ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު ނަންބަރ: (IUL)468-U02/468/2018/13 |
|
މިއިދާރާގެ ތިރީގައި މިދަންނަވާ މަޤާމަށް މުވައްޒަފުން ބޭނުންވެއްޖެއެވެ. |
|
މަޤާމް |
ސީނިއަރ އެޑްމިނިސްޓްރޭޓިވް އޮފިސަރ |
މަޤާމްގެ ނަންބަރ |
J289828 |
ބޭނުންވާ ޢަދަދު |
1 (އެކެއް ) |
މަޤާމްގެ ގިންތި |
ދާއިމީ |
ރޭންކް |
އެމް.އެސް.1 |
ކްލެސިފިކޭޝަން |
ސީނިއަރ އޮފިސަރ ގްރޭޑް 1 |
އޮފީސް/އިދާރާ |
ފުވައްމުލަކު ސިޓީކައުންސިލްގެ އިދާރާ |
ސެކްޝަން/ޔުނިޓް |
ކޯޕަރޭޓް އެފެއަރސް، އެޑްމިނިސްޓްރޭޝަން ޔުނިޓް |
ވަޒީފާއަދާކުރަންޖެހޭ ތަން |
ފުވައްމުލަކު ސިޓީކައުންސިލްގެ އިދާރާ |
މުސާރަ |
-/5610 ރުފިޔާ |
ސަރވިސް އެލަވެންސް |
-/2000 ރުފިޔާ |
އިތުރު ޢިނާޔަތްތައް |
ސަޕޯޓިންގ ކޯ އެލަވަންސް -/700 ރުފިޔާ |
މަޤާމުގެ ޝަރުޠު: |
|
މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބު ތައް |
ކައުންސިލް އިދާރާގެ ބެލުމުގެ ދަށުގައިވާ ހުރިހާ އިމާރާތްތައް ( ލޯކަލް މާރުކޭޓް، އިޖުތިމާޢީ މަރުކަޒު، މަސްމާރުކޭޓް، އަތޮޅުގެ، ހުރިހާ ގުދަންތައް، ކުރުދުމާ މާލަމް އަދި ފުވައްމުލަކު ސްޓޭޑިއަމާއި ރަސްމީ ބޯޅަދަނޑު ) ބެލެހެއްޓުމާއި އަދި ކުރަންޖެހޭ މަރާމާތުތައް ކުރުވުން. ކައުންސިލް އިދާރާގެ އިންވެންޓްރީ އަށް ނަގަންޖެހޭ ތަކެތިނަގާ އިންވެންޓްރީ އަޕްޑޭޓްކޮށް ބެލެހެއްޓުމާއި ކޮންމެ 3 މަހުން އެއްފަހަރު އިންވެންޓްރީގެ އަޕްޑޭޓް ކޮޕީ އެއް ޕްރިންޓްކޮށް ފައިލް ކުރުން. ކައުންސިލް އިދާރާގެ ބޭނުންކުރަމުންދާ އަސާސީ ޚިދުމަތްތަކުގެ ( ފޯނު، ކަރަންޓް އަދި އިންޓަނެޓް ފަދަ ޚިދުމަތްތައް) މެދުނުކެޑި އަދި ޚަރަދު ކުޑަވާނޭ ފަދަ ނިޒާމެއްގެ ދަށުން ޤާއިމްކޮށް ބެލެހެއްޓުން. ކައުންސިލް އިދާރާގެ އިދާރީ މަސައްކަތްތައް ހަރުދަނާކުރުމަށް ކުރަންޖެހޭ މަސައްކަތްތަކާއި ބެހޭ ގޮތުން ކައުންސިލަށް ހުށަހަޅަންޖެހޭ ކަރުދާސްތައް ސްޕަވައިޒަރުގެ މަޝްވަރާގެމަތިން ތައްޔާރުކުރުން. ކައުންސިލް އިދާރާއިން ދެމުންގެންދާ ޚިދުމަތްތަކުގެ އެސް.އޯ.ޕީ މެނުއަލް ތައްޔާރުކޮށް އަޕްޑޭޓްކޮށް ބެލެހެއްޓުން. އެޑްމިނިސްޓްރޭޝަން ޔުނިޓްގެ މަސައްކަތްތައް ހިންގުމަށް ބޭނުންވާ އަހަރީ ޕްލޭންނާއި ބަޖެޓް ޕްލޭން ސްޕަވައިޒަރުގެ މަޝްވަރާގެ މަތިން އެކުލަވާލައި އެޕްލޭނުގައި ހިމެނޭ ކަންތައްތައް ތަންފީޒު ކުރުން. އިދާރާއިން ނީލަން ކިޔަންޖެހޭ ތަކެތި ނީލަން ކިޔުމަށްޓަކައި އެތަކެތީގެ ލިސްޓް ނަގައި އެލިސްޓް ކައުންސިލަށް ހުށަހަޅައި އެޕްރޫވް ކުރުމުގެ ހުރިހާ މަސައްކަތެއް ކުރުމާއި އެތަކެތި ނީލަން ކިޔުމުގެ އެންމެހާ މަސައްކަތްތައް ކުރިއަށް ގެންދިއުން. ކައުންސިލް އިދާރީ މަސައްކަތްތަކުގެ ރެކޯޑު، ފަސޭހައިން ރައްކާކުރެވޭ އަދި ރިޓްރީވް ކުރެވޭނެ ފައިލިންގް ސިސްޓަމެއް ޤާއިމްކޮށް ބެލެހެއްޓުން.
