ހުވަދުއަތޮޅު ދެކުނުބުރީ ފަރެސްމާތޮޑާ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހާފިޒުން ގެނައުމާއިބެހޭ

އިޢުލާން


އެހެން އަހަރުތަކެކޭ އެއްފަދައިން މިއަހަރުވެސް ރަމަޟާންމަހު ހިފްޒުކޮށް ތަރާވީޙް ނަމާދު ކުރުމަށާއި ދަމު ނަމާދު ކުރުމަށް 02 ހާފިޒުން ގެންނަން ކުރި އިޢުލާން ނަންބަރ IUL-D/423/2018/16 އާއި ގުޅިގެން އަންދާސީ ހިސާބު ހުށަހަޅާފައި ވަނީ އެންމެ ފަރާތަކުން ކަމަށްވާތީ އެއިޢުލާން ބާތިލް ކޮށްފީމެވެ.

ވީމާ، މިމަސައްކަތް ކޮށްދެއްވުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން ތިރީގައި ބަޔާންކޮށްފައިވާ ކަންކަމަށް ރިއާޔަތްކޮށް 2018 އޭޕްރީލް 26 ވަނަ ދުވަހު 13:00 ގެ ކުރިން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

  • ރާއްޖެ - އިންޑިޔާ ދެކޮޅު ޓިކެޓް
  • މާލެ - ކާޑެއްދޫ ދެކޮޅު ޓިކެޓް
  • ވިސާ 

މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

06 ޝައުބާން 1439

22 އޭޕްރީލް 2018

 

ނަސްރުﷲ މުޙައްމަދު 

ކައުންސިލް ރައީސް

22 އޭޕްރިލް 2018
ހޯދާ