ދިވެހިރާއްޖެ
ބ. ކަމަދޫ ޞިއްޙީމަރުކަޒުގެ މަރާމާތާއިގުޅޭ
ބ. ކަމަދޫ ޞިއްޙީމަރުކަޒުގެ ޢިމާރާތުގައި ހުރި މަރާމާތުތައް ކުރުމަށް މިހޮސްޕިޓަލުން ކުރި (IUL)BAH-AHR/BAH2018/6 (3 އެޕްރީލް 2018) އިޢުލާނަށް އެއްވެސް ފަރާތަކުން ކުރިމަތިލައިފައި ނުވާތީ އެއިޢުލާން ބާތިލުކޮށް މިމަސައްކަތް ކޮއްދޭންފަރާތެއް ހޯދުމަށް އަލުން އިޢުލާންކުރަމެވެ.
ވީމާ ، މިމަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދެއްވުމަށް ޝައުގުވެރިވެ ލައްވާ ފަރާތްތަކުން 02 މެއި 2018 ދުވަހު 10.30 އަށް ބ. ކަމަދޫ ޞިއްޙީމަރުކަޒަށް ނުވަތަ ބ. އަތޮޅުހޮސްޕިޓަލަށް ދުރުވެ މައުލޫމާތު ސާފުކުރެއްވުމަށްފަހު 13 މެއި 2018 ދުވަހުގެ 10.30 އަށް ބ. ކަމަދޫ ޞިއްޙީމަރުކަޒަށް ނުވަތަ ބ. އަތޮޅު ހޮސްޕިޓަލަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.
މައުލޫމާތު ސާފުކުރެއްވުމަށް ޙާޟިރުނުވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމާއި ، މައުލޫމާތު ފުރިހަމަނުވާ އަންދާސީ ހިސާބު ބާތިލްކުރެވޭނެވާހަކަ ދެންނެވީމެވެ.