ދިވެހިރާއްޖެ
ތޮއްޑޫގެ ޤަބުރުސްތާނާއި، ހިނަވާގެ ވަށައިފާރު ރޭނުން އަދި ބައެއް މަރާމާރުތައް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދުމަށް މި އިދާރާއިން ކުރެވުނު ނަންބަރު:(IUL)339/339/2018/22 އިޢުލާނާއި، ގުޅިގެން އެއްވެސް ފަރާތަކުން މަޢުލޫމާތު ސާފުކުރުމަށް ޙާޟިރުވެފައިނުވާތީ، އަލުން އިޢުލާން ކުރަމެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން މި މަސައްކަތްތަކާގުޅޭ މަޢުލޫމާތު ސާފުކުރުމާއި، އަންދާސީ ހިސާބު ހުށައެޅުއްވުމަށް ތިރީގައި މިދަންނަވާ ދުވަސްތަކުގައި މިއިދާރާއަށް ވަޑައިގެން ދެއްވުންއެދެމެވެ.
މަޢުލޫމާތު ސާފުކުރުމާއި، އަންދާސީ ހިސާބު ހުށަހެޅުން
ތަފްޞީލް |
ތަން |
ތާރީޚް |
ދުވަސް |
ގަޑި |
މަޢުލޫމާތު ސާފުކުރުން |
ތޮއްޑޫ ކައުންސިލްގެ އިދާރާ |
3 މޭ 2018 |
ބުރާސްފަތި |
13:00 |
އަންދާސީ ހިސާބު ހުށަހެޅުން |
ތޮއްޑޫ ކައުންސިލްގެ އިދާރާ |
7 މޭ 2018 |
ހޯމަ |
13:00 |
|
މަޢުލޫމާތު ސާފުކުރަން ވަޑައިގަންވާއިރު ތިރީގައި މިދަންނަވާ ތަކެތި ގެންނަވަންވާނެއެވެ.
- އަމިއްލަ ފަރާތަކުން ވަޑައިގަންނަވާނަމަ މުއްދަތު ހަމަނުވާ އައި.ޑީ.ކާޑް ކޮޕީ.
- ކުންފުންޏަކުން ވަޑައިގަންނަވާނަމަ އެކުންފުނީގެ ފަރާތުން ސިޓީއަކާއި އެކު ބަދަލުގައި މީހަކުފޮނުވާކަމުގެ ލިއުން.