ދިވެހިރާއްޖެ
ޚަޒާނާ މޯލްޑިވްސް ލިމިޓެޑް
ދިވެހިރާއްޖެ
ނަންބަރު: HZN/IULAAN/2018/03
ޚަޒާނާ މޯލްޑިވްސް ލިމިޓެޑަށް ޤާނޫނީ ލަފާދޭނެ ފަރާތެއް ހޯދުމަށް
ބީލަން ހުށަހެޅުމުގެ ދަޢުވަތު
ޚަޒާނާ މޯލްޑިވްސް ލިމިޓެޑަށް ޤާނޫނީ ލަފާދޭނެ ފަރާތެއް ހޯދުމަށް 03 އޭޕްރިލް 2018 ގައި ކުރެވުނު ނަންބަރު HZN/IULAAN/2018/02 އިޢުލާނާއި ގުޅިގެން އެކަށީގެންވާ އަދަދަށް އަންދާސީ ހިސާބު ލިބިފައިފައިނުވާތީ، އެ އިޢުލާނު ބާޠިލުކޮށް އަލުން އިޢުލާންކުރަމެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚަށް ޚަޒާނާ މޯލްޑިވްސް ލިމިޓެޑް (ހ. ފުސްތުޅާމާގެ، 2 ވަނަ ފަންގިފިލާ) އަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީހިސާބު ހިއްޕަވައިގެން މިކުންފުންޏަށް ވަޑައިގެންނެވުން އެދެމެވެ.
މަޢުލޫމާތު ސާފުކުރުން |
އަންދާސީހިސާބު ހުށަހެޅުން |
29 އޭޕްރިލް 2018 ވާ އާދީއްތަދުވަހުގެ ހެނދުނު 10:30 އަށް |
03 މޭ 2018 ވާ ބުރާސްފަތިދުވަހުގެ 14:00 އަށް |
މަޢުލޫމާތު ސާފުކުރުމަށް ބާއްވާ ސެޝަނަށް ޙާޒިރުވެ ވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުއްވުމުގެ ފުރުޞަތު ދެވެން ނުއޮންނާނެ ވާހަކަ ދަންނަވަމެވެ.
އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް، ސަރުކާރު ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 8:00 ން މެންދުރު ފަހު 3:00 އާ ދެމެދު މި ކުންފުނީގެ ޓެލެފޯނު ނަންބަރު 3012000 އަށް ގުޅުއްވުން އެދެމެވެ.
25 އޭޕްރިލް 2018