ދިވެހިރާއްޖެ
c
ހައްދުންމަތީ މާމެންދޫ ކައުންސިލްގެ އިދާރާ
މާމެންދޫ
ދިވެހިރާއްޖެ
ނަންބަރ: (IUL)403-A/403/2018/27
އިޢުލާނު
ރަޖިސްޓްރީ ބާޠިލުކުރެވިފައިވާކަން އާންމުކުރުން
ލ.މާމެންދޫ ހުވަނދުމާގެ ޢަބްދުއްރަޝީދުގެ ނަމުގައި ރަޖިސްޓްރީ ކޮށްފައިވާ ލ.މާމެންދޫ އީގަލްގޭ އިމާރާތާއި ގޯތީގެ ރަޖިސްޓްރީ ލ.މާމެންދޫ ކޯޓުގެ ނަންބަރު: 84/O10C/2017 (01 އޭޕްރީލް 2018) ޤަޟިއްޔާއިން އެގޯތީގެ އެންމެހައި ޢިމާރާތްތަކާއި، ވަޅުފަދަ ތަންތަނާއި އެހެނިހެން ނުއުފުލޭ މުދަލާއި ބިން ޢަބްދުއްރަޝީދުގެ މިލްކުން ކަނޑައި ޢަބްދުއްރަޝީދުގެ 2 ދަރިންނަށް ހިބައިން ދީފައިވާތީ، ލ.މާމެންދޫ އީގަލްގޭ އިމާރާތާއި ގޯތީގެ ރަޖިސްޓްރީ ( ލ.މާމެންދޫ ހުވަނދުމާގެ ޢަބްދުއްރަޝީދަށް ކުރިން ހަދާދެވިފައިވާ ރަޖިސްޓްރީ ) މިހާރުވާނީ ބާޠިލްކުރެވިފައެވެ.
މިހެންވެ މިކަން އާންމުކޮށް އަންގައި އިޢުލާން ކުރީމެވެ.
07 ޝަޢުބާން 1439
23 އޭޕްރީލް 2018
ޙުސައިން ހަބީބު ޢަލީ
ކައުންސިލްގެ ނައިބުރައީސް