|
ވަޒީފާއަށް އެންމެ ގާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް |
|
އިންޓަރވިއު އޮންނާނެ ތަނާއި، މުއްދަތު |
މިވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠު ފުރިހަމަވާ ފަރާތްތަކާއި އެކު ބާއްވާ އިންޓަރވިއު މި އިޢުލާނުގެ މުއްދަތު ހަވަމާތާ ރަސްމީ 7 ދުވަހުގެ ތެރޭގައި މިއިދާރާގައި ބޭއްވޭނެއެވެ. ދިމާވާ ސަބަބަކާ ހުރެ އިންޓަވިއު ފަސްވާނަމަ އެކަން އެންގޭނެއެވެ. |
މަގާމަށް އެދެންވީ ގޮތާއި ސުންގަޑި |
މިވަޒީފާއަށް ޝައުޤުވެރިލައްވާ ފަރާތްތަކުން ދިވެހި ސިވިލް ސަރވިސްގެ ވަޒީއަށް އެދި ހުށަހަޅުއްވަންޖެހޭ ފޯމް ފުރުއްވައި 7 މޭ 2018 ވާ ހޯމަ ދުވަހުގެ 14:00 ގެ ކުރިން ފުވައްމުލަކު ސިޓީކައުންސިލްގެ އިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. |
ހުށަހަޅަންޖެހޭ ލިޔުންތައް |
ފުރިހަމަކޮށްފައިވާ އެޕްލިކޭޝަންފޯމް ( އެޕްލިކޭޝަން ފޯމް ފުވައްމުލަކު ސިޓީ ކައުންސިލް އިދާރާއިން ލިބެން ހުންނާނެއެވެ.)
ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު ( ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭ ގޮތަށް )
ވަޒީފާ އަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެގޭ ފަދަ ކޮޕީއެއް.
ސިވިލް ސަރވިސްއަށް/ ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފެއްނަމަ، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ އަދާކުރަމުންދާ ވަޒިފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެމުވައްޒަފު ވަޒީފާއަދާކުރާ އޮފީހުގެ ރަސްމީ ލިޔުމެއް.
ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓްފިކެޓް ތަކުގެ ކޮޕީ:
މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބައްލަވާފައިވާ ތައުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (ހ) ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢްލީމްދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓްފިކެޓްތަކާއި، ރާއްޖެއިން ބޭރުގެ މަތީ ތަޢްލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓްފިކެޓްތައް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓްފިކެޓް ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ ) ( ށ) ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢްލީމުދޭ މަރުކަޒަކުން ކުރިއަށްގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓްފިކެޓްތަކުގެ ކޮޕީ. ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމުގެ ކޮޕީ.
(ނ) ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ހިންގަވާ ކޯސްތަކުގެ ސެޓްފިކެޓްތަކުގެ ކޮޕީ.
ފުރިހަމަކޮށްފައިވާ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނުތަކުގެ ސެޓްފިކެޓް ތަކުގެ ކޮޕީ.
ސިވިލްސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިހާނުން ފާސްވިކަން އަންގައިދިނުމުގެ ގޮތުން ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ދޫކޮށްފައިވާ ސެޓްފިކެޓް ކޮޕީ.
މަސައްކަތު ތަޖުރިބާ ދެނެގަތުމަށް މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ (ހ) ސިވިލް ސަރވިސް އިން ބޭރު ވަޒީފާއެއް އަދާކޮށްފައިވާނަމަ، އެ ވަޒީފާއެއް އަދާކުރި މުއްދަތާއި ކުރި މަސައްކަތް ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން
(ށ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިންސްޓިޓިއުޓެއްގެ ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ ވަޒީފާ އަދާކުރި މުއްދަތާއި ކުރި މަސައްކަތް އަދި މަސައްކަތް ކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހުން ދޫކޮށްފައިވާ ލިޔުން
|
މިއިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ |
މިއިދާރާގެ ފޯން ނަންބަރ 6865001،6860004، 6862030, ފެކްސް: 6860958 އީމެއިލް: [email protected] |
07 ޝަޢުބާން 1439 23 އެޕްރީލް 2018 |