއްޓުން.

ކޮންޓެއިނަރ ޔާޑުގައި މަސައްކަތް ކުރާ ސްޕަވައިޒަރުން ބޭނުންވާ މަޢުލޫމާތު ފޯރުކޮށްދިނުން.

- އޮޕަރޭޝަނަށާއިގުޅޭ އެކިއެކި މަސައްކަތްތަކަށް އެހީތެރިވުން.

މަސައްކަތްކުރަންޖެހޭ ވަގުތު:

ދުވާލަކު 08 ގަޑިއިރު

މަސައްކަތް ކުރަންޖެހޭ ތަން:

 ހުޅުމާލެ ޓާރމިނަލް ޕޯޓް ޑިޕާޓްމަންޓް / މޯލްޑިވްސް ޕޯޓްސް ލިމިޓެޑް

ސުންގަޑި:

 2018 މެއި 03 ވާ ބުރާސްފަތި ދުވަހުގެ 15:30ގެ ކުރިން.

ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި:

މަޤާމަށް އެދި ހުށަހަޅާ ފޯމު

ތަޢުލީމީ ސެޓްފިކެޓުތަކުގެ ކޮޕީ

ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ (މުއްދަތު ހަމަނުވާ)

ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރާއި އެކު ވަޒީފާގައި އުޅުނުކަމުގެ ލިޔެކިޔުންތައް

ޕޮލިސް ރިކޯޑް ފޯރމް (01 މަސް ހަމަނުވާ)

ހުށަހަޅަންޖެހޭ އޮފީސް:

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (ޕޯޓް ބިލްޑިންގ، ބޮޑުތަކުރުފާނު މަގު)

ވަޒީފާއަށް އެދޭ ފޯމު މި ކުންފުނީގެ ރިސެޕްޝަންގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި މި  ކުންފުނީގެ ވެބްސައިޓް www.port.com.mv އިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.                                        އިތުރު މަޢުލޫމާތު: 3329339 ފެކްސް: 3325293 އީމެއިލް: [email protected]

ނޯޓް: މި އިޢުލާނާ ގުޅިގެން މި މަޤާމަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން އިންޓަވިއުއަށް ކިޔޭނީ ހަމައެކަނި ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ. އަދި ބަޔާންކުރެވިފައިވާ މަޢުލޫމާތުތައް ފުރިހަމަނުވާ ސިޓީ، ފެކްސް އަދި އީމެއިލްތައް ބާޠިލުކުރެވޭނެ ވާހަކަ ދަންނަވަމެވެ.

* ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކުގެ ތެރޭގައި ވަޒީފާ ހަމަޖެއްސުމުގައި 05 އަހަރު ތެރޭ އެއްވެސް ކުށުގެ ރިކޯޑެއް ނެތް ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

26 އޭޕްރިލް 2018
ހޯދާ