ހުވަދުއަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އަތޮޅުކައުންސިލްގެ އިމާރާތާއި އަތޮޅުގޭގެ އިމާރާތުގެ އޭސީތައް މަރާމާތުކޮށްދޭނެ ފަރާތެއް ހޯދުން

 

                                                                                ނަންބަރ: (IUL)241-B/241/2018/5

 

 

 

             އިއުލާން

 

އަތޮޅުކައުންސިލް އިމާރާތާއި އަތޮޅުގޭގެ އިމާރާތުގެ އޭސީ ތައް މަރާމާތުކޮށްދޭނެ ފަރާތެއް ހޯދުން

 

މިއިދާރާގެ އިމާރާތާއި އަތޮޅުގޭގެ އިމާރާތުގައި ހަރުކޮށްފައިވާ އެއަރކޮންޑިޝަންތައް ކޮންޓްރެކްޓް އުޞޫލުން މަރާމާތު ކޮށް ބަލަހައްޓައިދޭނެ ފަރާތެއް ހޯދަން ކުރެވުނު މިއިދާރާގެ ނަންބަރ ( 11-04-2018 ) (IUL)241-B/241/2018/02 އިއުލާނާއި ގުޅިގެން އަންދާސީ ހިސާބް ހުށަހެޅުމަށް އެކަށީގެންވާ ވަރަށް މީހުން އައިސްފައިނުވާތީ މިކަމަށްޓަކައި އަންދާސީ ހިސާބް ހުށަހެޅުމުގެ ފުރުޞަތު ދެވަނަ ފަހަރަށް ހުޅުވާލަމެވެ.  ވީމާ ، އޭސީތައް  1 އަހަރުގެ މުއްދަތަށް މަރާމާތުކޮށް ބަލަހައްޓައިދިނުމަށް ޝައުގުވެރިވާ ފަރާތްތަކުން 26 އެޕްރީލް  2018 ވާ ބްރާސްފަތި  ދުވަހުގެ 13.00 އަށް މިއިދާރާއަށް ވަޑައިގެން މައުލޫމާތު ސާފްކުރެއްވުމަށްފަހު 29 އެޕްރީލް 2018  ވާ އާދީއްތަ ދުވަހުގެ 13،00 އަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. މިމަސައްކަތަށް އަންދާސީ ހިސާބް ހުށަހަޅުއްވަންވާނީ އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ގޮތުގައި މިނިސްޓްރީ އޮފް އިކްނޮމިކް ޑިވެލޮޕްމެންޓުގައި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކާއި ކުންފުނި ތަކުންނެވެ. އަންދާސީ ހިސާބް ހުށަހަޅުއްވާއިރު ހުށަހަޅާ ފަރާތުގެ އައިޑެންޓިޓީ ކާޑުގެ ކޮޕީ އާއި ކުންފުންޏެއް ނުވަތަ އިންވެސްޓްމެންޓެއް ނަމަ ރަޖިސްޓްރީގެ ކޮޕީ އަދި މީރާގައި ވިޔަފާރި ރަޖިސްޓްރީ ކުރެވިފައިވާ ކަމުގެ ލިއުން ހުށަހަޅުއްވަން ވާނެއެއެވެ.

މާރކްސް ދެވޭނެ މިންގަނޑު

  • ހުށަހަޅާ އަގަށް                %60
  • ލިބިފައިވާ ތަޖުރިބާ އާއި ގާބިލް ކަމަށް  %40

ގަޑިޖެހިގެން މައުލޫމާތު ސާފް ކުރުމަށާއި އަންދާސީ ހިސާބް ހުށަހެޅުމަށް އަންނަ ފަރާތްތަކަށް ހުށަހެޅުމުގެ ފުރުޞަތު ނުދެވޭނެއެވެ.

 މިހެންވެ މިކަން އާންމުކޮށް އަންގާ އިއުލާން ކުރީމެވެ.

07 ޝަޢުބާން   1439

23  އެޕްރީލް   2018

23 އޭޕްރިލް 2018
ހޯދާ