ދިވެހިރާއްޖެ
ނަންބަރ:MTCC-PD/IU/2018/0062
ޢިއުލާން
އެމްޓީސީސީ ތިލަފުށި ސައިޓްގައި މަސައްކަތް ކުރާ މުވައްޒަފުންނަށް ކައްކާ ކާންދިނުމުގެ ޚިދުމަތްދޭނެ ފަރާތެއް ހޯދުން.
އެމްޓީސީސީ ތިލަފުށި ސައިޓްގައި މަސައްކަތް ކުރާ މަވައްޒަފުންނަށް ކައްކާ ކާންދިނުމުގެ ޚިދުމަތްދޭނެ ފާރާތެއް ހޯދަން ބޭނުންވެއެވެ.
ވިމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2 މެއި 2018 ވަނަ ދުވަހުގެ 11:00 އަށް، އެމްޓީސީސީ ހެޑްއޮފީސް 7 ވަނަ ފަންގިފިލާ ބޯރޑް ރޫމް އަށް ވަޑައިގެން މައުލޫމާތު ސާފުކުރެއްވުމަށްފަހު، 9 މެއި 2018 ވަނަ ދުވަހުގެ 11:00 އަށް އެމްޓީސީސީ ހެޑް އޮފީސް 7 ވަނަ ފަންގިފިލާ ބޯރޑް ރޫމް އަށް، ބަންދުކުރެވިފައިވާ ސިޓީއުރައިގައި އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ދަންނަވަމެވެ. އަންދާސީ ހިސާބު ހުށަހެޅުއްވޭނީ މައުލޫމާތު ސާފުކުރެއްވުމަށް ވަޑައިގަންނަވާ ފަރާތްތަކަށް އެކަނިކަމުގައި ދަންނަވަމެވެ.
7 ޝަޢުބާން 1439
23 އޭޕްރިލް 2018
