މާޅޮސްމަޑުލު އުތުރުބުރީ މާކުރަތު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ނަރުދަމާ ޚިދުމަތަށް އެދޭ ފޯމު ހުށަހެޅުމުގެ މުއްދަތު އިތުރު ކުރުމާއި ގުޅޭ

އިޢުލާން

ނަރުދަމާ ޚިދުމަތަށް އެދޭ ފޯމް ހުށަހެޅުމުގެ މުއްދަތު  އިތުރުކުރުމާއި ގުޅޭ

މިއިދާރާގެ ނަންބަރު: (IUL)305/305/2018/20 (22 މާރޗް 2018) އިޢުލާނުން އާންމުކުރެވިފައިވާ، ނަރުދަމާ ފޯމު ހުށަހެޅުމުގެ މުއްދަތުވަނީ 22 އޭޕްރީލް 2018 ވީ އާދިއްތަ ދުވަހަށް ހަމަވެފައެވެ. ނަމަވެސް ނަރުދަމާ ޚިދުމަތަށް އެދި ހުށަހަޅާ ފޯމު އެކިއެކި ސަބަބު ތަކާއި ހުރެ ބައެއް ފަރާތްތަކަށް ކަނޑައެޅިފައިވާ މުއްދަތަށް ހުށަހެޅިފައިނުވާތީ، 24 އޭޕްރީލް 2018 ން ފެށިގެން 7 ދުވަހުގެ މުއްދަތަށް، 30 އޭޕްރީލް 2018 ވާ ހޯމަދުވަހުގެ 14:00 ށް ފޯމު ހުށަހެޅުމުގެ މުއްދަތު އިތުރުކުރެވިފައިވާ ވާހަކަ ދެންނެވީމެވެ.

ވީމާ، 30 އޭޕްރީލް 2018 ވާ ހޯމަދުވަހުގެ މެންދުރުފަހު 14:00 ގެ ކުރިން ނަރުދަމާ ޚިދުމަތަށް އެދޭ ފޯމް މިއިދާރާއަށް ހުށަހެޅުއްވުން އެދި ދެންނެވީމެވެ.

މިހެންވެ މިކަން އާންމުކޮށް އަންގާ އިޢުލާން ކުރީމެވެ.

                  09 ޝައުބާން 1439

                  25 އޭޕްރީލް 2018

 

25 އޭޕްރިލް 2018
ހޯދާ